ތުރުކީއަށް ހޯދުނު ގުދުރަތީ ގޭސް ވަޅުގެ ސަބަބުން 2023 ގައި ގޭހުގެ މާރުކޭޓަށް ހެޔޮބަދަލު އަންނާނެ

98

ކަޅު ކަނޑުން ތުރުކީއަށް ވަރުގަދަ ގުދުރަތީ ގޭސްވަޅެއް ފެނިއްޖެއެވެ. ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާން ވިދާޅުވި ގޮތުގައި 320 ބިލިއަން ކުބިކް މީޓަރުގެ ގުދުރަތީ ގޭސް ވަޅުގެ ގޭސް 2023 ގައި ޢާންމުންނަށް ފޯރުކޮށްދެވޭ ވަރުވާނެއެވެ. 

ކަޅު ކަނޑުން ތުރުކީއަށް މި ފެނުނު ވަރުގަދަ ގުދުރަތީ ގޭސް ވަޅުގެ ފައިދާ  ފެންނާނީ މެދު އަދި ދުރު ރާސްތާގައެވެ. ސަބަބަކީ އެގޭސް ޢާންމުންނަށް ލިބެންފަށާނީ 2023ގައި ކަމަށްވާތީއެވެ. 

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާން ހުކުރު ދުވަހު އިއުލާން ކުރެއްވި ގޮތުގައި 320 ބިލިއަން ކުބިކް މީޓަރުގެ ގުދުރަތީ ގޭސް ވަޅު ފެނުނީ ލޯވަޅު ކޮންނަ ބޯޓު “ފާތިހު” ޖުލައި 20ގައި ކަޅު ކަނޑުގައި ކުރި މަސައްކަތުންނެވެ.

މިފެނުނު ވަޅުން ތުރުކީގައި މިވީހާތަނަށް އުފެއްދި ގުދުރަތީ ގޭހަށްވުރެ (16.6 ބިލިއަން ކުބިކް މީޓަރު) ގިނައިން ގޭސްލިބޭނެއެވެ. މި ގޭސް ވަޅުން ނެގޭނެ ގޭހުން ލިބޭނެ ކަމަށް ބެލެވޭ އަގު 65 ބިލިއަންވަރުވާނެ ކަމަށް ބެލެވެއެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ