އިމްތިހާނަކާއި ނުލައި ރާއްޖޭގެ ލައިސަންސް 25 ގައުމެއްގެ މީހުންނަށް ދޫކުރަނީ

Loading

Facebook
Twitter
WhatsApp

 

އިމްތިހާން ހެދުމަކާ ނުލައި ރާއްޖޭގެ ލައިސަންސް 25 ގައުމެއްގެ މީހުންނަށް ދޫކުރަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އަލަށް ގެނައި އިސްލާހާއެކު، އެ ގާނޫނުގެ 33 ވަނަ މާއްދާގެ (ނ) އަދި (ހ)ގެ ދަށުން ޓްރާންސްޕޯޓް މިނިސްޓްރީން ގަބޫލުކުރާ ގައުމުތަކުން ދޫކޮށްފައިވާ ސައްހަ ލައިސެންސެއް އޮތް މީހުންނަށް އިމްތިހާން ހެދުމަކާ ނުލައި ދާއިމީ ލައިސެންސް ދިނުމަށް އެ އޮތޯރިޓީއަށް ވަނީ އިހުތިޔާރު ދީފައިވެއެވެ

އިމްތިހާން ހެދުމަކާއި ނުލައި ދާއިމީ ލައިސަންސް ދޫކުރާނެ ގައުމުތަކަކީ އޭޝިއާ ސަރައްދުން ބޫޓާން، އިންޑިއާ، ނޭޕާލް، ޕާކިސްތާން، ސްރީލަންކާ، ބްރޫނާއީ، ކެމްބޯޑިއާ، އިންޑޮނޭޝިއާ، ލާއޯސް، މެލޭޝިއާ، މިޔަންމާ، ޕިލިޕީސް، ސިންގަޕޫރު، ތައިލެންޑް، ވިއެޓްނާމް، ޖަޕާން އެވެ. އަދި މީގެ އިތުރުން  އިނގިރޭސިވިލާތް، އެމެރިކާ، ޗައިނާ، ޔުނައިޓެޑް އެރެބް އެމިރެޓްސް، ސްވިޒަލޭންޑް، ސައުދީ އަރަބިއްޔާ، ބެލްޖިއަމް، އަދި ޖަރުމަންގެ ރައްޔިތުންނަށް ވެސް އިމްތިހާނަކާ ނުލައި ލައިސަންސް ދޫކުރަން ވަނީ ނިންމާފައެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް