ބޭރު ޔުނިވާސިޓީއަކުން ދިވެހި ބަސް ކިޔަވައިދޭ ފުރަތަމަ ޔުނިވާސިޓީއަކަށް ޗައިނާގެ ޔުނިވާސިޓީއެއް

ޗައިނާގެ ޔުނިވާސިޓީއެއްގައި ދިވެހި ބަސް ކިޔަވައިދޭން ފަށައިފިއެވެ. މިއީ ބޭރުގެ ޔުނިވާސިޓީއެއްގައި ދިވެހި ބަސް ކިޔަވައިދޭން ފެށި ފުރަތަމަ ފަހަރެވެ. ޗައިނާގައި ދިވެހިބަސް ކިޔަވައިދޭން ފަށާފައިވަނީ އެގައުމުގެ ވެރިރަށް ބެއިންޖިންގެ ފޮރިން ސްޓަޑީޒް ޔުނިވާސިޓީގައެވެ. އެ ޔުނިވާސިޓީގައި ދިވެހި ބަސް ކިޔަވައި ދޭން ފެށުމުގެ ގޮތުން ގޮތުން އަންގާރަ ދުވަހު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. އެ ރަސްމިއްޔާތުގައި ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރުގެ ނައިބު ސޮބާހު ރަޝީދު […]
އިންޑިއާއަށް ކަނޑައަޅާފައި ހުންނަ ޑިފެންސް އެޑްޑަވައިޒަރަކަށް މުހައްމަދު އިބްރާހީމް ހަމަޖައްސައިފި

ރާއްޖެއިން އަވަށްޓެރި އިންޑިއާއަށް ކަނޑައަޅާފައި ހުންނަ ޑިފެންސް އެޑްވައިޒަރުގެ މަގާމަށް ކާނަލް މުހައްމަދު އިބްރާހީމް އައްޔަންކުރައްވައިފިއެވެ. އިންޑިއާ އަށް ކަނޑައަޅާ ޑިފެންސް އެޑްވައިޒަރުގެ މަގާމަށް ކާނަލް މުހައްމަދު އިބްރާހީމް އައްޔަންކުރައްވައި އެ މަގާމުގެ ލިޔުން ހަވާލުކުރެއްވީ ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުއްލާ ޝަމާލެވެ. ކާނަލް މުހައްމަދު އިބްރާހީމް މިހާތަނަށް ހުންނެވީ އެޖުޓަންޓް ޖެނެރަލްގެ މަގާމުއެވެ. އޭގެކުރިން އޭނާ ވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމާންޑަރުގެ މަގާމު ވެސް […]
ހިބަރެއްގެ ތުންގަނޑު ހެރި ޒުވާނަކު މަރުވެއްޖެ

ޒުވާނެއްގެ މެޔަށް ހިބަރެއްގެ ތުންގަނޑު ހެރި އެ ޒުވާނާ މަރުވެއްޖެވެ. ފުލުހުން ބުނީ ހިބަރެއްގެ ތުންގަނޑު ހެރުމުގެ ސަބަބުން މަރުވެފައިވަނީ ބ. މާޅޮހުން ފީނަންގޮސް އުޅުނު 33 އަހަރުގެ ފިރިހެނެއްކަމަށެވެ. ފުލުހުން ބުނީ މިހާދިސާގެ މައުލޫމާތު އެ މުއައްސަސާއއަށް ލިބުނީ މިއަދު ހަވީރު 04:10 ހާއިރުކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފީނަން ގޮސް އުޅެނިކޮށް ހިބަރުގެ ތުންގަނޑު ހެރި މަރުވި ޒުވާނާ މިހާރު އޮތީ ބ. އަތޮޅު ހޮސްޕިޓަލުގައެވެ.
އަތޮޅު ކައުންސިލްގެ ނައިބު ރައީސުންގެ މުސާރަ ބޮޑު ކުރުމަށް ފާސްކޮށްފި

އަތޮޅު ކައުންސިލްތަކުގެ ނާއިބު ރައީސުންގެ މުސާރަ މާލިއްޔަތުކޮމިޓީން ނިންމި ގޮތަށް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. ނައިބު ރައީސުންގެ މުސާރަ ބޮޑުކުރުމަށް ތަޅުމުން ފާސްކޮށްފައިވަނީ 41 މެމްބަރުންގެ ވޯޓުންނެވެ. އަތޮޅު ކައުންސިލްތަކުގެ ނައިބު ރައީސުންނާއި އާންމު މެންބަރުންގެ މުސާރަ އެއްވަރެއްގައި ހުރުމުން މެންބަރުންނާއި ނައިބު ރައީސްގެ މުސާރައާއި އިނާޔަތްތަކުގައި ފަރަގެއް ހުންނަންޖެހޭނެކަމަށް ބުނެ، މުސާރަ މުރާޖައާކުރުމަށް މަޖިލީހަށް ހުށަހެޅީ ލޯކަލް ގަވަރމަންޓް އޮތޯރިޓީންނެވެ. އެއާ ގުޅިގެން މާލިއްޔަތު ކޮމިޓީން ނިންމީ އަތޮޅު ނައިބް ރައީސްކަމަށް […]
އެސްޓީއޯ އިން ޑިޖިޓަލް ބޭންކް ހިދުމަތް ފަށަން ލައިސަންސަށް ހުށަހަޅައިފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ޑިޖިޓަލް ބޭންކުގެ ހިދުމަތް ފަށަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ލައިސަންސް ހޯދުމަށް މިއަދު ހުށަހަޅައިފި އެވެ. ޑިޖިޓަލް ބޭންކް ހެދުމުގެ ހުއްދައަށް އެދުމަށްފަހު އެމްއެމްއޭ ކުރިމަތީގައި އެސްޓީއޯއިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ އެކުންފުނިން ފަށާ ބޭންކިންގް ހިދުމަތަކީ މުޅިން ޑިޖިޓަލްކޮށް ކުރިއަށް ގެންދާނެ ބޭންކެއް ކަމަށާ އެ ބޭންކުގެ ހިދުމަތްތައް އަވަސް ކަމާއެކު ފޯރުކޮށް ދެވޭނެ ކަމަށެވެ. އެގޮތުން […]
އަލިފުށީ ފަޅުގައި ރިސޯޓެއް ހަދަން އަންނަ މަހުތެރޭ ހުޅުވާލާނެ: މައުސޫމް

ރ. އަލިފުށީ ފަޅު ހިއްކައިގެން ރިސޯޓު ހަދާނެ ބަޔަކު ހޯދަން އަންނަ މަހުގެ ތެރޭގައި ބީލަމަށް ހުޅުވާލާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުއްލާ މައުސޫމް ވިދާޅުވެއްޖެއެވެ. އަލިފުށި ފަޅު ހިއްކައިގެން އެޅުމަށް ހަމަޖެހިފައިވާ ޓޫރިސްޓު ރިޒޯޓުގެ މަސައްކަތް ފެށޭނެ ތާރީހެއް ހޯދުމަށް އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ވަނީ ލިޔުމުން ޖަވާބު ހޯއްދަވަން ސުވާލުކުރައްވާފައެވެ. އެއާ ގުޅިގެން މިނިސްޓަރު ލިޔުމުން ފޮނުއްވި ޖަވާބު މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީންއާންމު ފާތިމަތު ނިއުޝާ ވަނީ އިއްވާފަ […]
އެލްޖީއޭ ބޯޑަށް އައްޔަންކުރަން ތިން މެންބަރުންނަށް ރުހުން ދީފި

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ބޯޑަށް އައްޔަންކުރަން ލާމަރުކަޒީ ކޮމިޓީން ހުށަހެޅި ތިން ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ. އެލްޖީއޭގެ ބޯޑަށް އައްޔަންކުރަން ރައީސް ހުށަހަޅުއްވާފައިވަނީ ދަފްތަރު 2864، އައިމިނަތު އަލީ އާއި މ. ލިލީސް، އަޒްހާ ޒަމީރު އާއި ގ. ހިމާލިޔާގެ، ފާތުމަތު ނިއުމާ އާއި ހ. ރައިޒިން ސަން، ފާތުމަތު ޒީނާ އަލީގެ އިތުރުން ބ. ކެންދޫ، ޝާޒީބިން، އައިޝަތު ޝީޒާއެވެ. ތިން ދާއިރާއަކުން ކަނޑައެޅުމަށް ހުށަހެޅި ފަސް ބޭފުޅުންގެ ތެރެއިން […]
ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރާ ތަންތަނުގައި 24 ގަޑިއިރު ފުލުހުން ޑީއުޓީ ކުރަން ފަށައިފި

ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރާ ތަންތާގައި 24 ގަޑިއިރު ފުލުހުން ޑިއުޓީ ކުރަމުން ގެންދާނެ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ފާހަގަ ކުރެވިފައިވާ ތަންނަށް މީހުން ވަނަ ނުދީ އެކަން ހުއްޓުވުމަށް މިއަދު ހެނދުނު 7:00 އިން ފެށިގެން ހާއްސަ އޮޕަރޭޝަނެއް ފުލުހުން ފަށައިފައިވާ ކަމަށެވެ. އެގޮތުން މި އޮޕަރޭޝަނުގެ ދަށުން ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރާ ތަންތަނުގައި 24 ގަޑިއިރު ފުލުހުން ޑީއުޓީ އަދާ […]
ކެންސަރަށް ފަރުވާދޭ ހާއްސަ ހޮސްޕިޓަލް ހަދަން އިންޑިއާ ޓީމެއް ރާއްޖެ އަތުވެއްޖެ

ކެންސަރަށް ފަރުވާދޭ ދުނިޔޭގެ ފެންވަރުގެ ހޮސްޕިޓަލެއް ލ. ގަމުގައި އަޅުމުގެ މަޝްއުގެ މަސައްކަތައް ފެށުމަށް އިންޑިއާގެ ޓީމެއް އިއްޔެ ރާއްޖެ އަތުވެއްޖެ އެވެ. ކެންސަރު ބައްޔަށް ފަރުވާ ދޭން ރާއްޖޭގައި ހަދާ ފުރަތަމަ ހޮސްޕިޓަލްގެ މަސައްކަތް ފެށުމަށް ދެ އޮންކޮލޮޖިސްޓުން (ކެންސަރަށް ހާއްސަ ޑޮކްޓަރުން) ވެސް ހިމެނޭ ގޮތަށް ރާއްޖެ އައިސްފައި ވަނީ މުމްބާއީގެ ޓާޓާ މެމޯރިއަލް ސެންޓަރު (ޓީއެމްސީ) ގެ ޓީމެކެވެ. އެ ޓީމުން ގަމުގެ ޕްރިލިމިނަރީ ސާވޭއެއް ހަދާ، ރަށުން ލިބެން […]
ފަސް ރަށެއްގެ ސްކޫލްތައް ތަރައްގީ ކުރުމަށް ބަޔަކު ހޯދަނީ

ފަސް ރަށެއްގެ ސްކޫލުތައް އިތުރަށް ތަރައްގީ ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ބަޔަކު ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާންކޮށްފިއެވެ. އިތުރަށް ތަރައްގީކުރުމަށް ބަޔަކު ހޯދުމަށް އިއުލާންކޮށްފައިވާ ސްކޫލް ތަކަކީ ށ.ފުނަދޫ ސްކޫލް ތ.އޮމަދޫ ސްކޫލް، އއ.ހިމަންދޫ ސްކޫލް، ރ.އިނގުރައިދޫ ސްކޫލް އަދި ށ.ކަނޑިތީމުގައި ހުންނަ ށ.އަތޮޅު ސްކޫލެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ފަސް ސްކޫލު އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރޭގައި ކްލާސް ރޫމް އިރުތުކުރުމާއި މަލްޓި ޕާޕޯސް ހޯލުގެ މަސައްކަތުގެ އިތުރުން ސްޓާފްރޫމް […]