އީދު އުފަލުގައި ފޮޓޯ މުބާރާތެއް

Loading

Facebook
Twitter
WhatsApp

 

އަޟްހާ އީދު ދުވަހުގެ އުފާވެރިކަން ފާހަގަކުރަން ހާއްސަ ފޮޓޯ މުބާރާތެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ތައާރަފް ކޮށްފި އެވެ.

”އީދު ކިހިނެތް؟“ ގެ ނަމުގައި ފެށި މި މުބާރާތަކީ އާއިލާއާއި ގާތްތިމާގެ މީހުންނާއެކު އީދުގައި ހޭދަކުރާ އުފާވެރި ވަގުތުތައް ފޮޓޯގެ ޒަރިއްޔާއިން ދައްކުވައިދިނުމަށް ކުރިއަށް ގެންދާ މުބާރާތެކެވެ.

ބީއެމްއެލް އިން ބުނީ މި މުބާރާތުގެ ލަކީޑްރޯގެ ނަސީބުވެރިން ހޮވުމަށް ހަމަޖެހިފައިވަނީ އޯގަސްޓް އެއްވަނަ ދުވަހުއެވެ.

ލަކީޑްރޯއިން ހޮވޭ ނަސީބުވެރިންނަށް އިނާމެއްގެ ގޮތުގައި 2،000 ރުފިޔާގެ އީދު ހަދިޔާ ގިފްޓް ކާޑެއް ދޭން ހަމަޖެހިފައިވާއިރު  ލަކީޑްރޯއިން ޖުމްލަ ހަ ނަސީބުވެރިން ހޮވާނެކަމަށް ބޭންކުން ބުނެއެވެ. އެއީ ޓްވިޓާއިން ތިން ނަސީބުވެރިން އަދި އިންސްޓަގްރާމްއިން ތިން ނަސީބުވެރިންނެވެ.

ބީއެމްއެލް އިން ބުނީ މި ކެމްޕޭނުގައި ބައިވެރިވާން ފޮޓޯތައް ޓްވިޓާ އާއި އިންސްޓަގްރާމް މެދުވެރިކޮށް EidKihineh# ހޭޝްޓެކް ކޮށް ޝެއާކުރުމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް