ޔޫ އޭ އީގެ ޖެޓުތައް ތުރުކީގެ ވައިގެ ސަރަހައްދަށް ގަވާއިދާއި ޚިލާފަށް ވަދެއްޖެނަމަ ހަމަލާދޭނެ

Loading

Facebook
Twitter
WhatsApp

ޔުނައިޓެޑު ޢަރަބި އެމިރޭޓުސް( ޔޫ އޭ އީ) މަތިންދާބޯޓުތައް ތުރުކީގެ ވައިގެ ސަރަހައްދަށް ގަވާއިދާއި ޚިލާފަށް ވަދެއްޖެނަމަ ހަމަލާދޭން ފަހަށް ނުޖެހޭނެކަމަށް އަލް އަގުސާ އަލް އަރަބީ އިން ހުކުރުދުވަހު ރިޕޯޓު ކުރިއެވެ. 

”އިރުމަތީ މެޑިޓެރޭނިއަންގައި އޮންނަ ކްރީޓް އައިލޭންޑު ކައިރީގައި އޮންނަ ސަރަހައްދެއްގައި މަސައްކަތްކުރާ އޮރުކް ރީސް ނުވަތަ އެހެންވެސް ތުރުކީގެ ސަރަހައްދަކަށް ގަވާއިދާއި ޚިލާފަށް ޔޫ އޭ އީ މަތިންދާބޯޓެއް ވަދެއްޖެނަމަ، ހަމަލާދޭން ފަސްނުޖެހޭނެ “ އަލް އަގުސާ އަލް އަރަބީ ގެ މަސްދަރަކުން ބުނެފައިވެއެވެ. 

އޮރުކް ރީސްއަކީ މެޑިޓޭރޭނިއަންގައިވާ ތެޔޮވަޅުތައް ހޯދުމުގެ މަސައްކަތްކުރުމަށް އެސަރަހައްދުގައި ދުއްވާ ދިރާސާކުރާ ބޯޓެކެވެ. 

”ޔޫ އޭ އީން އުޅެނީ އެމީހުންގެ ސައިޒަށްވުރެ ބޮޑު ދައުރެއް އަދާކުރުމަށް. ޔޫ އޭ އީން އެކުޅެނީ އަލިފާނާ. އެގައުމުން ރަތްރޮނގު ހުރަސްކޮށްފިނަމަ ނުވަތަ ތުރުކީގެ ސަރަހައްދަށް ވަދެއްޖެނަމަ، ހިތުންނުފިލާވަރުގެ ފިލާވަޅެއް ލިބިގެންދާނެ“ މަސްދަރުތަކުން ބުނެފައިވެއެވެ. 

މިގޮތަށް ތުރުކީގެ އިންޒާރު އައިސްފައި މިވަނީ ތުރުކީއާއި ދެކޮޅަށް ގްރީކަށް އެހީވުމަށް، ކްރީޓް އައިލޭންޑަށް ޔޫ އޭ އީން އެފް-16 ގެ ޖެޓާއި އިތުރު މަތިންދާބޯޓު ފޮނުވާފައިވާ ދަނޑިވަޅެއްގައެވެ. 

މިދިޔަ މަހު ތުރުކީގެ ދިފާއީ ވަޒީރު ހުލުސީ އަކާރު އަލްޖަޒީރާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ޔޫ އޭ އީންވަނީ ލީބިޔާއާއި ސީރިއާއަށް ގެއްލުންދީފައެވެ. އަދި  ޔޫ އޭ އީން ޓެރަރިސްޓުންނަށް އެހީތެރިވެ، އެހެންގައުމުތަކުގެ ކަންކަމާއި ބެހޭތީ އެކަމުގެ ޒިންމާ ޔޫ އޭ އީން ނަގުވަން މަސައްކަތްކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ. 

 

Loading

One Response

  1. ތިއީ ވަރަށް ނުރައްކާތެރި ކަމެއްކެވެ. އެއީ ތި ޒައިނިސްޓުން ޔޫއޭއީގެ ކުލައަށް ބަދަލުކޮށްގެން ތުރުކީގެ ވައިގެ އެރެއަށް ވަދެފާއި އެއީ އިމެރެޓްސް އިން ދިން ޢުދުވާނެކޭބުނެ ތުރުކީ އާއި އިމެރެޓްސް ހަނގުރާމައަކަށް ގެންގޮސްފާނެއެވެ. އެއީ ޔަހޫދީންނެވެ. ކުވެއިތުގެ 111 ތެޔޮވަޅުގައި އަލިފާން ޖަހާފަ އެމެރިކާއިންވެސް އެޅުވީ ސައްދާމު ބޮލުގަނޫންހެއްޔެވެ. ހަމަ އެބީދާއިން އަބަދުވެސް ދޭތެރެޖައްސުވާ އިސްލާމުން އިސްލާމުންނާއި ހަނގުރާމަކޮށް އަމިއްލައަށް ފަނާވަނީ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް