ހެނބަދޫގެ ފެންވިއުގައިގެ މަސައްކަތް ފަށައިފި

Loading

Facebook
Twitter
WhatsApp

ނ. ހެނބަދޫގައި ފެން ވިއުގައެއް ގާއިމު ކުރުމުގެ އަމަލީ މަސައްކަތްފަށައިފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ ފެނުގެ ނިޒާމެއް ގާއިމް ކުރުމަށް ހެނބަދޫގައި ފަށައިގެން އުޅޭ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ އިމާރާތުގެ މަސައްކަތާއި ފެނުގެ މައި ނެޓުވޯކުގެ ހޮޅި ވަޅުލުމުގެ މަސައްކަތް ކަމަށެވެ.

އެކުންފުނިން ބުނީ މި ޕްރޮޖެކްޓްގެ ދަށުން އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ފެން އުފެއްދުމަށް ދެ އާރްއޯ ޕްލާންޓް ބެހެއްޓުމުގެ އިތުރުން ފެން ރައްކާކުރަން ތިން ތާންގީ އެ ރަށުގައި ބަހައްޓާނެކަމަށެވެ. އަދި އެރަށުގައި  4.83 ކިލޯމީޓަރުގެ ދިގު ފެންހޮޅީގެ ނެޓްވޯކު ގާއިމް ކުރަން ހަމަޖެހިފައިވާކަމަށް ވެސް ފެން ކުންފުނިން ބުނެއެވެ.
ފެންކުންފުނިން ބުނީ އެރަށުގެ ގޭގޭގައި ފެން މީޓަރު ބަހައްޓައި ކަނެކްޝަން ގުޅައި ދޭއިރު ފެން ތަހުލީލު ކުރާ ސާމާނު ވެސް ފޯރުކޮށް ދޭނެ ކަމަށެވެ.

41.3 މިލިއަން ރުފިޔާގެ މި މަޝްރޫއު ޕްލޭނިން މިނިސްޓްރީން އެމްޑަބްލިޔުއެސްސީ އާއި ހަވާލުކޮށްފައިވަނީ  އެއް އަހަރާއި ތިން މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް