އަޅުގަނޑަކީ ސީރިޔާ އަށް މީހުން ފޮނުވާ މީހެއްނޫން: އަލީ ރަމީޒު

އޭނާ އަކީ ހަރުކަށިފިކުރު ފަތުރާ މީހުން ރެކްރޫޓްކޮށް ސީރިޔާއަށް ޖިހާދުވުމަށް މީހުން ފޮނުވާމީހެއް ނޫންކަމަށާ، ކުރާ ކަމަކީ ދީނީގޮތުން މީހުން ހޭލުންތެރިކުރުވުން ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އަލީ ރަމީޒުވިދާޅުވެއްޖެއެވެ. ޖަމިއްޔަތުލް ސަލަފުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އަލީ ރަމީޒު އެ ޖަމިއްޔާއިން ގެނެސްދިން ޕްރޮގްރާމެއްގައިވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ހަރުކަށި ފިކުރު ފަތުރައި މީހުން ރެކްރޫޓްކޮށް ފަންޑު ހޯދައި ސީރިޔާ އާއި އެހެން ގައުމުތަކަށް މީހުން ފޮނުވާ ކަމަށް ބުނެ އޭނާއަށް ނިސްބަތްކޮށް ދެކެވޭ ވާހަކަތަކަކީ ވަރަށް ގިނައިން […]
ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރު ކުރި އިތުރު މީހެއްގެ ވަނަވަރު އާންމުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒު ކޮށް ދިން ބޮމުގެ ހަމަލާ އާއި ގުޅިގެން ހައްޔަރުކުރި އިތުރު މީހެއްގެ ވަނަވަރު ފުލުހުން ހާމަ ކޮށްފި އެވެ. ފުލުހުން މިއަދު ބުނީ މި ހަމަލާއާ ގުޅިގެން އިތުރަށް ހައްޔަރުކުރި މީހަކީ ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް 27، އެވެ. ހައިޝަމް ހައްޔަރުކޮށް އޭނާގެ ބަންދަށް ފުލުހުން މިހާރު ވަނީ ދެވަނަ ފަހަރަށް މުއްދަތު ޖަހާފަ އެވެ. އެގޮތުން ދެ ވަނަފަހަރަށް މިދިޔަ އާދިއްތަ ދުވަހު […]
ޕާކުކުރާނެ އިތުރު ޖާގަތަކެއް ކުއްޔަށް ދެނީ

މާލެ ސިޓީގެ އެކި ސަރަހައްދުތަކުން އުޅަނދު ޕާކް ކުރާނެ އިތުރު ޖާގަތަކެއް ކުއްޔަށް ދޫކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފައިވާކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. މާލެ ސިޓީކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަފުޅު ދައްކަވަމުން މޭޔަރު މުއިއްޒު ވިދާޅުވީ މާލޭ ޑަސްޓްރިއަލް ވިލެޖް ހިމެނޭގޮތަށް 450 އުޅަނދު ޕާކުކުރާނެ ޖާގަ ޖުއްޔަށް ދިނުމަށް ހަމަޖައްސާފައިވާ ކަމަށެވެ. މޭޔަރު ވިދާޅުވީ ދާއިމީ ޕާކިން އިމާރާތްތަކެއް ހެދުމުގެ މަސައްކަތް ކުރަމުން ދާކަމަށާ، ޕާކިން ސްލޮތްތަކެއް […]
ގަރާޖަކަށް ޕިކަޕެއް ވައްދަން އުޅުމުގެ ތެރޭގައި ބޯ ފިތުނު ޒުވާނާގެ ހާލު ސީރިއަސް

މ. މުލީގައި ޕިކަޕެއް ގަރާޖަކަށް ވައްދަން އުޅުމުގެ ތެރޭގައި ޕިކަޕާއި ދޮރުކަންޏާ ދޭތެރޭ ތާށީވެ، ބޯފިތުނު އުމުރުން 28 އަހަރުގެ ދުވާނާގެ ހާލު ސީރިއަސް ވެއްޖެއެވެ. އާއިލާއިން ވާހަކަ ދެއްކި މީހަކު ބުނީ މުލީ ހުސްޕިޓަލުން ފަރުވާ ދިނުމަށްފަހު މި ޒުވާނާ މިހާރު މާލެ ގެނެސް ފުރަތަމަ ގެންދިޔައީ އައިޖީއެމްއެޗަށް ކަމަށާ ނަމަވެސް މިހާރު އޭނައަށް ފަރުވާދެމުން އަންނަނީ އޭޑިކޭގައި ކަމަށެވެ. އާއިލާއިން ބުނީ އެ ޒުވާނާގެ ބޮލުގެ ނާށިގަނޑުން ތިން ތަނެއްގައި ރެދު ލާފައިވާކަމަށެވެ. […]
ވެށިފަހި ޕްރޮގްރާމްގެ ދަށުން މާލެއިން ދޫކުރުރި ބިންތައް ވިއްކަނީ

”ވެށިފަހި މާލެ“ ޕްރޮގްރާމުގެ ދަށުން މާލެއިން ދޫކޮށްފައިހުރި ބިންތައް ވިއްކުމަށް ވާންޖެހޭ ތައްޔާރީތައް ވާން ފަށައިފިއެވެ. މި ބިންތަކަކީ މުހައްމުދު ނަޝީދު ވެރިކަމުގައި ހުންނެވިއިރު ފެށި ވެށިފަހި މަޝްރޫއުގެ ދަށުން ހުޅުމާލެއިން ގޯތި ލިބުނު ފަރާތްތަކުން މާލެއިން ދޫކޮށްފައިވާ ބިންތަކެވެ. އެ މަޝްރޫއުގެ ދަށުން މާލޭގައި 300 އަކަފޫޓަށް ވުރެ ކުދި ބިންތައް ހުރި ފަރާތްތަކުން އެ ބިންކޮޅު ދޫކޮށްލުމުން ހުޅުމާލޭން ގޯތި ހަމަޖައްސައިދީފައި ވެއެވެ. ދައުލަތަށް މިލްކުވެފައިވާ މި ބިންތައް ވިއްކަން ފެށުމުގެ […]
އިންސާފު ހޯދައިދޭނެކަމަށް އެމްޑީޕީން ދެއްކި ވާހަކަތަކަކީ ސިޔާސީ މަގްސަދެއް ހާދިލު ކުރުމަށް ދެއްކިވާހަކަތައް: ދުންޔާ

ރައްޔިތުންނަށް އިންސާފު ހޯދައިދޭނެކަމަށް ބުނެ އެމްޑީޕީން މި ހުރިހާ ދުވަހު ދެއްކި ވާހަކަތަކަކީ ވަކި ސިޔާސީ މަންފާއެއް ހޯދުމަށް ދެއްކި ވާހަކަތަކެއްކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރު ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ދުންޔާ އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ އެމްޑީޕީއަކީ އުފެދުމުގައި ރަގަޅު މަގްސަދެއް އޮތް ޕާޓީއެއްކަމަށާކަމަށާ، ރާއްޖެ އަށް ޑިމޮކްރަސީ ގެނައުމަށް މަސައްކަތްކުރެއްވި ޕާޓީއެއްކަމަށް ވެސް […]
ބީއެމްއެލް އިން ފައިސާގެ މުއާމަލާތްތަކަށް އިތުރު 12 އެޖެންޓުން ހަމަޖައްސައިފި

ފައިސާ ޖަމާކުރުމާ ފައިސާގެ އެހެނިހެން ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް ( ބީއެމްއެލް) އިތުރު 12 އެޖެންޓުން ހަމަޖައްސައިފި އެވެ. މިއީ ބީއެމްއެލްގެ ބްރާންޗެއް ނުވަތަ އޭޓީއެމްއެއް ނެތް ރަށްރަށުގައި އަސާސީ ބޭންކިންގ ހިދުމަތް ދިނުމަށް އެ ބޭންކުން ދެމުންގެންދާ ހިދުމަތެކެވެ. އަލަށް މިޚިދުމަތް ދޭން ފަށާފައިވަނީ، ހއ.މާރަންދޫ، ހދ.ކުމުންދޫ، ހދ.ނެއްލައިދޫ، ހދ.ފިނޭ، ށ.ނަރުދޫ، ށ.ފޭދޫ، ށ.މަރޮށި، ނ.ޅޮހި، ނ.މާޅެންދޫ، ރ.އިންނަމާދޫ، ބ.ފުޅަދޫ އަދި މ.ކޮޅުފުށީގައެވެ. ބީއެމްއެލް އިން ބުނީ މިހިދުމަތާއެކު، މި ރަށްތަކުގައި […]
އީސީގެ ނައިބުރައީސް ހަބީބު، ޖިންސީ ގޯނާކުރާކަމަށް ބުނާ މައްސަލަ މަޖިލީހަށް ފޮނުވައިފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނާއިބު ރައީސް އިސްމާއީލް ހަބީބް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރާ މައްސަލަ ކޮމިޝަނުގެ އެންޓި ހެރަސްމަންޓް ކޮމިޓީއިން ބެލުމަށް ފަހު މަޖިލީހަށް އަލުން ފޮނުވައިފި އެވެ. މީގެ ކުރިން އެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމެޓީ ބެލުމަށްފަހު ނިންމީ އެ މައްސަލަ އީސީގެ އެންޓި ހެރަސްމަންޓް ކޮމިޓީން ފުރަތަމަ ބެލުމަށް ފަހު މަޖިލީހަށް ހުށަހެޅުމުން އެކަމާމެދު ގޮތެއް ނިންމާގޮތަށެވެ. މީގެ އިތުރުންވެސް ހަބީބުގެ މައްޗަށް […]
މާފަރު އެއާޕޯޓްގައި ހޮޓަލެއް ތަރައްގީކުރަނީ

ނ.މާފަރު އިންޓަރނޭޝަން އެއާޕޯޓުގައި 47 ކޮޓަރީގެ ޓްރާންސިޓް ހޮޓަލެއް ތަރައްގީކުރުމުގެ މަސައްކަތް އައިލެންޑް އޭވިއޭޝަނުން ފަށައިފިއެވެ. އައިލެންޑް އޭވިއޭޝަނުން ބުނީ މި ޓްރާންސިޓް ހޮޓާ ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ހަތަރު ތަރީގެ ހޮޓަލެއްގެ ފެންވަރަށާ ޓާގެޓަކީ ތިން މަސް ދުވަސްތެރޭ މި ހޮޓެލްގެ އިމާރަތްކުރުމުގެ އަމަލީ މަސައްކަތް ފެށިގެން ދިއުންމެވެ. މި އެއާޕޯޓް މެނޭޖްކުރާ އައިލެންޑް އޭވިއޭޝަނުން މިހާރުވަނީ މިމަސައްކަތަށް ބޭނުންވާ ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފައެވެ. މާފަރު އެއާޕޯޓްތަރައްގީކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ޓްރާންސިޓް […]
އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ބާއްވާ މައްސަލަ ހައިކޯޓަށް

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މަގާމުން ދުރުކުރި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރުގައި ހުންނަވައިގެން ޝަރީއަތް އޮންލައިންކޮށް ބާއްވާ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ. އަލީ ވަހީދު ރާއްޖެއިން ބޭރުގައި ހުންނެވުމުން އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދިޔުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް ޕީޖީ ހުސައިން ޝަމީމް ވަނީ ވިދާޅުވެފަ އެވެ. ޕީޖީ އޮފީހުން ބުނަނީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ […]