އިނގިރޭސިވިލާތަށް ދަތުރުކުރާ ފަރާތްތަކުން ވިސާއަށް އެދުމަށް މާލޭގައި ސެންޓަރެއް ހުޅުވައިފި

Loading

Facebook
Twitter
WhatsApp

 

އިނގިރޭސިވިލާތަށްދާން ބޭނުންވާ ފަރާތްތަކުން އެގައުމުގެ ވިސާ އަށް އެދުމަށް ވަގުތީ ވިސާ އެޕްލިކޭޝަން ސެންޓަރެއް  މާލޭގައި ހުޅުވައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ވަގުތީ ވިސާ އެޕްލިކޭޝަން ސެންޓަރު ހުޅުވީ  އިނގިރޭސިވިލާތަށް ދަތުރުކުރާ ދިވެހިންނަށް ވިސާގެ ކަންތައްތައް ލުއިފަސޭހަ ގޮތެއްގައި ހަމަޖައްސައިދިނުމުގެ ގޮތުންކަމަށެވެ.  އަދި ވަކިން ހާއްސަކޮށް މަތީ ތައުލީމު ހޯދުމަށް އިނގިރޭސިވިލާތަށް ދާ ދަރިވަރުންނަށް ވިސާގެ ކަންތައްތައް ލުއިފަސޭހަކޮށްދިނުމަށް ހުޅުވި ވިސާ އެޕްލިކޭޝަން ސެންޓަރެއް ކަމަށް ވެސް ޕޮރިން މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓްރީގެ މައި އިމާރާތުގައި ގާއިމު ކޮށްފައިވާ މި އެޕްލިކޭޝަން ސެންޓަރުން ވިސާ އެޕްލިކޭޝަންތައް މިއަދުން ފެށިގެން ބަލައިގަންނަމުންދާނެކަމަށް ވެސް ޕޮރިން މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ ވަގުތީ ގޮތުން ހުޅުވި މި ސެންޓަރުން އެޕްލިކޭޝަނަށް އެދި ހުށަހެޅޭނީ މި އަދުން ފެށިގެން ބުދަދުވަހުގެ ނިޔަލަށް ކަމަށެވެ.

މި ސެންޓަރުން ކުރިން އެޕޮއިންޓްމަންޓް ހައްދާފައިވާ ފަރާތްތަކުގެ ޑޮކިއުމަންޓްތައް ބަލައިގަތުމާއި، ބަޔޯމެޓްރިކްސް އެންރޯލްމަންޓް ކުރިއަށްދާނެކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ސެންޓަރު ގާއިމު ކުރީ ރާއްޖޭގެ ސަރުކާރުގެ އެދުމުގެ މަތިންކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް