ޔޫއޭއީ ގެ ފަތުވާ ކައުންސިލުން އިޒުރޭލާއެކު ގާއިމުކުރި ގުޅުމަކީ ހުއްދަ ގުޅުމެއް ކަމަށް ނިންމައިފި.

140
NEWS

ޔޫއޭއީ އާއި އިޒުރޭލާއެކު ގާއިމު ކުރި ސިޔާސީ ގުޅުމަކީ ހުއްދަ ގުޅުމެއް ކަމަށް ޔޫއޭއީ ގެ ފަތުވާ ކައުންސިލުގެ އިސްވެރިޔާ ބިން ބައްޔާހު ނިންމައިފިއެވެ.  

ޔޫއޭއީ ގެ ފަތުވާ ކައުންސިލުން ނެރުނު ސްޓޭޓްމަންޓެއްގައި” ޔޫއޭއީ ގެ ހިކުމަތްތެރި ވެރިން އެގައުމާއި ރައްޔިތުންގެ ހެވާއި ލާބައަށް އެ އެޅި ފިޔަވަޅަކީ ވަރަށް ރަނގަޅު ފިޔަވަޅެއް” ކަމަށްބުނެ، ވަނީ ވަރަށް ތަޢުރީފު ކޮށްފައެވެ.  

ޔޫ އޭ އީގައި އަމިއްލަ ދިރިއުޅުމާއި، ވިޔަފާރިއާއި މުޖުތަމަޢާއި ގުޅޭކަންކަން ނިންމުމަށް،  ގިނަ މީހުން ފަތުވާ ކައުންސިލަށް ގުޅައެވެ. 

ޔޫ އޭ އީ އާއި އިޒުރޭލާއި ހެދި ފަސްތީނާއި ދެކޮޅު އެއްބަސްވުމަށް ތާއީދުކޮށް އެހެން ޢިލްމުވެރިންވެސް، އެމީހުންގެ އަމިއްލަ ފަތުވާ ދޭނެކަމަށް ގަބޫލު ކުރެވެއެވެ. 

1 ހިޔާލު

  1. ތި ގިނަ އަރަބިން ނަކީ ބަރާބަރުބައެއް. ވެރިމީހާ ބުނެފިއްޔާ ބޭނުންގޮތަކަށް ފަތުވާދޭނެއެވެ. ހަނދާންވޭތޯ އިހަކަށްދުވަހު ސައުދީވެރިން ޖާނަލިސްޓް ކަޝޯގީ އަވަހާރަކޮށްލަން މީހުންމަރާ ސްކޮޑެއް ތުރުކީއަށް ފޮނުވިނޫންތޯއެވެ. އަދި އެ ގަތުލު ޢާންމު ހިންގީ ސީދާ ސަޢޫދީ އެމްބަސީގަނޫންތޯއެވެ. އަދި އެ ޖާނަލިސްޓު ފަކީރު ބުރިބުރިއަށް ކޮށާ ގޯނިގޯންޏަށް އަޅައިގެން އެމްބަސެޑަރުގެ ގެއަށް ޓްރާންސްޕޯޓުކޮށް ވަރުގަދަ އެސިޑަށް އަޅާ ކަށިތަކާއިއެކު ވިރުވާލައި އެތަނުގެ ފާޚާނާ ތަކުގެ ނަޖިސް ބޭރުކުރާ ބޮޑު ސްވަރެޖް ލައިނުން ދުއްވާލީނޫންތޯއެވެ. އެހެނަސް ސައުދީގެ އެތިބި “ދީންދެކެ ލޯބިން ރޮއިރއޮފާ ނަމާދުކުރާ” ޢިލްމުވެރިންވެސް ފަތުވާނެރުނީ ކަޝޯގީއަކީ މަރަންވެފައިހުރި މީހެއްކަމާއި އެކަމުގައި ސައުދީގެ ރޯޔަލްފެމިލީގެ އަތެއް ފަޔެއްވެސް ނުވާކަމަށްނޫންތޯއެވެ. މިއީ ދީންވިއްކައިގެން ކައިބޯ އުޅޭ ޝޭޚުންނޭ ބުނަން ލާދީނީ ގުރޫޕަށް ޖާގަލިބެނީ މިފަދައިން އެބައިމީހުން ހަރާމްކޯރުވާތީއެވެ. ޢަދުލު އިންސާފަކީ ރައްގެފާނު ނުވަތަ އަމީރު ވިދާޅުވާގޮތްކަމެއް މިވެރިންގެ ވަޢުދުތަކުގައި އެކިޔާ އެއްޗެއްގައެއް ނާދެއެވެ. ނަމަވެސް ޢަމަލު ހަމަސީދާ އުލްޓާކޮށް ފެންނަނީ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ