ނަޝީދަށް ދިންހަމަލާ ގުޅިގެން ހަތަރު މީހެއްގެ މަށްޗަށް ދައުވާކުރުމަށް ފޮނުވައިފި

Loading

Facebook
Twitter
WhatsApp

 

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސީޕީ ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި ހިމެނޭ ހަތަރު މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ކްރިމިނަލް ކޯޓަށް ފޮނުވާފައިވާކަމަށެވެ.

މި މައްސަލައިގެ ތަހުގީގާ ގުޅިގެން މިހާތަނަށް ކުރެވިފައިވާ މަސައްކަތްތައް ފާހަގަކުރައްވާ ހަމަލާގެ ތަހުގީގުގައި ބައިވެރިވި ފުލުހުންގެ އޮފިސަރުން ކުރި މަސައްކަތަށް ސީޕީ ވަނީ ސާބަސް ދެއްވާ ކަމަށެވެ.

މެއި ހަ އެއްގައި ދިން މި ހަމަލާއާ ގުޅިގެން ހަތރު މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް ކްރިމިނަލް ކޯޓަށް ފޮނުވާފައިވާކަން ސީޕީ ހާމަކުރައްވާފައިވީނަމަވެސް އެއީ ކޮން ހަތަރު މީހުންނެއް ކަމެއް ސީޕީ ވިދާޅުވެފައި ނުވެއެވެ.

މިކަމާ ގުޅިގެން ޕީޖީ އޮފީހުން ބުނީ އެ މީހުންނާ ގުޅޭ މައުލޫމާތު އަންގާރަ ދުވަހު ހިއްސާކުރާނެކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

ފަހެއްހައެއްގައި ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ޖުމްލަ 10 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވި ކަން ފުލުހުން ހާމަކޮށްފައިވަނީ ފަސް މީހެއްގެ މައްސަލަ އެވެ. އެގޮތުން ދައުވާކުރަން ފޮނުވީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ)އާއި، މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ)އާއި، ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް (23 އ)ގެ އިތުރުން ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް (27 އ) އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް