އިންޑިއާއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ޗާޓް ވިއްކައިގެން ލިބުނު ފައިސާގެ ބައެއް ރާއްޖެއަށް ދީފި

ރާއްޖޭގެ ކަންޑުގެ ސަރަހައްދު ހައިޑްރޮފީ ދާއިރާއިން ސަރވޭ އެއްކޮށް އެކުލަވާލި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ޗާޓް ޕްރިންޓްކޮށް ވިއްކައިގެން ލިބުނު ފައިސާގެ ތެރެއިން ރޯޔަލްޓީގެ ގޮތުގައި ދޭންޖެހޭ ފައިސާ ރާޖެއަށް ދީފިއެވެ. ބަންޑާރަކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ޗާޓް ޕްރިންޓްކޮށް ވިއްކައިގެން ލިބުނު ފައިސާގެ ތެރެއިން ރޯޔަލްޓީގެ ގޮތުގައި ރާއްޖެއަށް ލިބުނު ފައިސާގެ ރަމްޒީ ޗެކާ ހަވާލުވެވަޑައިގަތީ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލެވެ. އިންޑިއާގެ ފަރާތުން ޗެކް ހަވާލުކޮށްދެއްވީ މިރަސްމިއްޔާތުގައި […]

ރައީސުލްޖުމްހޫރިއްޔާގެ ނައިބު  ނަބީހު އާއި ބައްދަލުކުރައްވައިފި

ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް،ޔޫއޭއީގައި ކުރިޔަށް ދިޔަ 2022 ވަނަ އަހަރުގެ ދުބާއީ އިންޓަރނޭޝަނަލް ގުރުއާން މުބާރާތުގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކުރި އަލްހާފިޡް އަހްމަދު ނަބީހް އަބްދުލްގާދިރާއި ބައްދަލުކުރައްވައި މަރުހަބާ ވިދާޅުވެއްޖެއެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަހްމަދު ޒާހިރާއި، ނަބީހްގެ މަންމަ އާމިނަތު މުހައްމަދާއި، ބައްޕަ އަބްދުލްގާދިރު ގާސިމް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ނަބީހަކީ ނަމޫނާ ކުއްޖެއްކަމުގައި […]

ހިޔާ ފްލެޓްތަކުން އުކާލާ ކުންޏަށް އަންނަ މަހުން ފެށިގެން ފައިސާ ދައްކަންޖެހޭ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުން އުކާލާ ކުންޏަށް އަންނަމަހުން ފެށިގެން ފައިސާ ދައްކަން ޖެހޭނެ ކަމަށް ވެމްކޯއިން ބުނެފިއެވެ. ކުނި އުކާލުމުގެ ހިދުމަތް ފޯރުކޯށްދޭ ވެމްކޯއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އަންނަ މަހުގެ އެކަކުން ފެށިގެން ހިޔާ ފްލެޓްތަކުން އުކާލާ ކުނި ނެގުމަށް ބިލްކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ކުނި އުކާލުމުގެ ހިދުމަތަށް 150 ރ. ރޭޓުން ބިލް ކުރާނެ ކަމަށް ވެސް ވެމްކޯއިން ބުނެއެވެ. އެ ކޯޕަރޭޝަނުން ބުނީ […]

މަސް ކިރުންލިމިޓްކޮށް ދޯންޏަކަށް ހަތް ޓަނު

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްކިރާ މިންވަރު ލިމިޓް ކޮށް ދޯންޏަކުން ހަތް ޓަނު މަސް ކިރަން ނިންމައިފިއެވެ. މިފްކޯއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ކުންފުނީގެ ކެޕޭސިޓީ އާއި އެއްވަރަށް މެނޭޖް ކޮށްގެން މަސްކިރުން ކުރިއަށް ގެންދިއުމަށް މާދަމާއިން ފެށިގެން ދޯންޏަކުން ހަތްޓަނުގެ މަސްކިރާ ގޮތަށް ނިންމާފައިވާ ކަމަށެވެ. މިފްކޯއިން ބުނީ މަސްކިރުން ލިމިޓް ކޮށްފައި މިވަނީ ދެކުނުގެ މަސްވެރިން ބޭނި ގިނަ އަދަދެއްގެ މަސްތައް ކިރުމަށް އެކުންފުނިން މިދިޔަ […]

ތިލަމާލެ ބްރިޖް މަސައްކަތަށް ވިލިމާލޭގެ ދެކުނުން އުޅަނދު ފަހަރު ނަގަން އަންގައިފި

”މި ސަރުކާރުން ކުރިއަށްގެންދާ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވާލާ ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތްތައް ކުރުމަށް ވިލިމާލޭގެ ދެކުނު ފަރާތު ފަޅުގައި އަޅާފައިވާ އުޅަނދުފަހަރު ނަގާ އެ ސަރަހައްދު ހުސްކުރުމަށް މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ. ބްރިޖް ގޮސް ވިލިމާލެއާއި ގުޅޭ ސަރަހައްދުން އުޅަދު ހުސްކުރުމަށް އަންގައި މާލޭ ސިޓީ ކައުސިލުން އާއްމުކުރި އިއުލާނުގައި ބުނީ ތިލަމާލެ ބުރިޖުގެ މަސައްކަތަށް ވިލިމާލޭގެ ފަޅުތެރެއާއި އެއްގަމުން ހާއްސަކޮށްފައިވާ ސަރަހައްދު ވަކިކުރުމަށް […]

ސަރބިއާ ދެމެދު ގުޅުން ވަރުގަދަކުރަނީ

  ދިވެހިރާއްޖެއާއި ޔޫރަޕް ގައުމެއް ކަމަށްވާ ސަރބިއާއާ ދެމެދު ގުޅުން ވަރުގަދަ ކުރުމަށް މަޝްވަރާކޮށްފިއެވެ. މި މަޝްވަރާ ބައްދަލުވުން ބާއްވާފައި ވަނީ ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުއްލާ މައުސޫމް އާއި ސަރބިއާގެ ޓްރޭޑް، ޓޫރިޒަމް އެންޑް ޓެލެކޮމިއުނިކޭޝަންސް މިނިސްޓަރ ޓަޓިޔާނާ މަޓިޗްގެ ދެމެދުގައެވެ. މިނިސްޓަރު މައުސޫމް ކުރައްވާ މި ދަތުރުފުޅަކީ ޓަޓިޔާނާ މަޓިޗްގެ ދައުވަތަކަށް ސަރބިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ދިވެހިރާއްޖެއާއި ސަރބިއާ ދެމެދު އޮންނަ ގުޅުން އިތުރަށް […]

އައްޑޫސިޓީގައި ހުޅުވި ފުލުސް އެކަޑަމީ އަކީ އިންޑިއާގެ މިލިޓަރީ ބޭހެއް: އުމަރު

  ފުލުހުންނަށް ތަމްރީން ދޭން ކަމަށްބުނެ އައްޑޫ ސިޓީގައި ހުޅުވި ފުލުސް އެކަޑަމީއަކީ އިންޑިއާގެ މިލިޓަރީ ބޭހެއްގެ ގޮތުގައި ބޭނުން ކުރާނެ ތަނެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. އިންޑިއާ ހިލޭ އެހީގެ ދަށުން ތަރައްގީކޮށް ”ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް“ގެ ނަމުގައި ފުލުސް އެކަޑަމީއެއް ހުޅުވީ އިއްޔެއެވެ.  މި އެކަޑަމީ ހުޅުވައިދެއްވީ ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެވެ. މި އެކަޑަމީ އާއި ގުޅިގެން […]

އިންޑިއާ އިން ރާއްޖެއަށް އެހީވަނީ ވެރިކަމުގައި ތިބީ ކޮންބައެއްތޯ ބެލުމެއްނެތި: ރައީސް

  އިންޑިއާ އިން ރާއްޖެއަށް އެހީވަނީ ރާއްޖޭގެ ވެރިކަމުގައި އެ ވަގުތު ތިބީ ކޮންބައެއްތޯ ބެލުމަށް ފަހުގައި ނޫންކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އިންޑިއާގެ ހިލޭ އެހީގެ ދަށުން އައްޑޫސިޓީގައި ތަރައްގީކުރި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ އިންޑިއާއިން އެހީވުމުގައި ސަރުކާރުގައި ތިބެނީ ކޮންބައެއްތޯ ނުބަލާކަމަށެވެ. ”އިންޑިއާ އިން ދިވެހީންނަށްވާ އެހީތަކަކީ އޭރު ރާއްޖޭގެ ވެރިކަމުގައި […]

ސްޓެލްކޯއަށް ސައިބަރ ހަމަލާ ދެނީ ބަޔަކު ފައިސާ ދީގެން

  ސްޓެލްކޯއަށް އަމާޒުވެފައިވާ ސައިބަރ ހަމަލާތަކާއި ގުޅިގެން އެކުންފުނިން ދެމުން އަންނަ ހިދުމަތްތަކަށް ބުރޫ އަރާފައިވާއިރު މި ހަމަލާތަށް ދެމުން އަންނަނީ ބަޔަކަށް ފައިސާދީގެން ކަމަށް ތުހުމަތުކޮށްފި އެވެ. ސްޓެލްކޯއިން ބުނީ  އެ ކުންފުންޏަށް ސައިބަރ ހަމަލާތަށް ދެމުން އަންނަނީ ބަޔަކަށް އަގުދީގެން ކަމަށް ބެލެވޭ ކަމަށާ އެ މައްސަލަ ފުލުހަށް ހުށަހަޅަން ނިންމާފައިވާކަމަށެވެ. އަދި މި ހަމަލާތަކުގެ އަޑީގައި ތިބި ބަޔަކު ދެނެގަތުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. ސްޓެލްކޯއަށް ދިން […]

އައްޑޫ ސިޓީގެ ބިން ހިއްކުމަށް ބަޔަކާ ހަވާލުކޮށްފި

  އައްޑޫ ސިޓީގެ ބައެއް ރަށްތަކުގެ ބިން ހިއްކުމަށް ނެދަލޭންޑްސްގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ. ނެދަލޭންޑްގެ ވެން އޫޑް ޑްރެޖިންއާ ހަވާލުކޮށްފައިވަނީ 18 މަސް ދުވަހުގެ ތެރޭ ބިންހިއްކުމުގެ މަޝްރޫއު ނިންމާގޮތަށެވެ. މިކަމާ ގުޅޭ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އައްޑޫ ސިޓީގައި މިއަދު ހުޅުވި ޕޮލިސް އެކަޑަމީގެ އޮޑިޓޯރިއަމްގަ އެވެ. ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނާ އަހުމަދު ހަމީދެވެ. ވެން އޫޑްގެ ފަރާތުން ސޮއިކުރެއްވީ އެ […]