ފްލެޓްލިބުނު މީހުން ދަފްތަރުން އުނިކުރަނީ

83

މާލޭގެ ދަފްތަރުގައި ޖެހިފައި ތިބި މީހުންގެ ތެރެއިން ސަރުކާރުގެ ހައުސިން މަޝްރޫއަކުން ފްލެޓް ނުވަތަ ގޯތި ލިބިފައި ތިބި މީހުން ދަފްތަރުން އުނިކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މަލެސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ މަޝްރޫއުތަކުން ފްލެޓް އަދި ގޯތި ލިބުނު ފަރާތްތައް ދަފްތަރުން އުނިކުރަން ނިންމައިފައިވާ ކަމަށާ  އަދި މައިމުޅަވެފައިވާ މީހުން ދެނެގަތުމަށް އެމީހުންގެ ފަރާތުން މައުލޫމާތު ހިއްސާކުރުމަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

މައިމުޅަވުމަކީ މައިންބަފައިން ދުނިޔޭގައި ތިއްބާ ދަރި މަރުވެއްޖެ ނަމަ އޭނަ މަރުވިއިރު އޭނަގެ ދަރިން ތިބިނަމަވެސް އޭނަ ދަރީންނަށް އޭނަގެ މައިންބަފައިންގެ މުދަލުން މުދާގެ ނުލިބުމެވެ.

ފްްލެޓް ލިބުނު ފަރާތްތަކުން ދަފްތަރުން އުނިކުރަން ނިންމީ މިހާރު ދަފްތަރުގައި ޖެހިފައި ތިބި މީހުންގެ ތެރެއިން ފްލެޓު ލިބުނު މީހުންނާއި، ނުލިބި ތިބި މީހުން ދެނެގަނެ، ދަފްތަރުގައި ޖެހިފައި ތިބި މީހުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރެވޭނެ ގޮތެއް ހޯދުމަށެވެ.

ސަރުކާރުގެ ހައުސިން މަޝްރޫއަކުން ފްލެޓް ނުވަތަ ގޯތި ލިބިފައިވާ ފަރާތްތައް މާލޭގެ ދަފްތަރުން އުނިކުރުމަށް މަސައްކަތްކުރާއިއިރު ދަފްތަރުގައި މީހުން ޖެއްސުން މިހާރު ވަނީ މެދުކަނޑާލާފަ އެވެ.

އެ މަސައްކަތް މެދުކަނޑާލާފައިވަނީ މާލޭގެ ދަފްތަރުގައި ޖެއްސުމުގެ ނިޒާމް ހަރުދަނާކޮށް ދަފްތަރުގެ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ މައްސަލަ ހައްލުކުރާނެ ގޮތުގެ މަގުޗާޓެއް އެކުލަވާލެވެންދެން ކަމަށް މުއިއްޒު ކުރިން ވަނީ ވިދާޅުވެފަ އެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ