ހުޅުމާލެއަށް ކުލީ ބައިސްކަލް ތައާރަފްކުރަނީ

Loading

Facebook
Twitter
WhatsApp

ހުޅުމާލަށް ކުލީ ބައިސްކަލް ތައާރަފު ކުރަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ދެމެދު އެމްއޯޔޫ އެއްގައި މިއަދު ސޮއިކޮށްފި އެވެ.

ބީއެމްއެލްއިން ބުނީ ބައިސްކަލަކީ ތިމާވެއްޓާއި ރައްޓެހި ދަތުރުފަތުރުގެ ވަސީލަތެއްގެ އިތުރުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވެސް އެހީތެރިވެދޭ ވަސީލަތެއްކަމަށާ، މި ޕްރޮޖެކްޓްގެ ބޭނުމަކީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް އެހީތެރިވެދިނުންކަމަށެވެ.

”ސިޓީ ބައިކް“ ޕްރޮޖެކްޓްނަން ދީފައިވާ މި ޕްރޮޖެކްޓުގެ ދަށުން ކުޑަ ކުއްޔެއްގައި އާންމުންނަށް 300 ބައިސްކަލު ތައާރަފް ކުރާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން ބުނީ މި ޕްރޮޖެކްޓްގެ ދަށުން އެކި ސަރަހައްދުތަކުގައި ޑޮކިން ސްޓޭޝަން ގާއިމްކޮށް، ބައިސްކަލު ޕާކް ޒޯންތަކެއް ގާއިމްކުރާނެއެވެ.

ބީއެމްއެލްގެ ޑިޖިޓަލް ބޭންކިން ހިދުމަތް ބޭނުން ކޮށްގެން ބައިސްކަލް ކުށްޔަށްނެގޭނެކަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް