ހުޅުމާލޭގައި ހަދަމުންގެންދާ ކޮވިޑް ފެސިލިޓީ އޮކްޓޯބަރުގައި ނިމޭނެ

Loading

Facebook
Twitter
WhatsApp

 

ހުޅުމާލޭގައި ހަދަމުންދާ ކޮވިޑް ފެސިލިޓީގެ މަސައްކަތް އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

“ ”އޮރެންޖް ހިޔާ“ގެ ނަމުގައި ހުޅުމާލޭގައި ހަދާ މިމެޑިކަލް ފެސިލިޓީ ގާއިމުކުރަމުން އަންނަނީ  ޑިސްޓްރިބިއުޝަން ސެންޓަރެއްގެ ގޮތުގައި ކުރިން ބޭނުންކުރި އިމާރާތެއްގައެވެ.

ޖޫންމަހުގެ ތެރޭގައި މަސައްކަތްފެށި މި ފެސލިޓީގެ ފެސިލިޓީގެ ގާތްގަނޑަކަށް 41 އިންސައްތަ މަސައްކަތް އެއްކޮށް ނިމިފައިވާކަމަށް އެޗްޑީސީން ބުނެއެވެ.

އެ ކޯޕަރޭޝަނުން ބުނީ  މިހާރު ކުރިއަށްދަނީ އިމާރާތުގެ އެތެރޭގައި ކުރަންޖެހޭ ޕާޓިޝަންގެ މަސައްކަތާއި، ފެބްރިކޭޝަންގެ މަސައްކަތާއި، ކުލަލުމާއި ސީލިންގގެ މަސައްކަތްތައްކަމަށެވެ.

އެ އިމާރާތް ކޮވިޑް ފެސިލިޓީއަކަށް ބަދަލުކުރަނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާދެވޭނެ ރަނގަޅު ނިޒާމެއް ގާއިމުކުރުމާއި ބެޑް ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން ކަމަށް އެޗްޑީސީން ބުނެ އެވެ.

އެޗްއީއޯސީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އޮރެންޖް ހިޔާ ފެސިލިޓީއަށް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ބޭނުންކުރާ ގިނަ ސާމާނު މި ފެސިލިޓީގައި ބޭނުން ކުރާނެ ކަމަށާއި އަދި  އިތުރަށް ބޭނުންވާ ސާމާނާއި އެތަނަށް ދާއިމީ ސްޓާފުން ހޯދުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.

ކޮވިޑްގެ އިތުރު ރާޅެއް ރާއްޖެއަށް ކުރިމަތިވިޔަސް ފަރުވާގެ ކަންކަމަށް ދަތިނުވާނެހެން ހިދުމަތްދެވޭނެ ވަރުގެ ތަނަކަށް މި ފެސިލިޓީ ތައްޔާރުކުރަމުންދާއިރު މި ތަނުގައި އޮކްސިޖަން ސިލިންޑަރު އެއްތަނުން އަނެއްތަނަށް އުފުލުމުގެ ބަދަލުގައި، އޮކްސިޖަން ސްޓޭޝަނަކުން ޕައިޕް މެދުވެރިކޮށް އޮކްސިޖަން ބޭނުންކުރެވޭގޮތް ހުންނާނެކަމަށް ވެސް ސަރުކާރުން ބުނެއެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 2512 މީހުންނެވެ. މިހާތަނަށް 75،253 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 20 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް