މަސްވެރިން ސިޔާސީ ޕާޓީއެއް އުފައްދަނީ

  މަސްވެރިންތަކެއް ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށައިފި އެވެ. މި ސިޔާސީ ޕާޓީ އުފެއްދުމުގެ އިސްކޮށް ހަރަކާތްތެރިވަނީ މާލެއަށް ނިސްބަތްވާ ކެޔޮޅު އަބްދުﷲ ރަޝީދެވެ. ”ހަމްދު-6“ ދޯނީގެ ކައްޕި އަބްދުﷲ ރަޝީދު ހާމަކުރާ ގޮތުގައި މި ސިޔާސީ ޕާޓީ ރަޖިސްޓަރކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މި ޕާޓީއަށް ކިޔާނެ ނަމެއް އަދި ހާމަކޮށްފައި ނުވެއެވެ. އަންނަ ސެޕްޓެމްބަރު ހިސާބު މި ޕާޓީ އުފެއްދުމަށް އަމާޒުކޮށްގެން މަސައްކަތްކުރަމުން އަންނަ އަބްދުﷲ ރަޝީދު […]

މަސްވެރިން ސިޔާސީ ޕާޓީއެއް އުފައްދަނީ

  މަސްވެރިންތަކެއް ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށައިފި އެވެ. މި ސިޔާސީ ޕާޓީ އުފެއްދުމުގެ އިސްކޮށް ހަރަކާތްތެރިވަނީ މާލެއަށް ނިސްބަތްވާ ކެޔޮޅު އަބްދުއްލާ ރަޝީދެވެ. ”ހަމްދު-6“ ދޯނީގެ ކައްޕި އަބްދުއްލާ ރަޝީދު ހާމަކުރާ ގޮތުގައި މި ސިޔާސީ ޕާޓީ ރަޖިސްޓަރކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ކުކުޅު ކަތިލި ކަމަށް ފުލުހުންނަށް ކުރާ ތުހުމަތު ދޮގުކޮށްފި

  ކުޑަ ހެންވޭރު ސަރަހައްދުގައި ފުލުހުން ކުކުޅުތަކެއް ކަތިލާފައިވާ ކަމަށް ކުރާ ތުހުމަތުތައް އެ އިދާރާއިން ދޮގުކޮށްފި އެވެ. ފުލުހުން މިއަދު ބުނީ ކުޑަހެންވޭރު ސަރަހައްދުގައި ދޫކޮށްފައިތި ކުކުޅުތަކެއް ހިފައި ކަތިލާފައިވާ ކަމުގެ މައްސަލައެއް އިއްޔެ ހެނދުނު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މިހާތަނަށް ބެލިބެލުމުން ފުލުހުންގެ އެއްވެސް ބައިވެރިވުމެއް މިކުކުޅުތައް ކަތިލުމުގައި އޮތް ކަމަށް އެނގިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ. ކުޑަހެންވޭރު ސަރަހައްދުގައި […]

ކުރިނބީގެ ކޮންމެ ގެއަކަށް ކުކުޅަކާއި ހަނޑޫ ޕެކެޓެއް

  ހދ ކުރިނބީގެ ކޮންމެ ގެއަކަށް އަޟްހާ އީދު ހަދިޔާ އެއްގެ ގޮތުގައި ކުކުޅަކާއި ހަނޑޫ ޕެކެޓެއް އެރަށު ކައުންސިލުން ހަދިޔާކޮށްފި އެވެ. ކުރިނބީ ކައުންސިލުން ބުނީ އީދު ހަދިޔާގެ ގޮތުގައި އެރަށުގެ ކޮންމެ ގެއަކަށް 1200 ގުރާމްގެ ކުކުޅަކާއި އެއް ކިލޯގެ ބާސްމަތީ ހަނޑޫ ޕެކެޓެއް ދީފައިވާކަމަށެވެ. މިއީ އެހެން އީދުތަކުގައިވެސް ރަށުގައި އީދު ހަދިޔާ ބަހާ އުސޫލުން މި އީދުގައި ރަށު ކައުންސިލުން ކޮންމެ ގެއަކަށް ދިން އީދު ހަދިޔާ އެއް ކަމަށްވެސްކައުންސިލުންބުނެއެވެ. ކައުންސިލުން […]

އީދު އުފަލުގައި ފޮޓޯ މުބާރާތެއް

  އަޟްހާ އީދު ދުވަހުގެ އުފާވެރިކަން ފާހަގަކުރަން ހާއްސަ ފޮޓޯ މުބާރާތެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ތައާރަފް ކޮށްފި އެވެ. ”އީދު ކިހިނެތް؟“ ގެ ނަމުގައި ފެށި މި މުބާރާތަކީ އާއިލާއާއި ގާތްތިމާގެ މީހުންނާއެކު އީދުގައި ހޭދަކުރާ އުފާވެރި ވަގުތުތައް ފޮޓޯގެ ޒަރިއްޔާއިން ދައްކުވައިދިނުމަށް ކުރިއަށް ގެންދާ މުބާރާތެކެވެ. ބީއެމްއެލް އިން ބުނީ މި މުބާރާތުގެ ލަކީޑްރޯގެ ނަސީބުވެރިން ހޮވުމަށް ހަމަޖެހިފައިވަނީ އޯގަސްޓް އެއްވަނަ ދުވަހުއެވެ. ލަކީޑްރޯއިން ހޮވޭ ނަސީބުވެރިންނަށް އިނާމެއްގެ ގޮތުގައި 2،000 ރުފިޔާގެ […]

ގައުމީ ޕޭމަންޓް ސިސްޓަމް މަޝްރޫއަށް ކޮންސަލްޓަންޓެއް ހޯދަނީ

    ”މޯލްޑިވްސް ޕޭމެންޓް ސިސްޓަމްސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓް“ ދަށުން ތައްޔާރުކުރާ ޕޭމެންޓް ޕްލެޓްފޯމް ގެ އިންޕްލިމެންޓޭޝަންގެ މަސައްކަތަށް ޓެކްނިކަލް ކޮންސަލްޓަންޓެއް ހޯދުމަށް އިއުލާންކޮށްފި އެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނީ މި  މަޝްރޫއުގެ ޓެކްނިކަލް ކޮންސަލްޓަންޓަކަޝައުޤުވެރިވާ ފަރާތްތަކުން އަންނަ މަހުގެ އެއްވަނަ ދުވަހުގެ ކުރިން އެކަމަށް އދި ހުށަހަޅަން ޖެހޭނެކަމަށެވެ. މިއީ ރާއްޖޭގައި ކުރެވޭ މާލީ މުއާމަލާތްތަކުގެ ނިޒާމް ހަރުދަނާ ކުރުމަށް ގާއިމުކުރެވޭ ޕޭމަންޓް ސިސްޓަމް އެކެވެ. މި އަހަރު ތައާރަފު ކުރަން […]

ތަފާސް ހިސާބުގެ ބިލު ރައީސް ތަސްދީގު ކުރައްވައިފި

  ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ. މި ބިލަކީ 2021 ޖުލައި މަހުގެ 8 ވީ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 21 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ. ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ާނޫނަކީ ރާއްޖޭގައި ތަފާސްހިސާބާބެހޭ ގައުމީ ނިޒާމެއް ގާއިމުކޮށް، ރަސްމީ ތަފާސްހިސާބު އެއްކުރުމާއި، އެއްކުރެވޭ މައުލޫމާތުގެ ނަތީޖާ ހޯދުމާއި، އާންމުކުރުމާއި، ބޭނުންކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ. މި ގާނޫނުގެ […]

ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރައްވައިފި

  ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނަށް 1 ވަނަ އިސްލާހ ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހއްމަދު ސާލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ. މި ބިލަކީ، 2021 ޖުލައި 8 ވީ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 21 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ. މި ބިލުގައި އެންމެ ކުދި، ކުދިއަދި މެދުފަންތީގެ ވިޔަފާރި ގިންތިކޮށްފައިވާ މިންގަނޑުތަކަށް އިސްލާހު ގެނެސްފައިވެއެވެ. ހަމަ އެހެންމެ ގާނޫނުގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި، […]

ދެ ރަށެއްގެ ހައުސިން ޔުނިޓްގެ މަސައްކަތް ނިންމުމަށް ބަޔަކާ ހަވާލުކޮށްފި

    ހދ. އަތޮޅު ދެ ރަށެއްގައި އިމާރާތްކުރަން ފަށާފައިވާ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ނިންމުމަށް ބަޔަކާ ހަވާލުކޮށްފިއެވެ. އެ ދެ ރަށަކީ އެ އަތޮޅު ނޮޅިވަރަންފަރާއި އަދި ހަނިމާދޫއެވެ. ނޮޅިވަރަންފަރުގައި އިމާރާތްކުރަން ފަށާފައިވާ 100 ހައުސިން ޔުނިޓް މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. އެކުންފުންޏާ މި މަސައްކަޔް ހަވާލު ކޮށްފައިވަނީ 53,544,424.97 ރުފިޔާ އަށް 240 ދުވަހުގެ ތެރޭ ނިންމުމަށް އިއްޔެގައެވެ. ހަނިމާދޫގައި އިމާރާތްކުރަން ފަށާފައިވާ 52 […]

މަސްމާރުކޭޓްގައި ގަވާއިދާ ހިލާފަށް ހިންގާ ތަންތަން ހުސްކުރަން އަންގައިފި

    މާލޭގެ ރޯމަސް މާރުކޭޓް އިމާރާތުގެ މަތީ ފްލޯތަކުގައި ގަވާއިދާ ހިލާފަށް ހިންގާ ތަންތަން ހުސް ކުރަން މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ.   ސިޓީ ކައުންސިލުން ބުނީ މަސް މާރުކޭޓްގައި ހުރި މީހުން ނިންދަވާތަންތަނާއި ފިހާރަ، ގުދަން ފަދަ ހުރިހާ ތަނެއްގައި ވެސް މުދަލާއި ތަކެތި ހުރިކަން ސިޓީ ކައުންސިލަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.   އަދި މާލޭ ރޯމަސް މާރުކޭޓުގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާގައި މީހުން ނިންދަވާ ތަންތަނާއި ފިހާރަތަކާއި ގުދަން […]