ކުޅުދުއްފުށި އާއި އައްޑޫ ސިޓީގައި ގަސްއިންދުމުގެ ހާއްސަ ހަރަކާތްތަކެއް

ތިމާވެށީގެ ދުވަހާ ގުޅުވައިގެން ކުޅުދުއްފުށި ސިޓީ އަދި އައްޑޫ ސިޓީގައި ގަސް އިންދުމުގެ ހަރަކާތެއް ފަށައިފި އެވެ. ކުޅުދުއްފުށި ސިޓީގައި ގަސްއިންދުމުގެ ހަރަކާތްތައް ބާއްވާފައިވަނީ ”ފިނިފެހި ސިޓީ“ ނަމުގައެވެ. ކުޅުދުއްފުށި ސިޓީގައި ”ފިނި ފެހި ސިޓީ“ ގެ ނަމުގައި ފެށި މި ހަރަކާތް ފައްޓަވައިދެއްވުމުގެ ގޮތުން މިއަދު ވަނީ ކުޅުދުއްފުށީ އާ ބަނދަރު ސަރަހައްދުގައި ގަސް އިންދުމުގެ ހާއްސަ ހަރަކާތެއް ވަނީ  ކުރިއަށްގެންގޮސްފަ އެވެ. މިހަރަކާތްތައް ފަށްޓަވައި ދެއްވީ ފައްޓަވައި ދެއްވީ ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް […]

ރައީސް ނަޝީދަށް ދިން ހަމަލާއާގުޅިގެން ސީޕީ ހަމީދު މަޖިލީހަށް ހާޒރުކޮށްފި

  ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަ ދިން ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ހަދަމުންދާ އިންކުއަރީއަށް މައުލޫމާތު ސާފުކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު ހާޒިރުކޮށްފިއެވެ. މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީން ކުރިއަށް ގެންދާ މި އިންކުއަރީ އަށް ސީޕީ ހަމީދު ހާޒިރުކޮށްފައިވަނީ ސަލާމަތީ ހިދުމަތްތަކުގެ އިންޓެލިޖެންސް ނިޒާމާއި ގުޅޭ މައުލޫމާތު ސާފުކުރުމަށެވެ. ކޮމިޝަނަރު މައުލޫމާތު ދެއްވި ބައްދަލުވުން ކުރިއަށް ގެންދިޔައީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ. ރައީސް ނަޝީދުގެ ސެކިއުރިޓީ […]

ބޮންގޮއްވާލި ވަގުތު ކައިރީގައި ތިބި މޮޅު ކުދިންގެ ބަސް ނުބުނެވޭގޮތަށް ކަންކަން ނިންމުމަކީ ބޭއިންސާފެއް: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ހަމަލާ ދިން އިރު އެމަނިކުފާނުގެ އަރިހުގައި އެވަގުތު ތިއްބެވި ސިފައިންގެ އޮފިސަރުންނަށް ބަސް ނުބުނެވޭ ގޮތް ހެދުމަކީ ބޭއިންސާފެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ. ނަޝީދަށް ދިން ހަމާލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކުރިއަށްގެންދާ އިންކުއަރީއަށް ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރުނުކުރެވޭނެކަމަށް އެމްއެންޑީއެފްން ވަނީ ހާމަކޮށްފައެވެ. މި މައްސަލަ އާ ގުޅިގެން އެމްއެންޑީއެފް އިން އިއްޔެ ނެރުނު ނޫސްބަޔާން ޓްވީޓް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ […]

ވަކިވަކި ސިފައިން ކޮމިޓީއަށް ހާޒިރުނުކުރެވޭނެ: އެމްއެންޑީއެފް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާއާ ގުޅިގެން ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ނުކުރެވޭނެ ކަމަށް އެމްއެންޑީއެފްން ބުނެފިއެވެ. ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ނަޝީދަށް ހަމަލާ ދިން އިރު ސިފައިން ދެމުންދިޔަ ސެކިޔުރިޓީ ބްރީޗްވި ގޮތް ބަލާ އިންކުއަރީއަށް މަޖިލީހުގެ ކޮމިޓީއަށް ވަކިވަކި ސިފައިން ހާޒިރު ނުކުރި ނަމަވެސް ގައުމީ ދިފާއީ ބާރުން މި މައްސަލައިގެ އެއްބާރުލުން ދޭނެކަމަށެވެ. ބަޔާނުގައި ބުނެފައިވަނީ ސިފައިންގެ ކޮމާންޑް އެންޑް […]

ހެނބަދޫގެ ފެންވިއުގައިގެ މަސައްކަތް ފަށައިފި

ނ. ހެނބަދޫގައި ފެން ވިއުގައެއް ގާއިމު ކުރުމުގެ އަމަލީ މަސައްކަތްފަށައިފިއެވެ. އެމްޑަބްލިއުއެސްސީން ބުނީ ފެނުގެ ނިޒާމެއް ގާއިމް ކުރުމަށް ހެނބަދޫގައި ފަށައިގެން އުޅޭ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ އިމާރާތުގެ މަސައްކަތާއި ފެނުގެ މައި ނެޓުވޯކުގެ ހޮޅި ވަޅުލުމުގެ މަސައްކަތް ކަމަށެވެ. އެކުންފުނިން ބުނީ މި ޕްރޮޖެކްޓްގެ ދަށުން އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ފެން އުފެއްދުމަށް ދެ އާރްއޯ ޕްލާންޓް ބެހެއްޓުމުގެ އިތުރުން ފެން ރައްކާކުރަން ތިން […]

ހުޅުމާލެއަށް ކުލީ ބައިސްކަލް ތައާރަފްކުރަނީ

ހުޅުމާލަށް ކުލީ ބައިސްކަލް ތައާރަފު ކުރަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ދެމެދު އެމްއޯޔޫ އެއްގައި މިއަދު ސޮއިކޮށްފި އެވެ. ބީއެމްއެލްއިން ބުނީ ބައިސްކަލަކީ ތިމާވެއްޓާއި ރައްޓެހި ދަތުރުފަތުރުގެ ވަސީލަތެއްގެ އިތުރުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވެސް އެހީތެރިވެދޭ ވަސީލަތެއްކަމަށާ، މި ޕްރޮޖެކްޓްގެ ބޭނުމަކީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް އެހީތެރިވެދިނުންކަމަށެވެ. ”ސިޓީ ބައިކް“ ޕްރޮޖެކްޓްނަން ދީފައިވާ މި ޕްރޮޖެކްޓުގެ ދަށުން ކުޑަ ކުއްޔެއްގައި އާންމުންނަށް 300 ބައިސްކަލު ތައާރަފް […]

މަރުވެ ކުނިވެފަ އޮތް މީހަކު ފެނިއްޖެ

  މަރުވެ ކުނިވެފައިވަނިކޮށް މީހެއްގެ ހަށިގަނޑު މާލޭ ގެއަކުން ފެނިއްޖެއެވެ. ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނީ 27 އަހަރުގެ ދިވެހި އަންހެނެއްކަމަށާ މި މައްސަލައިގެ ރިޕޯޓް ފުލުހަށް ކޮށްފައިވަނީ ރޭ 2:33 ގައި ކަމަށްވެސް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ ގަލޮޅުގެ ގެއަކުން ކުނިވަސް ދުވާތީ ބެލި ބެލުމުން މަރުވެ ގިނަ ދުވަސް ވެފައިވާ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ. ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ރަހީނުކޮށްގެން އަނިޔާކުރުރި މައްސައްލައިގައި ހައްޔަރު ކުރި މީހުން ބަންދަށް 15 ދުވަސް

  ހދ. ކުޅުދުއްފުށީގައި މީހަކު ރަހީނުކޮށް ބޮޑެތި އަނިޔާތަކެއް ދިން މައްސައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ. މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިންގި މި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދު މުއްދަތު ޖަހާފައި ވަނީ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުންނެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 24 އަހަރާއި 25 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރު ކޮށްފައި ވަނީ ހޯމަ ދުވަހުގެ ރޭގަ […]

ޑެޕިއުޓީ މޭޔަރުންނާއި ނައިބް ރައީސުން ހޮވަން މުއްދަތެއް ދީފި

  ޑެޕިއުޓީ މޭޔަރުންނާއި ނައިބް ރައީސުން ހޮވާފައި ނުވާ ކައުންސިލްތަކުން މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން އެ މަގާމުތަކަށް ބޭފުޅުން ހޮވުމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފި އެވެ. ކޮވިޑް-19ގެ  ހާލަތާ ގުޅިގެން ދިމާވެފައިވާ ބައެއް ދަތިތަކާހުރެ ބައެއް ކައުސިލަރުންނަށް ރަށަށް ދިއުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. އޭގެ ތެރޭގައި ބައެއް ރަށްތައް ބަންދުކޮށްފައި ވުމާއި އަދި ބައެއް ކައުންސިލަރުން ކޮވިޑަށް ޕްޒިޓިވް ވުންފަދަ ކަންތައް ހިމެނެއެވެ. އެލްޖީއޭ އިން ބުނީ […]

މުސްލިމަކާ  ދިމާއަށް ކާފަރެކޭ ބުނުން ކުށަކަށް ހަދަން ހުށަހަޅައިފި

  އާންމު ތަނެއްގައި މުސްލިމަކާ ދިމާއަށް ކާފަރެކޭ ބުނުމަކީ ޖިނާއީ ކުށަކަށް ހަދަން މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ. ރާއްޖޭގެ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސެއިން ހުށަހެޅި ބިލްގެ ފުރަތަމަ ކިއުން މަޖިލީހުގައި އިއްޔެ ވަނީ އިއްވައިފަ އެވެ. ހިސާން ވިދާޅުވީ މި ބިލުގެ ބޭނުމަކީ ނަފްރަތުގެ އަމަލަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަޑައެޅުން ކަމަށެވެ. މި ބިލުގައި ވާގޮތުން އެގޮތުން އާންމު ތަނެއްގައި ވަކި […]