ދެ ރަށެއްގެ ހައުސިން ޔުނިޓްގެ މަސައްކަތް ނިންމުމަށް ބަޔަކާ ހަވާލުކޮށްފި

Loading

Facebook
Twitter
WhatsApp

 

 

ހދ. އަތޮޅު ދެ ރަށެއްގައި އިމާރާތްކުރަން ފަށާފައިވާ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ނިންމުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

އެ ދެ ރަށަކީ އެ އަތޮޅު ނޮޅިވަރަންފަރާއި އަދި ހަނިމާދޫއެވެ.

ނޮޅިވަރަންފަރުގައި އިމާރާތްކުރަން ފަށާފައިވާ 100 ހައުސިން ޔުނިޓް މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ.

އެކުންފުންޏާ މި މަސައްކަޔް ހަވާލު ކޮށްފައިވަނީ 53,544,424.97 ރުފިޔާ އަށް 240 ދުވަހުގެ ތެރޭ ނިންމުމަށް އިއްޔެގައެވެ.

ހަނިމާދޫގައި އިމާރާތްކުރަން ފަށާފައިވާ 52 ހައުސިން ޔުނިޓް ނިންމުމުގެ މަސައްކަތާއި އަލަށް އިމާރާތްކުރާ 48 ހައުސިން ޔުނިޓް މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ ދޮންބެޒް ޕްރައިވެޓް ލިމިޓެޑާއެވެ.

ޖުމްލަ 79,393,199.70 ރުފިޔާގެ މި މަޝްރޫއުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 330 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މި  ހައުސިން ޔުނިޓުތައް ނިންމުމަށް ހަވާލުކޮށްފައިވަނީ މި މަޝްރޫއުތަކުގެ މަސައްކަތް ހުއްޓިފައި ގިނަ ދުވަހު އޮތުމަށް ފަހުއެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް