ވިއްސާރައިގައި މާލޭގެ ރެސްޓޯރަންޓެއްގެ ގޯތި ތެރޭގައި ހުރި ބޮޑު ގަހެއް ވެއްޓި ސައިކަލުތަކަށް ގެއްލުން ވެއްޖެއެވެ.
ފުލުހުން ބުނީ ސައިކަލްތަތަކަށް ގެއްލުން ލިބުނީ ގަލޮޅު ބުރުނީގޭގައި ހުންނަ ސަލާ ތައި ރެސްޓޯރެންޓް ތެރޭގައި ހުރި ގަހެއް މުލުން ލުހިގެން ވެއްޓުމާއި ގުޅިގެންކަމަށެވެ.
ފުލުހުން ބުނީ މިއަދު މެންދުރު ހިނގި މިހާދިސާގައި އެ ގޯތީގެ ފާރާއެކު ގަސް ވެއްޓިފައި ވަނީ އެތާނގައި ހުރި ސައިކަލު ތަކެއްގެ މައްޗަށެވެ.
ފާރު ވެއްޓުނީ ސައިކަލްތަކެއްގެ މައްޗަށް ކަމުން، އެ ސައިކަލް ތަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށް ފުލުހުން ބުނެއެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ވެސް ފުލުހުން ބުނެއެވެ.