ކައުންސިލްތަކުގެ ބަޖެޓު މައުލޫމާތު ފޮނުވަން އަންގައިފި

Loading

Facebook
Twitter
WhatsApp

ކައުންސިލްތަކުން އަންނަ އަހަރަށް ލަފާކޮށް ބަޖެޓުގައި ހިމަނަން ބޭނުންވާ މައުލޫމާތުތައް ފިނޭންސް މިނިސްޓްރީއަށް ފޮނުވަން އެ މިނިސްޓްރީން އަންގައިފިއެވެ.

ފިނޭންސް މިނިސްޓްރީން ކައުންސިލްތަކަށް އަންގާފައިވަނީ މި މައުލޫމާތުތައް އަންނަ މަސް ނިމުގެ ކުރިން ފޮނުވުމަށެވެ.

ފިނޭންސ މިނިސްޓްރީން ކައުސިލްތަކަށް ފޮނުވާފައިވާ ސާކިއުލާގައި ބުނެފައިވަނީ ދައުލަތުގެ މާލިއްޔާގެ ގާނޫނުގައިވާ ގޮތުގެ މަތިން މާލީ އަހަރު ފެށުމުގެ ދެ މަސް ކުރިން ބަޖެޓުގައި ހިމަނަން ބޭނުންވާ މައުލޫމާތު މަޖިލީހަށް ފޮނުވަން ޖެހޭކަމަށާ އެހެންކަމުން އެމައުލޫމާތުތައް އެ މިނިސްޓްރީއަށް އެންގުމަށެވެ.

”މި މައުލޫމާތުގެ ތެރެއިން ކައުންސިލްތަކަށް ދައުލަތުން ބްލޮކް ގްރާންޓުގެ ގޮތުގައިދޭ ހިލޭ އެހީގެ ބަޖެޓު ތައްޔާރު ކުރަންވާނީ 2021 ވަނަ އަހަރުގެ މެދުރާސްތާ ބަޖެޓާއި 2022 ވަނަ އަހަރުގެ ފިސްކަލް ސްޓްރެޓެޖީގެ ގޮތުގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދިނުމަށް ލަފާ ކޮށްފައިވާ އަދަދަށްވުރެ އިތުރު ނުވާނެ ގޮތަށެވެ،“ އެ މިނިސްޓްރީން ބުނެފައިވެ އެވެ.

މައުލޫމާތު ފޯރުކޮށްދޭން ޖެހޭ ފޯމެޓް:

  • ދައުލަތުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޭ ހިލޭ އެހީ
  • އިދާރާތަކުން ކޮންޑިޝަނަލް ގްރާންޓަށް ދޭނެ އެހީ
  • ކައުންސިލްތަކުގެ ޓްރަސްޓް ފަންޑް
  • ކައުންސިލްތަކަށް ލިބޭ އިތުރު އާމްދަނީ

މި އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައި ވަނީ 35 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި ވަނީ 21 ބިލިއަން ރުފިޔާ އެވެ. އަދި ހަރަދު ވާނެ ކަމަށް އަންދާޒާ ކޮށްފައި ވަނީ 33 ބިލިއަން ރުފިޔާ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް