ގަހެއް ވެއްޓި ސައިކަލުތަކަކަށް ގެއްލުން ވެއްޖެ

  ވިއްސާރައިގައި މާލޭގެ ރެސްޓޯރަންޓެއްގެ ގޯތި ތެރޭގައި ހުރި ބޮޑު ގަހެއް ވެއްޓި ސައިކަލުތަކަށް ގެއްލުން ވެއްޖެއެވެ. ފުލުހުން ބުނީ ސައިކަލްތަތަކަށް ގެއްލުން ލިބުނީ ގަލޮޅު ބުރުނީގޭގައި ހުންނަ ސަލާ ތައި ރެސްޓޯރެންޓް ތެރޭގައި ހުރި ގަހެއް މުލުން ލުހިގެން ވެއްޓުމާއި ގުޅިގެންކަމަށެވެ. ފުލުހުން ބުނީ މިއަދު މެންދުރު ހިނގި މިހާދިސާގައި އެ ގޯތީގެ ފާރާއެކު ގަސް ވެއްޓިފައި ވަނީ އެތާނގައި ހުރި ސައިކަލު ތަކެއްގެ މައްޗަށެވެ. ފާރު ވެއްޓުނީ ސައިކަލްތަކެއްގެ މައްޗަށް ކަމުން، އެ ސައިކަލް […]

ހުޅުމާލޭގައި ހަދަމުންގެންދާ ކޮވިޑް ފެސިލިޓީ އޮކްޓޯބަރުގައި ނިމޭނެ

  ހުޅުމާލޭގައި ހަދަމުންދާ ކޮވިޑް ފެސިލިޓީގެ މަސައްކަތް އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ. “ ”އޮރެންޖް ހިޔާ“ގެ ނަމުގައި ހުޅުމާލޭގައި ހަދާ މިމެޑިކަލް ފެސިލިޓީ ގާއިމުކުރަމުން އަންނަނީ  ޑިސްޓްރިބިއުޝަން ސެންޓަރެއްގެ ގޮތުގައި ކުރިން ބޭނުންކުރި އިމާރާތެއްގައެވެ. ޖޫންމަހުގެ ތެރޭގައި މަސައްކަތްފެށި މި ފެސލިޓީގެ ފެސިލިޓީގެ ގާތްގަނޑަކަށް 41 އިންސައްތަ މަސައްކަތް އެއްކޮށް ނިމިފައިވާކަމަށް އެޗްޑީސީން ބުނެއެވެ. އެ ކޯޕަރޭޝަނުން ބުނީ  މިހާރު ކުރިއަށްދަނީ އިމާރާތުގެ […]

ރިޒާގެ މަށްޗަށް މީހުން ޓްރެފިކް ކުރުމުގެ ދައުވާ އުފުލައިފި

  ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ މަށްޗަށް މީހުން ޓްރެފިކިންގެ ދައުވާ އުފުލައިއެވެ. ބ. އަތޮޅު ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތްތަކާ މެންބަރު ރިޒާގެ އާރްއައިއެކްސް ޕްރައިވެޓް ލިމިޓެޑުން ހަވާލުވެ، އެމަސައްކަތް ކުރުމަށް މީހުން ޓްރެފިކްކުރި ކަމަށް ތުހުމަތުކުރެވޭ ގޮތަށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީން އޮޅުވާލައި މަކަރާއި ހީލަތުން ރާއްޖެ އެތެރެކުރި މައްސަލާގައި ރިޒާއާއި، އިތުރު ދެ މީހެއްގެ މައްޗަށް ވަނީ ދައުވާކޮށްފައެވެ. މީހުން ޓްރެފިކިންގެ ދައުވާ ސާބިތުވެއްޖެނަމަ 10 […]

މާލޭގައި އިތުރު ދެ ފްޓްސަލް ދަނޑު ތަރައްގީ ކުރަނީ

    މާލޭ ސިޓީ ކައުންސިލުން މާލޭގައި އިތުރު ދެ ފްޓްސަލް ދަނޑު ތަރައްގީކުރުމުގެ މަސައްކަތް ފަށައިފިއެވ. މި ދެ ފުޓްސަލް ދަނޑު ހެދުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ސިޓީކައުންސިލުން އިއުލާނެއް ކޮށްފައިވާ އިރު، ފުޓްސަލް ދަނޑު އަޅަން ހަމަޖެހިފައިވަނީ އެ ކައުންސިލުގެ އާންމު ހިދުމަތާ ބެހޭ ބައިގެ ހުސްބިމުގަ އާއި ގަލޮޅު އަވަށުގައި ގައެވެ. މި ދަނޑުތައް ހަދާނެ ބަޔަކު ހޯދަން އިއުލާން ކޮށްފައިވަނީ އަމިއްލަތަކެތީގައި އެކަން ކުރުމަށެވެ. ސިޓީކައުންސިލުން ބުނީ މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް […]

ނަޝީދަށް ދިންހަމަލާ ގުޅިގެން ހަތަރު މީހެއްގެ މަށްޗަށް ދައުވާކުރުމަށް ފޮނުވައިފި

  ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ. ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސީޕީ ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި ހިމެނޭ ހަތަރު މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ކްރިމިނަލް ކޯޓަށް ފޮނުވާފައިވާކަމަށެވެ. މި މައްސަލައިގެ ތަހުގީގާ ގުޅިގެން މިހާތަނަށް ކުރެވިފައިވާ މަސައްކަތްތައް ފާހަގަކުރައްވާ ހަމަލާގެ ތަހުގީގުގައި ބައިވެރިވި […]

ޖާބިރު ގިނިކަންޏާ މަޖިލިސް ކުރިމަތީ އިހުތިޖާޖެއް ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުއްލާ ޖާބިރު ގިނިކަންޏާ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކުރިމަތީގައި އިހްތިޖާޖެއް ކުރައްވައިފި އެވެ. މަޖިލީހުގެ އިދާރާގެ ކުރިމަތީގައި ޖާބިރު ކުރެއްވި އިހުތިޖާޖުގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.   ވީޑީއޯއިން ފެންނަ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު މަޖިލީހަށް ހާޒިރު ކުރަން ޖެހޭ ކަމަށާއި، ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ މަގާމުން ވަކި ކުރަން ޖެހޭ ކަމަށް ގޮވާލައްވައި ހަޅޭއްލަވަމުން ޖާބިރު ގެންދެވިއެވެ. […]

އިމްތިހާނަކާއި ނުލައި ރާއްޖޭގެ ލައިސަންސް 25 ގައުމެއްގެ މީހުންނަށް ދޫކުރަނީ

  އިމްތިހާން ހެދުމަކާ ނުލައި ރާއްޖޭގެ ލައިސަންސް 25 ގައުމެއްގެ މީހުންނަށް ދޫކުރަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ. އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އަލަށް ގެނައި އިސްލާހާއެކު، އެ ގާނޫނުގެ 33 ވަނަ މާއްދާގެ (ނ) އަދި (ހ)ގެ ދަށުން ޓްރާންސްޕޯޓް މިނިސްޓްރީން ގަބޫލުކުރާ ގައުމުތަކުން ދޫކޮށްފައިވާ ސައްހަ ލައިސެންސެއް އޮތް މީހުންނަށް އިމްތިހާން ހެދުމަކާ ނުލައި ދާއިމީ ލައިސެންސް ދިނުމަށް އެ އޮތޯރިޓީއަށް ވަނީ އިހުތިޔާރު ދީފައިވެއެވެ އިމްތިހާން ހެދުމަކާއި ނުލައި ދާއިމީ ލައިސަންސް […]

ކިޔެވުން ކުރިއަށް ދާނި ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން

    ދިރާސާ އާ އަހަރުގެ ކިޔެވުން ކުރިއަށް ގެންދާނީ ދަރިވަރުން ސުކޫލަށް ހާޒިރު ކޮށްގެން ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.   އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ސުކޫލުތަކަށް ފޮނުވާފައިވާ ސާކިއުލާއެއްގައި ވަނީ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާއިރު ވެސް ކޮވިޑާ ގުޅިގެން އެޅި ބައެއް ފިޔަވަޅުތައް އަދިވެސް ތަންފީޒު ކުރަން އަންގާފަ އެވެ. އެގޮތުން ދަރިވަރުން ކުލާސް ތަކުގައި ތިބޭއިރު ގައިދުރުކުރުމާއި، މާލެ ސަރަހައްދުގައި ސްކޫލުތަކުގެ ކިޔެވުން ފެށޭ ގަޑި އެކި ގުރޭޑްތަކަށް ތަފާތުކުރުމާއި، […]

ޕީޕީއެމް ކެމްޕެއިނާ ގުޅުމަށް ޕާޓީތަކަށް ދައުވަތު ދީފި

  ”މިނިވަންކަމުގެ ދިފާއުގައި ދިވެހީން“ގެ ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލިޑިވްސް (ޕީޕީއެމް) އިން ފަށާފައިވާ ކެމްޕެއިނާ ގުޅުމަށް ސިޔާސީ ޕާޓީތަކަކަށް އެ ކޯލިޝަނުން ދައުވަތު ދީފި އެވެ. މި ކެމްޕެއިނާއި ގުޅުމަށް  ދައުވަތު ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި އެމްއާރުއެމްގެ އިތުރުން އެމްޑީއޭ އާއި އެ ޕާޓީތަކުގެ ލީޑަރުންނަށް ރަސްމީކޮށް ފޮނުވައިފި އެވެ. ނަމަވެސް އެމްޑީޕީ އަށް ދައުވަތު ފޮނުވާފައެއް ނުވެއެވެ. މި ކެމްޕޭނަށް ދައުވަތު ފޮނުވި ޕާޓީތަކުގެ ތެރެއިން ތިން […]

އިނގިރޭސިވިލާތަށް ދަތުރުކުރާ ފަރާތްތަކުން ވިސާއަށް އެދުމަށް މާލޭގައި ސެންޓަރެއް ހުޅުވައިފި

  އިނގިރޭސިވިލާތަށްދާން ބޭނުންވާ ފަރާތްތަކުން އެގައުމުގެ ވިސާ އަށް އެދުމަށް ވަގުތީ ވިސާ އެޕްލިކޭޝަން ސެންޓަރެއް  މާލޭގައި ހުޅުވައިފިއެވެ. ފޮރިން މިނިސްޓްރީން ބުނީ މި ވަގުތީ ވިސާ އެޕްލިކޭޝަން ސެންޓަރު ހުޅުވީ  އިނގިރޭސިވިލާތަށް ދަތުރުކުރާ ދިވެހިންނަށް ވިސާގެ ކަންތައްތައް ލުއިފަސޭހަ ގޮތެއްގައި ހަމަޖައްސައިދިނުމުގެ ގޮތުންކަމަށެވެ.  އަދި ވަކިން ހާއްސަކޮށް މަތީ ތައުލީމު ހޯދުމަށް އިނގިރޭސިވިލާތަށް ދާ ދަރިވަރުންނަށް ވިސާގެ ކަންތައްތައް ލުއިފަސޭހަކޮށްދިނުމަށް ހުޅުވި ވިސާ އެޕްލިކޭޝަން ސެންޓަރެއް ކަމަށް ވެސް ޕޮރިން މިނިސްޓްރީން ބުނެއެވެ. ފޮރިން މިނިސްޓްރީގެ […]