ޖަޕާނުގެ ކުންފުނިތަކުގެތެރެއިން ދެބައިކުޅައެއްބަޔަށްވުރެ ގިނަ ކުންފުނިން 2021ގައި އޮލިމްޕިކްސް ބޭއްވުމާއި ދެކޮޅު ހަދައިފި

Loading

Facebook
Twitter
WhatsApp

އޮލިމްޕިކްސް ބާއްވަން ހަމަޖެހުނީ މިއަރެވެ. އެހެންނަމަވެސް ކޮރޯނާގެ ބަަލާއާފާތާއިހެދި އޮލިމްޕިކްސްވަނީ ފަސްކޮށްފައެވެ. 

މިއަހަރު ބާއްވަން ޕްލޭންކުރި އޮލިމްޕިކްސްވަނީ ނަވަލް ކޮރޯނާގެ ސަބަބަުން އެއް އަހަރަށް ފަސްކޮށްފައެވެ. ޖަޕާނުގެ ކުންފުނިތަކުގެތެރެއިން ދެބައިކުޅައެއްބަޔަށްވުރެ ގިނަ ކުންފުނިން ގަބޫލު ކުރަނީ އޮލިމްޕިކްސް ޖެހޭނީ ކެންސަލް ކުރާށެވެ. ނުވަތަ އިތުރަށް ފަސްކުރާށެވެ. 

ޓޯކިޔޯގެ ޝޮކޯ ރިސާޗުން ކުރިއަށްގެންދިޔަ ދިރާސާއެއްގައި ބައިވެރިވި 13،000 ކުންފުނީގެ ތެރެއިން 27.8 އިންސައްތަ ބުނެފައިވަނީ އޮލިމްޕިކްސް ޖެހޭނީ ކެންސަލް ކުރާށެވެ. އަދި 25.8 އިންސައްތައަށް ފެންނަނީ އޮލިމްޕިކްސް އިތުރަށް ލަސްކުރުމަށެވެ. 

ކޮރޯނާ ވައިރސްގެ ސަބަބުން ޖަޕާނުގައި ހިންގި ކުއްލި ނުރައްކަލުގެ ހާލަތު މޭމަހު އުވާލީ އެގައުމުން ފެންނަ ވޭދަނަތައް ވަރަށް ބޮޑަށް މަދުވުމުންނެވެ. އެހެންނަމަވެސް ޖުލައިމަހު އަނެއްކާވެސް ވޭދަނަތައް އިތުރުވާންވަނީ ފަށާފައެވެ. 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް