ހަރުކަށި ފިކުރުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަށް މީހެއްގެ ބަންދު ދަމަހައްޓައިފި

  ތ.އަތޮޅު ތިމަރަފުށިން ހަރުކަށި ފިކުރުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަށް މީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ދަމަހައްޓައިފިއެވެ. މި މީހުންނަކީ ފުލުހުން އެރަށުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކުރި މީހުންނެވެ. ފުލުހުން ބުނީމި އޮޕަރޭޝަން ހިންގީ ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ހުރާސަން ޕްރޮވިންސްގެ ފަރާތުން އަމީރެއްގެ ގޮތުގައި ތ. ތިމަރަފުށި / ފެހިވިދުވަރުގެ، އަބްދުﷲ ޝަރީފް އައްޔަންކޮށްފައިވާކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާއި ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. އަދި މީގެ އިތުރުން […]

އެސްޑީއެފްސީގެ އޮފީސް ފަޅާލައިފި

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް މި ސަރުކާރުން އުފައްދާފައިވާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން  (އެސްޑީއެފްސީ)ގެ އޮފީސް ފަޅާލައިފި އެވެ. ފުލުހުންބުނީ އެސްޑީއެފްސީގެ އޮފީސް ފަޅާލައި ވައްކަންކޮށްފައިވާ މައްސަލައެއް މިއަދު ހެނދުނު 8:56 އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށާ، އެކަމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާކަމަށެވެ. މ. ކަނީރުވިލާގެ ދެވަނަ ފްލޯގައި ހިންގަމުން ގެންދާ އެސްޑީއެފްސީގެ އޮފީސް ތެރޭގައި ފުލުހުން އަންނަނީ ހަރަކާތްތެރި ވަމުންނެވެ. މި މައްސަލައާގުޅިގެން އިތުރު ތަފްސީލެއް ފުލުން […]

ރަހީނުކޮށް ކުއްޖާ މަރާލުން: ކުއްޖާގެ ހަށިގަނޑު ވަޅުލައިފި

  ރަހީނުކޮށް މަރާލުމަށްފަހު އެއްލާލި އުމުރުން 13 އަހަރުގެ ފިހެންކުއްޖާގެ ހަށިގަނޑު ރޭ ވަޅުލައިފި އެވެ. މިކުއްޖާ އަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަމުގެ ނިޝާންތައް ހަށިގަނޑުން ފެންނަންހުރިއިރު އެ ކުއްޖާ ވަޅުލާފައިވަނީ މަރުގެ ހަގީގަތްހޯދުމަށް އެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފަހު ރާއްޖެ ގެނެސް އެވެ. މި މަހު ފަސް ވަނަ ދުވަހު އެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާގެ ޓްރެވެންޑަމަށް ފުނުވުމަށް ފަހު އަނބުރާ ގެނައީ އިއްޔެގައެވެ. ކުއްޖާ ވަޅުލާފައިވާއިރު ޕޯސްޓްމޯޓަމް ގެ […]

ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި ދެ މީހަކަށް ދައުވާކުރަނީ

  ހދ. ކުޅުދުއްފުށީގައި މީހަކު ރަހީނުކޮށް ބޮޑެތި އަނިޔާތަކެއް ދިން މައްސަލައިގައި ދެ  މީހެއްގެ މައްޗަށް ދައުވާކުރުމަށް ކޯޓަށް ހުށަހަޅައިފިއެވެ. ޕްރޮސިކިއުޓަރ ޖެނަރަލް އޮފީހުން ބުނީ މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު ހދ. ކުޅުދުއްފުށީގައި މީހަކު ރަހީނުކޮށް އެމީހާއަށް ބިރުދައްކައި މާރާމާރީ ހިންގި މައްސަލާގައި ހދ. ކުޅުދުއްފުށި، މާތުނޑި، މުއާޒް އަލީއާއި، ހަމަ އެރަށު ސެޓެލައިޓް، މުހައްމަދު އާދަމްގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވާކަމަށެވެ. މި ދެ މީހުންގެ މަށްޗަށް ދައުވާ ކުރުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް […]

އެއާޕޯޓް ތަރައްގީކުރުމަށް އަނެއްކާވެސް 770 މިލިއަން ރުފިޔާގެ ލޯނެއް     

  ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ބޮޑުކުރުމުގެ ޕްރޮޖެކްޓަށް ކުވައިތު ފަންޑުން އަނެއްކާވެސް 771 މިލިއަން ރުފިޔާގެ (15 މިލިއަން ކުވައިތު ދީނާރު)ގެ  ލޯނު އެއްބަސް ވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އަމީރެވެ. އަދި ކުވައިތު ފަންޑުގެ ފަރާތުން ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ފޯ ފައިނޭންސް އެންޑް އެޑްމިން ނިދަރަލް އަލް އޮލަޔާނެއެވެ. އެއާޕޯޓު ތަރައްގީ ކޮށް ބޮޑުކުރުމުގެ ޕްރޮޖެކްޓަށް މީގެ ކުރިން 2016 ވަނަ […]

މަމްސް އެކްސްޕޯ ފަށައިފި

  އަންހެނުންނަށް ހާއްސަ ކޮށްގެން ބާއްވާ ”މަމްސް އެކްސްޕޯ “ މަމްސް ޖަމިއްޔާއިން ފަށައިފި އެވެ. އަންހެނުންނާއި ކުޑަކުދިންގެ ހައްގުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ މަމްސް ޖަމިއްޔާއިން ބުނީ ފަންޑް ރައިޒްކުރުމުގެ މަގުސަދުގައި ބާއްވާ މި ހަރަކާތަށް ވަރަށް ރަނގަޅު ތަރުހީބެއް ލިބެމުންދާކަމަށެވެ. އެ ޖަމިއްޔާއިން ބުނީ މި އަހަރުގެ އެކްސްޕޯގައި ސަތޭކައަށް ވުރެ ގިނަ ވިޔަފާރިތަކުގެ އުފެއްދުންތައް ފެންނާނެ ކަމަށެވެ. އަދި މިއަދުން ފެށިގެން ފަސް ދުވަހުގެ މުއްދަތަށް މި އެކްސްޕޯ ކުރިއަށް ދާނެކަމަށް […]

މާރުކޭޓް ގޮޅިތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

  މާލޭ ސިޓީގެ ދަތުރުވެރިންގެ މާރުކޭޓް އަދި ލޯކަލްމާރުކޭޓުން ކުއްޔަށް ދޫކޮށްފައިވާ ގޮޅިތަކުގެ މުއްދަތު ހަމަވެފައިވާތީ އެގޮޅިތަކަށް އެދުމުގެ ފުރުސަތު މާލޭ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ. މާލެ ސިޓީ ކައުންސިލުން ބުނީ، ދެ އަހަރުގެ މުއްދަތަކަށް ދޫކުރުމަށް ހަމަޖައްސާފައިވާ މިދެ މާރުކޭޓުން ގޮޅިއެއް ދޫކުރާނީ ގޮޅިއެއްގެ ބޮޑު މިނަށް ބަލައި އަކަފޫޓަކަށް 31.25 ރުފިޔާގެ ރޭޓުންކަމަށެވެ. މި ގޮޅިތަކަށް ޕޮއިންޓު ދިނުމުގައި މިހާރުވެސް ގޮޅި ހިންގާ ފަރާތެއް ނަމަ، ގޮޅި ހިންގަމުންދާ މުއްދަތައް ބަލާނެކަމަށް ސިޓީކައުންސިލުން ބުނެއެވެ. […]

ފްލެޓްލިބުނު މީހުން ދަފްތަރުން އުނިކުރަނީ

މާލޭގެ ދަފްތަރުގައި ޖެހިފައި ތިބި މީހުންގެ ތެރެއިން ސަރުކާރުގެ ހައުސިން މަޝްރޫއަކުން ފްލެޓް ނުވަތަ ގޯތި ލިބިފައި ތިބި މީހުން ދަފްތަރުން އުނިކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ. މަލެސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ މަޝްރޫއުތަކުން ފްލެޓް އަދި ގޯތި ލިބުނު ފަރާތްތައް ދަފްތަރުން އުނިކުރަން ނިންމައިފައިވާ ކަމަށާ  އަދި މައިމުޅަވެފައިވާ މީހުން ދެނެގަތުމަށް އެމީހުންގެ ފަރާތުން މައުލޫމާތު ހިއްސާކުރުމަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. މައިމުޅަވުމަކީ މައިންބަފައިން ދުނިޔޭގައި […]

އެއާޕޯޓަށް ފުރަންދިޔަ މީހެއްގެ އަތުން ވަޒަންތަކެއް ފެނިއްޖެ

  ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންދިޔަ މީހެއްގެ އަތުން ވަޒަންތަކެއް ފެނިއްޖެއެވެ. ފުލުހުން ބުނީ ވަޒަން ތައް ފެނުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންދިޔަ ޓޫރިސްޓެއްގެ ދަބަހުންކަމަށެވެ. ފުލުހުން ބުނީ އެއާޕޯޓަށް ފުރަންދިޔަ ޓޫރިސްޓެއްގެ ދަބަހުން ވަޒަންތަކެއް ފެނުނު މައްސަލަ އެއް މިއަދު ހެނދުނު 10 ޖަހާ އެހާކަށްހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ފުލުހުން ބުނީ އެމީހާއަކީ 60 އަހަރުގެ ފިރިހެނެއްކަމަށާ، އޭނާ އަކީ ނެމީބިއާގެ ރައްޔިތެއްކަމަށެވެ.   އަދި އެމީހާ އަތުން ފެނުނު ވަޒަންތަކާ ބެހޭގޮތުން […]

ކައުންސިލްތަކުގެ ބަޖެޓު މައުލޫމާތު ފޮނުވަން އަންގައިފި

ކައުންސިލްތަކުން އަންނަ އަހަރަށް ލަފާކޮށް ބަޖެޓުގައި ހިމަނަން ބޭނުންވާ މައުލޫމާތުތައް ފިނޭންސް މިނިސްޓްރީއަށް ފޮނުވަން އެ މިނިސްޓްރީން އަންގައިފިއެވެ. ފިނޭންސް މިނިސްޓްރީން ކައުންސިލްތަކަށް އަންގާފައިވަނީ މި މައުލޫމާތުތައް އަންނަ މަސް ނިމުގެ ކުރިން ފޮނުވުމަށެވެ. ފިނޭންސ މިނިސްޓްރީން ކައުސިލްތަކަށް ފޮނުވާފައިވާ ސާކިއުލާގައި ބުނެފައިވަނީ ދައުލަތުގެ މާލިއްޔާގެ ގާނޫނުގައިވާ ގޮތުގެ މަތިން މާލީ އަހަރު ފެށުމުގެ ދެ މަސް ކުރިން ބަޖެޓުގައި ހިމަނަން ބޭނުންވާ މައުލޫމާތު މަޖިލީހަށް ފޮނުވަން ޖެހޭކަމަށާ އެހެންކަމުން އެމައުލޫމާތުތައް އެ މިނިސްޓްރީއަށް އެންގުމަށެވެ. ”މި […]