ގައުމީ ޕޭމަންޓް ސިސްޓަމް މަޝްރޫއަށް ކޮންސަލްޓަންޓެއް ހޯދަނީ

Loading

Facebook
Twitter
WhatsApp

 

 

”މޯލްޑިވްސް ޕޭމެންޓް ސިސްޓަމްސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓް“ ދަށުން ތައްޔާރުކުރާ ޕޭމެންޓް ޕްލެޓްފޯމް ގެ އިންޕްލިމެންޓޭޝަންގެ މަސައްކަތަށް ޓެކްނިކަލް ކޮންސަލްޓަންޓެއް ހޯދުމަށް އިއުލާންކޮށްފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނީ މި  މަޝްރޫއުގެ ޓެކްނިކަލް ކޮންސަލްޓަންޓަކަޝައުޤުވެރިވާ ފަރާތްތަކުން އަންނަ މަހުގެ އެއްވަނަ ދުވަހުގެ ކުރިން އެކަމަށް އދި ހުށަހަޅަން ޖެހޭނެކަމަށެވެ.

މިއީ ރާއްޖޭގައި ކުރެވޭ މާލީ މުއާމަލާތްތަކުގެ ނިޒާމް ހަރުދަނާ ކުރުމަށް ގާއިމުކުރެވޭ ޕޭމަންޓް ސިސްޓަމް އެކެވެ.

މި އަހަރު ތައާރަފު ކުރަން މަސައްކަތް ކުރާ މި ސިސްޓަމްގެ މަސަސައްކަތް ހަވާލުކޮށްފައިވާ ދުނިޔޭގައި މިފަދަ ބިޔަ މަސައްކަތްތައް ކުރާ ދުނިޔޭގައި މަޝްހޫރު ”ޓިއޭޓޯ އެވްރީ“ ގެ ސަބްސިޑަރީއެއް ކަމުގައިވާ ޓިއޭޓޯ ލެޓްވިއާ އެސްއައިއޭ އާއެވެ.

ގައުމީ ޕޭމަންޓް ސިސްޓަމް ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ މިކަމަށް ހާއްސަ ގާނޫނެއް ގެ ދަށުންނެވެ. މި ގާނޫނުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ގައުމީ ޕޭމަންޓް ސިސްޓަމްގެ ހަމަޖެހުން ދެމެހެއްޓުމާއި، ރައްކާތެރި އަދި އެކަށީގެންވާ ގޮތެއްގައި ގައުމީ ޕޭމަންޓް ސިސްޓަމް ކުރިއަރުވައި، ރެގިއުލޭޓްކުރުން ހިމެނެ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް