މަސްމާރުކޭޓްގައި ގަވާއިދާ ހިލާފަށް ހިންގާ ތަންތަން ހުސްކުރަން އަންގައިފި

Loading

Facebook
Twitter
WhatsApp

 

 

މާލޭގެ ރޯމަސް މާރުކޭޓް އިމާރާތުގެ މަތީ ފްލޯތަކުގައި ގަވާއިދާ ހިލާފަށް ހިންގާ ތަންތަން ހުސް ކުރަން މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ.

 

ސިޓީ ކައުންސިލުން ބުނީ މަސް މާރުކޭޓްގައި ހުރި މީހުން ނިންދަވާތަންތަނާއި ފިހާރަ، ގުދަން ފަދަ ހުރިހާ ތަނެއްގައި ވެސް މުދަލާއި ތަކެތި ހުރިކަން ސިޓީ ކައުންސިލަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

 

އަދި މާލޭ ރޯމަސް މާރުކޭޓުގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާގައި މީހުން ނިންދަވާ ތަންތަނާއި ފިހާރަތަކާއި ގުދަން ފަދަ ތަންތަން، މިހާރު ބޭނުން ކުރަމުން ގެންދާ ފަރާތްތައް ދެނެގަތުމަށް އިއުލާނެއް ކުރި ކަމަށާއި އެއާ ގުޅިގެން ރަސްމީ ލިޔުމެއް ހުށަހަޅާފައި ވަނީ އެންމެ ފަރާތަކުން ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެއެވެ.

ކައުންސިލުން ބުނީ އެ އިމާރާތުގައި ހުރި ”ލިސްޓޯ“ ފިހާރަ ފިޔަވައި އެހެނިހެން ހުރިހާ ތަނަކަށް މުދަލާއި ތަކެތި ވައްދާފައިވާ ފަރާތްތަކުން، ވައްދާފައިވާ މުދަލާއި ތަކެތި، މިމަހުގެ 28 ގެ ކުރިން، ނެރެ ތަކެތި ގެންގޮސް، ތަން ހުސްކުރުމަށް އަންގާފައިވާނެ ކަމަށެވެ.

 

އަދި  ދީފައިވާ މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުންނަ ތަކެއްޗާއި މެދު ކައުންސިލުން ނިންމާ ގޮތެއްގެ މަތިން އަމަލު ކުރާނެ ކަމަށާއި ލިބޭ އެއްވެސް ގެއްލުމަކަށް ޒިންމާ ވެސް ކައުންސިލުން ނުނަގާނެ ކަމަށް ވެސް މާލޭ ސިޓީކައުންސިލުން ވަނީ އަންގާފައެވެ.

މާރުކޭޓް އިމާރާތުގެ ހިދުމަތަށް ބަދަލުތަކެއް ގެނައުމަށް ކައުންސިލުން ނިންމާފައިވާއިރު އެކައުންސިލުގެ އަމާޒަކީ ޒަމާނީ އާ މާރުކޭޓުތަކެއް ތަރައްގީ ކުރުމެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް