މާލޭގައި އިތުރު ދެ ފްޓްސަލް ދަނޑު ތަރައްގީ ކުރަނީ

Loading

Facebook
Twitter
WhatsApp

 

 

މާލޭ ސިޓީ ކައުންސިލުން މާލޭގައި އިތުރު ދެ ފްޓްސަލް ދަނޑު ތަރައްގީކުރުމުގެ މަސައްކަތް ފަށައިފިއެވ.

މި ދެ ފުޓްސަލް ދަނޑު ހެދުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ސިޓީކައުންސިލުން އިއުލާނެއް ކޮށްފައިވާ އިރު، ފުޓްސަލް ދަނޑު އަޅަން ހަމަޖެހިފައިވަނީ އެ ކައުންސިލުގެ އާންމު ހިދުމަތާ ބެހޭ ބައިގެ ހުސްބިމުގަ އާއި ގަލޮޅު އަވަށުގައި ގައެވެ.

މި ދަނޑުތައް ހަދާނެ ބަޔަކު ހޯދަން އިއުލާން ކޮށްފައިވަނީ އަމިއްލަތަކެތީގައި އެކަން ކުރުމަށެވެ.
ސިޓީކައުންސިލުން ބުނީ މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުން މި މަހުގެ 22 ވަނަ ދުވަހު މެންދުރުފަހު 2:00 އަށް ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާ ބެހޭ ބައިގައި ކުރިއަށް ގެންދާނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

އަދި އަގު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 26 ވަނަ ދުވަހު މެންދުރުފަހު 2:00 އަށް ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާ ބެހޭ ބަޔަށް އަގު ހުށަހެޅުމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް