ޕާކުކުރާނެ އިތުރު ޖާގަތަކެއް ކުއްޔަށް ދެނީ

Loading

Facebook
Twitter
WhatsApp

 

މާލެ ސިޓީގެ އެކި ސަރަހައްދުތަކުން އުޅަނދު ޕާކް ކުރާނެ އިތުރު ޖާގަތަކެއް ކުއްޔަށް ދޫކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފައިވާކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި  ވާހަފުޅު ދައްކަވަމުން މޭޔަރު މުއިއްޒު ވިދާޅުވީ މާލޭ ޑަސްޓްރިއަލް ވިލެޖް ހިމެނޭގޮތަށް 450 އުޅަނދު ޕާކުކުރާނެ ޖާގަ ޖުއްޔަށް ދިނުމަށް ހަމަޖައްސާފައިވާ ކަމަށެވެ.

މޭޔަރު ވިދާޅުވީ ދާއިމީ ޕާކިން އިމާރާތްތަކެއް ހެދުމުގެ މަސައްކަތް ކުރަމުން ދާކަމަށާ،  ޕާކިން ސްލޮތްތަކެއް ކުއްޔަށް ދޫކުރަން ނިންމީ މި ދާއިމީ ޕާކިން އިމާރާތް ހެދުމުގެ ކުރިން ވަގުތީ ގޮތުން ޕާކިންގެ މައްސަލައަށް ހައްލެއް ގެނައުމަށް ކަމަށެވެ.

އެނާ ވިދާޅުވީ ކުއްޔަށް ދޫ ކުރަނީ 320 ކާރުގެ ޖާގަ އާއި 80 ވޭންގެ އިތުރުން 50 ޕިކަޕުގެ ޖާގަ އެވެ.

އަދި ކުއްޔަށް ދޭ ސްލޮޓްތަކަށް ކުރިމަތިލުމަށް ފުރުސަތަށް އަންނަ ހަފުތާ ތެރޭގައި ހުޅުވާލާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ނިމިދިޔަ ސިޓީ ކައުންސިލުން ވެސް ވަނީ މާލޭގައި ވަކި ޕާކިން ޒޯންތަކެއް ހަދައި އެތަންތަން ކުއްޔަށް ދޫކޮށްލަ އެވެ. އެއީ މުޅިން ވެސް ހަތަރު ފުރޮޅުލީ އުޅަނދުގެ ޒޯންތަކެވެ.

ޕާކިން ޒޯންތައް ހެދުމުގެ އިތުރުން މާލޭގެ އެކި ސަރަހައްދުތަކަށް ދޫކޮށްލާފައި ހުރި 177 ވެހިކަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ޕާކިން މައްސަލައިގެ އިތުރުން މާލެ ތެރޭގައި ގަރާޖުތަކާއި ވޯކްޝޮޕްތައް ހިންގާތީ އެކަމަށް ހައްލު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ގުދަނާއި ވޯކްޝޮޕާއި ގަރާޖުގެ ގޮތުގައި ހިންގާ 276 ތަނެއް މާލޭގައި އެބަހުއްޓެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް