ގައުމީ އަރުޝީގެ އެޑްވައިޒަރީ ބޯޑުގެ ރައީސަކަށް މުހައްމަދު އާސިފް

Loading

Facebook
Twitter
WhatsApp

ގައުމީ އަރުޝީފުގެ އެޑްވައިޒަރީ ބޯޑް އުފައްދަވައި އެ ބޯޑުގެ ރައީސަކަށް މުހައްމަދު އާސިފް ( މުންދު ) އިންތިޚާބު ކޮށްފިއެވެ.

ޖުމްލަ ނުވަ ބޭފުޅުން ހިމެނިވަޑައިގަންނަވާ މި އެޑްވައިޒަރީ ބޯޑުގެ ނައިބު ރައީސް އަކަށް އިންތިޚާބުކޮށްފައިވަނީ އަހުމަދު އާސިމް އެވެ.

ގައުމީ އަރުޝީގެ އެޑްވައިޒަރީ ބޯޑުގެ ރައީސް އަކަށް އިންތިޚާބުކޮށްފައިވާ މުހައްމަދު އާސިފް އަކީ ޚަބަރާއި މައުލޫމާތު ފެތުރުމު ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

އާސިފަކީ މައުލޫމާތު ފެތުރުމާއި ހުށަހެޅުމުގެ ހުނަރުވެރިކަމުގެ ރޮގުން ހިތްވަރުދިނުމުގެ ގައުމީ އިނާމް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

އާސިފް ވަނީ ވީޓީވީގެ ސީއީއޯގެ މަގާމުވެސް ފުރުއްވާފަ އެވެ. އަދި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސްކަން ކުރައްވާފައިވާއިރު ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން މީހުން ބިނާ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް އެބޭފުޅާ ކުރައްވާފައިވެ އެވެ.

އެޑްވައިޒަރީބޯޑް އުފެއްދެވީ ގައުމީ އަރުޝީފުގެ ގާނޫނުގެ ދަށުން ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެވެ.

ދިވެހިރާއްޖޭގެ އަރުޝީފަކީ ދިވެހިރާއްޖޭގެ ގައުމީ އަރުޝީފުގެ ގާނޫނުގެ ދަށުން 2012ގައި އުފެއްދެވި މުއައްސަސާއެކެވެ.

ގައުމީ އަރުޝީފަކީ ގައުުމުގެ ތާރީޚާއިގުޅޭ އެންމެހާ ލިޔެކިޔުންތަކާއި ރެކޯޑްތައް ރައްކާތެރިކޮށް ބަލަހައްޓައި ދެމެހެއްޓުމަށް ގާނޫނީގޮތުން މަތިކޮށްފައިވާ މަރުކަޒީ މުއައްސަސާއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް