ސްޓެލްކޯއަށް ސައިބަރ ހަމަލާ ދެނީ ބަޔަކު ފައިސާ ދީގެން

Loading

Facebook
Twitter
WhatsApp

 

ސްޓެލްކޯއަށް އަމާޒުވެފައިވާ ސައިބަރ ހަމަލާތަކާއި ގުޅިގެން އެކުންފުނިން ދެމުން އަންނަ ހިދުމަތްތަކަށް ބުރޫ އަރާފައިވާއިރު މި ހަމަލާތަށް ދެމުން އަންނަނީ ބަޔަކަށް ފައިސާދީގެން ކަމަށް ތުހުމަތުކޮށްފި އެވެ.

ސްޓެލްކޯއިން ބުނީ  އެ ކުންފުންޏަށް ސައިބަރ ހަމަލާތަށް ދެމުން އަންނަނީ ބަޔަކަށް އަގުދީގެން ކަމަށް ބެލެވޭ ކަމަށާ އެ މައްސަލަ ފުލުހަށް ހުށަހަޅަން ނިންމާފައިވާކަމަށެވެ. އަދި މި ހަމަލާތަކުގެ އަޑީގައި ތިބި ބަޔަކު ދެނެގަތުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ސްޓެލްކޯއަށް ދިން ސައިބަރ ހަމަލާތަކާ ގުޅިގެން އެކުންފުނީގެ ވެބްސައިޓާއި، މޯބައިލް އެޕްލިކޭޝަނާއި، މޯބައިލް އައުޓްލެޓްތަކުގެ އިތުރުން ކައުންޓަރުތަކުން ދެމުން އައި ހުރިހާ ހިދުމަތެއް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ވަނީ މެދުކެޑިފައެވެ.

ސްޓެކްކޯއިން ބުނީ އެ ކުންފުންޏަށް ދިމާވެފައިވާ ސައިބަރ ހަމަލާތަކުގެ ސަބަބުން ބުރޫ އަރާފައިވާ ހިދުމަތްތައް އަލުން ދެވޭނީ ކޮން ދުވަހަކުކަން ހާމަކުރަން ދަތި ކަމަށާ ނަމަވެސް ވީ އެންމެ އަވަހަކަށް މައްސަލަ ހައްލުކޮށް ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް