ކޮވިޑު-19 ފެތުރުމުގެ ބިރު ބޮޑުވެފައިވާތީ އިންޑިއާއި، ފިލިޕިންސާއި، އިންޑޮނޭޝިއާގެ ވިސާގައި ދަތުރުކުރާ މީހުންނަށް މެލޭޝިއާއަށް ނުވަދެވޭނެ.

Loading

Facebook
Twitter
WhatsApp

މެލޭޝިއާގެ ސީނިއަރ މިނިސްޓަރު ދާތުކު ސްރީ އިސްމާއިޅް ޞަބްރީ އިއުލާން ކުރެއްވިގޮތުގައި އިންޑިއާއި، ފިލިޕިންސާއި، އިންޑޮނޭޝިއާގެ ދިގުމުއްދަތުގެ ވިސާގައި ދަތުރުކުރާ މީހުންނަށް މެލޭޝިއާއަށް ނުވަދެވޭނެއެވެ. އެއީ މި ގައުމުތަކުގައި ކޮވިޑު-19ގެ ވޭދަނަތައް އިންތިހާއަށް އިތުރުވަމުންދާތީއެވެ.

އޭނާ ވިދާޅުވީ، މިގޮތަށް ޢަމަލުކުރަން ފަށާނީ ސެޕްޓެންބަރު 7ން ފެށިގެންނެވެ. އަދި މިގޮތަށް އަމަލު ކުރުމަށް ހަމަޖެހިފައިވަނީ ދާއިމީގޮތަށް މެލޭޝިއާގައި ދިރިއުލޭމީހުންނަށާޢި، މެލޭޝިއާ މައި ސެކަންޑް ހޯމް ޕާސް އޮންނަ މީހުންނަށާޢި، ބިދޭސީންނަށާއި، އަނބި/ފިރިމީހާއަށްދޭ ވިސާ އޮންނަ ފަރާތްތަކަށާއި، ބިދޭސީ ކިޔަވާކުދިންނަށެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް