ގައުމީ އަރުޝީގެ އެޑްވައިޒަރީ ބޯޑުގެ ރައީސަކަށް މުހައްމަދު އާސިފް

ގައުމީ އަރުޝީފުގެ އެޑްވައިޒަރީ ބޯޑް އުފައްދަވައި އެ ބޯޑުގެ ރައީސަކަށް މުހައްމަދު އާސިފް ( މުންދު ) އިންތިޚާބު ކޮށްފިއެވެ. ޖުމްލަ ނުވަ ބޭފުޅުން ހިމެނިވަޑައިގަންނަވާ މި އެޑްވައިޒަރީ ބޯޑުގެ ނައިބު ރައީސް އަކަށް އިންތިޚާބުކޮށްފައިވަނީ އަހުމަދު އާސިމް އެވެ. ގައުމީ އަރުޝީގެ އެޑްވައިޒަރީ ބޯޑުގެ ރައީސް އަކަށް އިންތިޚާބުކޮށްފައިވާ މުހައްމަދު އާސިފް އަކީ ޚަބަރާއި މައުލޫމާތު ފެތުރުމު ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އާސިފަކީ މައުލޫމާތު ފެތުރުމާއި ހުށަހެޅުމުގެ ހުނަރުވެރިކަމުގެ ރޮގުން […]

ޕާކިސްތާނުން ކޮވިޑު-19 ވޭދަނަ މާބޮޑަށް ދަށްވާތީ ސިއްހީ ތަޖުރިބާކާރުންނަށް ބުނާނެ އެއްޗެއް ނޭނގުނު.

ޕާކިސްތާނުން ކޮވިޑު-19 ވޭދަނަ ވަރަށް ބޮޑަށް އިތުރު ވުމަށްފަހު، ވޭތުވެ ދިޔަ ހަފްތާތަކުގެ ތެރޭގައި ވޭދަނަތައް ވަރަށް ބޮޑަށް މަދުވެއްޖެއެވެ. ކޮވިޑު-19 ޖެހިގެން ކޮންމެ ދުވަހަކު މަރުވާ މީހުންގެ އަދަދު އެންމެ ނަންބަރަކުން ގުނާލެވޭއިރު، އަވައްޓެރި އިންޑިއާގައި މަރުވާ މީހުންގެ އަދަދު ގުނަންޖެހެނީ ސަތޭކައިގެ އަދަދު ތަކުންނެވެ.  މިކަން މިހެން އޮތްއިރު ފާކިސްތާނުގައި ގިނަމީހުން ދިރިއުޅެނީ އެޕާޓްމަންޓު ބިލްޑިންގ ތަކުގައްޔާއި ގިނަބަޔަކު އެއްގެއްގައ އުޅޭގޮތަށެވެ. މިއީ ވައިރަސް ފެތުރުމަށް ފަހި މާހައުލެކެވެ.  ވޭދަނަތައް ޕާކިސްތާނުގައި މިހާބޮޑަށް މަދުވި […]

އިންތިޚާބަށްފަހު ސާބިޔާއިން އަނިޔާވެރިކަން އިތުރު ކުރާނެތީ މޮންޓެނީގްރޯގެ މުސްލިމުން ތިބީ ބިރުން

އާދީއްތަ ދުވަހު ބޭއްވި އިންތިޚާބުގެ ނަތީޖާ ދެއްކި ގޮތުން 30 އަހަރުގެ ދިގު މުއްދަތަކަށް ވެރިކަންކުރި ރައީސް، މިލޯ ޖުކަނޮވިޗުގެ މައްޗަށް އިނދިކޮޅަށް ބޮޑު ކާމިޔާބެއް ލިބުމާއި ގުޅިގެން، އެ ގައުމުގެ މުސްލިމު އާބާދީއަށް ދަނީ ބޮޑެތި ފިއްތުންތަކާއި ދުއްތުރާ ކުރިމަތިވަމުންނެވެ.  ސާބިއާގެ ބޯޑަރު ކައިރީގައި އޮންނަ ޕްޖެވުލްޖަ އަވަށުގައި އިނދިކޮޅު މެންބަރުން އެމީހުންނަށް ލިބުނު ކާމިޔާބީ ފާހަގަކުރީ އިސްލާމުންގެ ތަންތަން ތަޅާ ސުންނާފަތިކޮށް މުސްލިމުންގެ ގެތަކަށް ހަމަލާދީގެން ކަމުގައި އެ އަވަށުގެ ނޫހަކުން ރިޕޯޓު ކުރިއެވެ.  […]

އަންހެނުންނާއި ފިރިހެނުން އުފައްދަވާފައިވަނީ، އެއް ނަފްސަކުންނެވެ.

ކީރިތި قرآن ގައި އަންގަވާފައިވާ ގޮތުގައި، އަންހެނުންނާއި ފިރިހެނުން އުފައްދަވާފައިވަނީ، އެއް ނަފްސަކުންނެވެ. މާތްﷲ وحي ކުރެއްވިއެވެ. “  يٰۤـاَيُّهَا النَّاسُ اتَّقُوۡا رَبَّكُمُ الَّذِىۡ خَلَقَكُمۡ مِّنۡ نَّفۡسٍ وَّاحِدَةٍ “ (ٱلنِّسَاء : 1)  މާނައީ: ”އޭ މީސްްތަކުންނޭވެ! ތިޔަބައި މީހުންގެ ވެރި ރަސްކަލާނގެއަށް ތިޔަބައިމީހުން تقوى   ވެރިވާށެވެ! އެކަލާނގެއީ، އެންމެ نفس އަކުން ތިޔަބައިމީހުން ހެއްދި ރަސްކަލާނގެއެވެ.“ މި މަތިވެރި އިލާހީ އިރްޝާދުން އެނގޭ ގޮތުގައި، ޖިސްމާނީ ގޮތުން ދެ ޖިންސުގެ ދެމެދުގައި […]

ޔަމަނުގެ ސުއްކަތުރާގައި ޔޫ އޭ އީން ކުރަނީ ކޮންކަމެއް؟

news

ޔޫ އޭ އީންވަނީ ޔަމަނުގެ ސުއްކަތުރާ އައިލޭންޑް ކުއްޔަށް ދީފައެވެ. އެތަން ބޭނުންކުރަމުންދަނީ ޖާސޫސްކުރުމުގެ ނެޓްވޯކުތަކުގެ މައި ހަބެއްގެ ގޮތުގައެވެ.  ފަހަކަށް އައިސް އެގައުމުގެ އަމަލުތައް ހުންނަގޮތުން އަނިޔާވެރި ގައުމެއްގެ ގޮތުގައި ފާހަގަވެފައިވާ، ތެލުގެ މުއްސަނދިކަން ލިބިފައިވާ ޔޫ އޭ އީންވަނީ ޔަމަނުގެ ސުއްކަތުރާ އައިލޭންޑްގެ ކޮންޓްރޯލް އަތުލާފައެވެ. އެ ރަށަކީ އިންޑިއާ ކަނޑުގެ ގައުމުތަކާއި، އިރުމަތީ އޭޝިއާއާއި އެހެނިހެން ގައުމުތަށް ދަތުރުކުރާ މައި ކަނޑުއޮޅީގައި އޮންނަ މުހިއްމު ރަށެކެވެ.  މިދިޔަ ހަފްތާގައި ފްރެންޗު-ޖުވިޝް އޯގަނައިޒޭޝަން ޖޭފޯރަމުން […]

ކޮވިޑު-19 ފެތުރުމުގެ ބިރު ބޮޑުވެފައިވާތީ އިންޑިއާއި، ފިލިޕިންސާއި، އިންޑޮނޭޝިއާގެ ވިސާގައި ދަތުރުކުރާ މީހުންނަށް މެލޭޝިއާއަށް ނުވަދެވޭނެ.

މެލޭޝިއާގެ ސީނިއަރ މިނިސްޓަރު ދާތުކު ސްރީ އިސްމާއިޅް ޞަބްރީ އިއުލާން ކުރެއްވިގޮތުގައި އިންޑިއާއި، ފިލިޕިންސާއި، އިންޑޮނޭޝިއާގެ ދިގުމުއްދަތުގެ ވިސާގައި ދަތުރުކުރާ މީހުންނަށް މެލޭޝިއާއަށް ނުވަދެވޭނެއެވެ. އެއީ މި ގައުމުތަކުގައި ކޮވިޑު-19ގެ ވޭދަނަތައް އިންތިހާއަށް އިތުރުވަމުންދާތީއެވެ. އޭނާ ވިދާޅުވީ، މިގޮތަށް ޢަމަލުކުރަން ފަށާނީ ސެޕްޓެންބަރު 7ން ފެށިގެންނެވެ. އަދި މިގޮތަށް އަމަލު ކުރުމަށް ހަމަޖެހިފައިވަނީ ދާއިމީގޮތަށް މެލޭޝިއާގައި ދިރިއުލޭމީހުންނަށާޢި، މެލޭޝިއާ މައި ސެކަންޑް ހޯމް ޕާސް އޮންނަ މީހުންނަށާޢި، ބިދޭސީންނަށާއި، އަނބި/ފިރިމީހާއަށްދޭ ވިސާ އޮންނަ ފަރާތްތަކަށާއި، ބިދޭސީ ކިޔަވާކުދިންނަށެވެ. 

ޔޫ އޭ އީގެ ޖެޓުތައް ތުރުކީގެ ވައިގެ ސަރަހައްދަށް ގަވާއިދާއި ޚިލާފަށް ވަދެއްޖެނަމަ ހަމަލާދޭނެ

ޔުނައިޓެޑު ޢަރަބި އެމިރޭޓުސް( ޔޫ އޭ އީ) މަތިންދާބޯޓުތައް ތުރުކީގެ ވައިގެ ސަރަހައްދަށް ގަވާއިދާއި ޚިލާފަށް ވަދެއްޖެނަމަ ހަމަލާދޭން ފަހަށް ނުޖެހޭނެކަމަށް އަލް އަގުސާ އަލް އަރަބީ އިން ހުކުރުދުވަހު ރިޕޯޓު ކުރިއެވެ.  ”އިރުމަތީ މެޑިޓެރޭނިއަންގައި އޮންނަ ކްރީޓް އައިލޭންޑު ކައިރީގައި އޮންނަ ސަރަހައްދެއްގައި މަސައްކަތްކުރާ އޮރުކް ރީސް ނުވަތަ އެހެންވެސް ތުރުކީގެ ސަރަހައްދަކަށް ގަވާއިދާއި ޚިލާފަށް ޔޫ އޭ އީ މަތިންދާބޯޓެއް ވަދެއްޖެނަމަ، ހަމަލާދޭން ފަސްނުޖެހޭނެ “ އަލް އަގުސާ އަލް އަރަބީ ގެ މަސްދަރަކުން […]

އިންޑިއާއިން ކޮރޯނާ ވައިރަސްގެ މޭލުދަނޑި ފަހަނަޅައި ގޮސްފި – ދުނިޔޭގައި އެއްދުވަހެއްގައި އެންމެ ގިނަ މީހުން ފައްސިވީ އިންޑިއާގައި

ނިއު ދެއްލި- އިންޑިއާގައި ކޮރޯނާ ވައިރަސްއަށް ފައްސިވި މީހުންގެ އަދަދު 1 މިލިއަން އަށް އަރަން 5 މަހައްވުރެ ގިނަ ދުވަސް ނެގިއެވެ. އަދި 2 މިލިއަން އެރީ އޭގެ 21 ދުވަސް ފަހުންނެވެ. އޭގެ ފަހުން 3 ވަނަ މިލިއަން އަށް ވާސިލުވާން ނެގީ ކުރު އެންމެ 16 ދުވަހެވެ. ކަމާއި ބެހޭ މާހިރުން ވިދާޅުވާގޮތުގައި ބާރުމިނުގައި ފެތުރެމުންދާ މި ބަލިމަޑުކަން ގައުމުގެ އެކި ސަރަހައްދުތަކަށް ފެތުރެމުންދާ މި ދަނޑިވަޅުގައި، ސިޔާސީ ލީޑަރުން އިގްތިސާދު ހުޅުވާލަން […]

މުޙައްމަދު ބިން ސަލްމާންގެ ކުރި އެރުން، ދިހަ ފިޔަވަޅުން – 50 މިލިއަން ޑޮލަރުގެ ޕާޓީތަކުން ފެށިގެން ޖަމާލް ޚަޝޯގީގެ ގަތުލާ ހަމައަށް

މީގެ ފަސް އަހަރުގެ ކުރިން މުޙައްމަދު ބިން ސަލްމާންގެ ބައްޕާފުޅު ރަސްކަމަށް ވަޑައިގަތުމުގެ ކުރިން ސަޢުދީ އަރަބިއާގެ ބޭރުން މަދު ބަޔަކަށް މެނުވީ އޭނާއަކީ ކާކު ކަމެއް ނޭނގެއެވެ. ނަމަވެސް މިހާރު މި 34 އަހަރުގެ ވަލީއަހުދަކީ ދުނިޔޭގެ އެންމެ ތަނަވަސް ގައުމުތަކުގެ ތެރެއިން ގައުމެއްގެ ނުރަސްމީ ވެރިޔާ ކަމަށް ބެލެވެއެވެ. އަލަށް ޝާއިއު ކުރެވިފައިވާ ފޮތެއްގައި މިކަން މިހެން ކޮށްފައިވާ ގޮތުގެ ތަފްސީލު ކިޔާދީފައި ވެއެވެ.  ފުރަތަމަ މަރުހަލާ – ރަށެއް ކުއްޔަށް ހިފައި 50 […]

ތެޔޮ ބަންޑުންވީ ސަރަހައްދެއްގައި ކޯމަސްތަކެއް މަރުވެފައި ތިއްބާ ފެނިގެން މޮރިޝަސްގައި އެތައް ހާސް ބަޔަކު މުޒާހަރާކުރަމުން އެބަދޭ.

މޮރިޝަސްގެ ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުން ވޭތުވެދިޔަ ހުކުރު ދުވަހު މައުލޫމާތުދިން ގޮތުގައި ތެޔޮ ބަންޑުންވި ސަރަހައްދުން މަރުވެގެން އެއްގަމަށް ލެއްގި ކޯމަސްތަކުގެ އަދަދު މިހާރުވަނީ 38 އަރާފައެވެ. މޮރިޝަސްގެ ވެރިކަން ކުރާ ޕޯރޓް ލުވިސް ގައި ޖަޕާނުގެ މަނަވަރަކުން ތެޔޮ ބަންޑުންވުމާއި، ގޮތް ނޭގޭ ގޮތެއްގައި އެ ސަރަހައްދުން މަރުވެފަިތިބި ކޯމަސް ތަކުގެ މައްސަލަ ތަހުގީގު ކުރުމަށް ގޮވާލައި އަޑުއުފުލައިފިއެވެ. ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރާ ފަރާތްތަކުން މި ކޯމަސްތައް މަރުވެފައި ވަނީ އެމް. ވީ. […]