ފަސް ރަށެއްގެ ސްކޫލްތައް ތަރައްގީ ކުރުމަށް ބަޔަކު ހޯދަނީ

Loading

Facebook
Twitter
WhatsApp

 

ފަސް ރަށެއްގެ ސްކޫލުތައް އިތުރަށް ތަރައްގީ ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ބަޔަކު ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާންކޮށްފިއެވެ.

އިތުރަށް ތަރައްގީކުރުމަށް ބަޔަކު ހޯދުމަށް އިއުލާންކޮށްފައިވާ ސްކޫލް ތަކަކީ ށ.ފުނަދޫ ސްކޫލް ތ.އޮމަދޫ ސްކޫލް، އއ.ހިމަންދޫ ސްކޫލް، ރ.އިނގުރައިދޫ ސްކޫލް އަދި ށ.ކަނޑިތީމުގައި ހުންނަ ށ.އަތޮޅު ސްކޫލެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ފަސް ސްކޫލު އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރޭގައި ކްލާސް ރޫމް އިރުތުކުރުމާއި މަލްޓި ޕާޕޯސް ހޯލުގެ މަސައްކަތުގެ އިތުރުން ސްޓާފްރޫމް އިމާރާތްކުރުންވެސް ހިމެނޭ ކަމަށެވެ. އެގޮތުން ށ.ފުނަދޫ ސްކޫލުގައި 15 ކްލާސްރޫމް އިމާރާތްކުރުމަށް ހަމަޖައްސާފައިވާއިރު  އއ.ހިމަންދޫ ސްކޫލްގައި 12 ކްލާސްރޫމް އަދި މަލްޓި ޕަރޕަސް ހޯލެއް އިމާރާތްކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ. އަދި މީގެ އިތުރުން ރ.އިނގުރައިދޫ ސްކޫލްގައި 4 ކްލާސްރޫމާއި ސްޓާފް ރޫމަކައި މަލްޓި ޕަރޕަސް ހޯލެއް އިމާރާތްކުރުމުގެ މަސައްކަތާއި ތ.އޮމަދޫ ސްކޫލްގައި ތިންބުރީގެ އިމާރާތެއް ކުރުމަށް ވަނީ ނިންމާފައެވެ. އަދި  ށ.ކަނޑިތީމުގައި ހުންނަ ށ.އަތޮޅު ސްކޫލްގައި މަލްޓި ޕަރޕަސް ހޯލެއް އިމާރާތްކުރުމުގެ މަސައްކަތް ވެސް މީގެ ތެރޭގައި ހިމެނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަލަށް އިމާރާތްކުރާ ކްލާސްރޫމްތައް ވެގެންދާނީ ޒާމާނީ ވަސީލަތްތަކާއެކު އިމާރާތްކުރާ ކްލާސްރޫމްތަކަށެވެ. އަދި މަލްޓިޕާޕަސް ހޯލްތަކަކީވެސް ދެ ފަންގިފިލައަށް، ގިނަ ވަސީލަތްތަކާއެކު ތަރައްގީކުރާ ތަންތަން ކަމަށާ މިހޯލް އިމާރާތުގައި ފާހާނައާއި، ކޮންޓްރޯލް ރޫމާއި، ޗޭންޖިން ރޫމާއި ސްޓޯ ރޫމްވެސް ހިމެނޭނެކަމަށެވެ. އަދި މި އިމާރާތްތައް ހަދަނީ އެކި ކަހަލަ ކުޅިވަރު ހަރަކާތްތައްވެސް ކުރިއަށްގެންދެވޭ ގޮތަށް ކަމަށް ވެސް އެޑިއުކޭޝަނުން ބުނެއެވެ.

އިތުރަށް ތަރައްގީ ކުރުމަށް ހަމަޖައްސާފައިވާ ސްކޫލުތަކުގެ ތެރެއިން ހިމަންދޫ ސްކޫލްގެ މަސައްކަތާއި ރ.އިނގުރައިދޫ ސްކޫލްގެ މަސައްކަތުގެ އިތުރުން ށ.އަތޮޅު ސްކޫލްގެ  މަސައްކަތަށް ބިޑް ހުށައަޅަން ހުޅުވަލާނީ މިމަހުގެ 28ވާ އަންގާރަ ދުވަހުއެވެ.

އަދި ފުނަދޫ ސްކޫލް އިމާރާތުގެ މަސައްކަތާއި އޮމަދޫ ސްކޫލްގެ މަސައްކަތް ކުރުމަށް ބޭނުންވާފަރާތްތަކުން ބިޑް ހުށައަޅަންޖެހެނީ މިމަހުގެ 29ވާ ބުދަ ދުވަހުއެވެ.
މި މަސައްކަތާ ގުޅޭ ލިޔެކިޔުންތައް މިމަހުގެ 8ވަނަ ދުވަހުން ފެށިގެން ފިނޭނެސް މިނިސްޓްރީއިގެ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެކަމަށް ފިނޭންސް މިނިސްޓްރީއިން ވިދާޅުވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް