ކިޔެވުން ކުރިއަށް ދާނި ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން

Loading

Facebook
Twitter
WhatsApp

 

 

ދިރާސާ އާ އަހަރުގެ ކިޔެވުން ކުރިއަށް ގެންދާނީ ދަރިވަރުން ސުކޫލަށް ހާޒިރު ކޮށްގެން ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

 

އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ސުކޫލުތަކަށް ފޮނުވާފައިވާ ސާކިއުލާއެއްގައި ވަނީ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާއިރު ވެސް ކޮވިޑާ ގުޅިގެން އެޅި ބައެއް ފިޔަވަޅުތައް އަދިވެސް ތަންފީޒު ކުރަން އަންގާފަ އެވެ.

އެގޮތުން ދަރިވަރުން ކުލާސް ތަކުގައި ތިބޭއިރު ގައިދުރުކުރުމާއި، މާލެ ސަރަހައްދުގައި ސްކޫލުތަކުގެ ކިޔެވުން ފެށޭ ގަޑި އެކި ގުރޭޑްތަކަށް ތަފާތުކުރުމާއި، ކުލާސް ރޫމުތަކުގައި ވައިދައުރުވާ ގޮތަށް ދޮރުފަތްތައް ހުޅުވާލާފައި ބެހެއްޓުން ހިމެނެ އެވެ.

މީގެއިތުރުން ހައިރިސްކް ދަރިވަރުން ސްކޫލްގައި އުޅޭ ވަގުތުތަކުގައި މާސްކާއެކު ފޭސް ޝީލްޑް ބޭނުން ކުރުން ހިމެނެއެވެ.

ރާއްޖެއިން ބޭރުގައި އުޅުމަށްފަހު މިމަހު ރާއްޖެ އައި ދަރިވަރުންނާއި ޓީޗަރުންނާއި މުވައްޒަފުން ފަސް ދުވަހާއި ހަތް ދުވަހުގެ ތެރޭގައި ޕީސީއާރް ޓެސްޓެއް ހަދައި ނަތީޖާ ނެގެޓިވްވުމުން ނޫނީ ސުކޫލަށް ނުދިއުމަށް ވެސް އެޑިއުކޭޝަނުން ވަނީ އިރުޝާދު ދީފައިވެ އެވެ.

 

މި މަހުން ފެށިގެން މޮނިޓަރިންގައި އޮތް ރަށަކުން އެހެން ރަށަކަށް ދަތުރުކުރާ ދަރިވަރުންނާއި ޓީޗަރުންނާއި މުވައްޒަފުން ވެސް ޕީސީއާރް ޓެސްޓެއް ހަދައި ނަތީޖާ ނެގެޓިވްވުމުން ނޫނީ ސުކޫލަށް ނުދިއުމަށް ވެސް އެޑިއުކޭޝަނުން ވަނީ އަންގާފައެވެ.

 

އެޑިޔުކޭޝަން މިނިސްޓްރީގެ ސާކިއުލާގައިވާ ގޮތުން ދަންފަޅި ތަކުގެ ދިގުމިން ހަމަޖެހިފައި ހުންނާނީ ކޮވިޑްގެ ކުރީގައި އާންމު ހާލަތުގައި ކިޔަވައިދިން ގޮތަށެވެ.

އެކަމަކު ސްކޫލުތަކުގައި އިތުރު ހަރަކާތްތައް ފަށަން ނިންމާފައިވަނީ އުމުރުން 12 އަހަރުން މަތީގެ ހުރިހާ ދަރިވަރުން ވެކްސިން ޖަހާ ނިމުމުންކަމަށް ވެސް ބުނެފައި ވެއެވެ.

 

ކޮވިޑް 19 ބަލިމަޑުކަމުން އަރައިގަތުމަށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ދަރިވަރުން ސުކޫލުތަކަށް ގެންގޮސް ކިޔަވައިދިނުމުގެ ބަދަލުގައި ފާއިތުވެދިޔަ ދިރާސީ އަހަރު ދަރިވަރުން ކިޔެވީ ގޭގައި ތިބެގެން އޮންލައިން ކޮށެވެ.

ނަމަވެސް ކޮވިޑްގެ ހާލަތު އެހާ ގޯސް ނޫން ރަށްރަށުގައި ދަރިވަރުން ސުކޫލަށް ގޮސްގެން ވެސް ކިޔަވާފައިވެ އެވެ.

ދިރާސީ އާ އަހަރު ފެށުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 10 ވަނަ ދުވަހު އެވެ.  ޓީޗަރުންނާއި މުއައްޒަފުން ސްކޫލަށް ނުކުންނަން ޖެހެނީ  މި މަހު ފަސްވަނަ ދުވަހުން ފެށިގެން ނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް