ރިޒާގެ މަށްޗަށް މީހުން ޓްރެފިކް ކުރުމުގެ ދައުވާ އުފުލައިފި

Loading

Facebook
Twitter
WhatsApp

 

ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ މަށްޗަށް މީހުން ޓްރެފިކިންގެ ދައުވާ އުފުލައިއެވެ.

ބ. އަތޮޅު ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތްތަކާ މެންބަރު ރިޒާގެ އާރްއައިއެކްސް ޕްރައިވެޓް ލިމިޓެޑުން ހަވާލުވެ، އެމަސައްކަތް ކުރުމަށް މީހުން ޓްރެފިކްކުރި ކަމަށް ތުހުމަތުކުރެވޭ ގޮތަށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީން އޮޅުވާލައި މަކަރާއި ހީލަތުން ރާއްޖެ އެތެރެކުރި މައްސަލާގައި ރިޒާއާއި، އިތުރު ދެ މީހެއްގެ މައްޗަށް ވަނީ ދައުވާކޮށްފައެވެ.

މީހުން ޓްރެފިކިންގެ ދައުވާ ސާބިތުވެއްޖެނަމަ 10 އަހަރުގެ ޖަލު ހުކުމެއް ރިޒާއަށް އަންނާނެއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނިގޮތުގައި އެ މައްސަލައިގައި މެމްބަރު ރިޒާގެ މައްޗަށް އުފުލާފައިވަނީ ދެ ދައުވާއެކެވެ. އެއީ މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން މީހުން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއާއި ގާނޫނުލްއުގޫބާތުގެ ދަށުން އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ.

މި ދެ ދައުވާ އުފުލި ސަބަބެއް ކަމަށް ޕީޖީ އޮފީހުން ބުނީ، 2015 ވަނަ އަހަރުން ފެށިގެން އެކި ދުވަސް މަތިން އާރްއައިއެކްސް ކުންފުނީގެ ސްޕޮންސާޝިޕްގެ ދަށުން އެކި މަސައްކަތްތަކަށް ރާއްޖެ ގެނެސްފައިވާ ބިދޭސީން ލައްވައި މަސައްކަތް ކުރުވުމަށްފަހު މުސާރަނުދީ، ބިރުދައްކައި، ގާނޫނާ ހިލާފަށް މަޖުބޫރުކޮށްގެން އެމީހުން އެކްސްޕްލޮއިޓްކޮށް އަދި އެމީހުން ޓްރެފިކްކޮށްފައިވާތީ ކަމަށެވެ.

އަދި ދެވަނަ ދައުވާ އުފުލާފައި ވަނީ މި މައްސަލައިގެ ތަހުގީގަށް ކޯޓު އަމުރެއްގެ ދަށުން އާރްއައިއެކްސް ޕްރައިވެޓް ލިމިޓެޑްގެ އޮފީސް ބަލައިފާސްކުރުމަށް ފުލުހުން ކުރި މަސައްކަތަށް ރިޒާ ހުރަސް އަޅާފައިވާތީ ކަމަށެވެ.

މަކަރާއި ހީލަތުންންބިދޭސީ ރާއްޖެ އެތެރެކުރި މައްސަލާގައި ރިޒާއާއެކު ދެން ދައުވާކޮށްފައިވާ ދެ މީހުންނަކީ

ނ. މާފަރު، ބްލާސަމްގެ، ހަސަން އުމަރު އަދި ށ. މިލަންދޫ، ރެޑްރޯސް. ނަސްރުއްލާ އުސްމާންއެވެ.  މި މީހުންގެ މަށްޗަށް ވަނީ މީހުން ޓްރެފިކް ކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ. މި ކުށް ސާބިތުވެއްޖެ ނަމަ ހަތް އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ބ. އަތޮޅު ބޮޑުފިނޮޅުގައި ބިދޭސީން ލައްވާ ގަވާއިދަށް ހިލާފަށް މަސައްކަތްކުރަމުންދިޔަ މައްސަލަ ފެންމަތިވީ މިދިޔަ އަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ.

މި މައްސަލައާއިގުޅިގެން ގިނަ ހަމަނުޖެހުންތަކެއް ބިދޭސީން ހިންގާފައިވާއިރު އެ ކުންފުނީގެ މައްޗަށް ދައުވާ ކޮށްދޭން އެދި ފުލުހުން ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައި ވަނީ މިދިޔަ ޖެނުއަރީ 11 ވަނަ ދުވަހު އެވެ. މި މައްސަލައިގައި ދައުވާ ކުރުން ލަސްވީ އާ ހެކިތަކެއް ލިބިފައިވާތީ ކަމަށް ކުރިން ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް