ޗެމްޕިއަންސް ލީގުގެ ތަށި ހަވަނަ ފަހަރަށް ބަޔާންއިން އުފުލާލައިފި!

Loading

Facebook
Twitter
WhatsApp

ޔޫރަޕުގެ އެންމެ ޝަރަފުވެރި ކްލަބް ފުޓުބޯޅަ މުބާރާތް، ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި ވަރުގަދަ ބަޔާން މިއުނިކުން އުފުލާލައިފިއެވެ. އެޓީމުން ޗެމްޕިއަންކަން ހޯދައިފައި ވަނީ ފައިނަލުގައި ޕީއެސްޖީއާއި ދެކޮޅަށް 1-0 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ.

މެޗްގެ ފުރަތަމަ ހާފް ފަށައި ބަޔާންއިން ކުޅެމުން ދިޔައީ ވަރަށް އެޓޭކިންގ ގޭމެކެވެ. ނަމަވެސް މާގިނަ އިރުތަކެއް ނުވެ ޕީއެސްޖީއިން ވެސް ކުޅުމުގެ ތެރެއަށްވަދެ، އެޓޭކް ކުރަމުން ދިޔައެވެ. މި ހާފުގައި، ބަޔާންގެ ލެވަންޑޯސްކީ އަދި ޕީއެސްޖީގެ ޒުވާން ފޯވަރޑް އެމްބާޕޭ އަށް ލިބުނު ފުރުސަތުތައް ވެސް ބޭކާރުކޮށްލީ، މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ދެޓީމުގެ ކީޕަރުންނެވެ.

ދެވަނަ ހާފް ފަށައިގެން ދެޓީމުގެ ފަރާތުންވެސް ހަމަ ހަމަ ކުޅުމެއް ފެނިގެން ދިޔައެވެ. މެޗުގެ ހަމަ އެކެނި ގޯލް 59ވަނަ މިނިޓުގައި ނެގި ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިން ކާމިޔާބު ކޮށްދިނީ ބަޔާންގެ ކިންގްސްލީ ކޯމަން އެވެ. ގޯލަށް ފަހު ވެސް ޕީއެސްޖީ އަށް އެޓޭކް ކުރާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ނާކާމިޔާބު ވެފައެވެ.

މިފަހަރުގެ ޗެމްޕިއަންސް ލީގް ސީޒަންގައި މޮޅު ކުޅުމެއް ދައްކައި، 15 ގޯލާއި އެކު އެންމެ ގިނަ ގޯލް ކާމިޔާބު ކުރީ ބަޔާންގެ ލެވަންޑޯސްކީއެވެ.

މި ފައިނަލަކީ ޕީއެސްޖީއިން ކުޅުނު ޗެމްޕިއަންސް ލީގުގެ ފުރަތަމަ ފައިނަލެވެ. ޕީއެސްޖީ އަކީ ވެސް ހުނަރުގެ ގޮތުން ބަލާއިރު، މޮޅު އަދި ޒުވާން އުއްމީދީ ކުޅުންތެރިންތަކެއް ތިބި ކްލަބެކެވެ. މި ސީޒަނަށް ފަހު އެޓީމުގެ ބައެއް މުހިންމު ކުޅުންތެރިން ޓީމް ދޫކޮށްލާ ވާހަކަ ދަނީ ދެކެވެމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް