މަކަރާ ހީލަތުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި

މަކަރާ ހީލަތުގެ މައްލައަކާގުޅިގެން ތުހުމަތު ކުރެވޭ މީހާގެ ހޯދުމަށް އެމީހާގެ ވީޑިއޯ ފުލުހުން އާންމުކޮށްފިއެވެ. ފުލުހުން އާންމުކުރި ވީޑިއޯގައި ފެންނަނީ ފިހާރައެއްގެ ކައުންޓަރު ކައިރީ ހުއްޓިލައިގެން ހުރި ޒުވާން ފިރިހެނެކެވެ. އަތްދިގު ގަމީހަކާއި ޖިންސެއްލައިގެން ހުރި އެ މީހާ ހުރީ މާސްކް އަޅައިގެންނެވެ. ފުލުހުން ބުނީ  ވީޑިއޯއިން ފެންނަ މީހާއަކީ ފުލުހުންނަށް ހުށަހެޅިފައިވާ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވާ މީހެއްކަމަށާ  ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން […]

ޔާމިންގެ ޝަރީއަތް:  އަޑުހެމެއް ބާއްވައް ތާވަލްކޮށްފަ ގާޒީ ކުއްލި ޗުއްޓީއަކަށް

ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުއްލާ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާ ގުޅިގެން މިއަދު ޝަރީއަތުގެ އަޑުއެހުމެއް އޮންނާނެކަމަށް އިއުލާން ކުރެއްވުމަށްފަހު މައްސަލަބައްލަވާ ގާޒީ ޗުއްޓީއަކަށް ވަޑައިގަންނަވައިފިއެވެ. މި މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ޗުއްޓީއަކަށް ވަޑައިގެންނެވުމާއި ގުޅިގެން މިއަދު ބޭއްވުމަށް ހަމަޖެއްސި އަޑު އެހުން ކެންސަލްވިއެވެ. މިމައްސަލައިގައި އެންމެ ފަހުން ޝަރީއަތުގެ މަޖިލީހެއް މިމަހުގެ 23 ވަނަ ދުވަހު ބޭއްވިއިރު، އިސް ގާޒީ އަހްމަދު ޝަކީލް އެ […]

ފައުޒިއްޔާ ނިޔާވެއްޖެ

ރާއްޖޭގެ ފިލްމީ ތަރި ފައުޒިއްޔާ ހަސަން ނިޔާވެއްޖެއެވެ. މައުލޫމާތުލިބިފައިވާ ގޮތުގައި ފައުޒިއްޔާ ނިޔާވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އޭނާ ނިޔާވީ ސްރީލަންކާގައި އޭނާ ދިރިއުޅޭ ގޭގައި ހުއްޓާ ހާޓްއެޓޭކެއް ޖެހިގެންކަމަށް ވެއެވެ. ހާޓް އެޓޭކް ޖެހުމާއި ގުޅިގެން ލަންކާ ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންދިޔަ ނަމަވެސް އޭރު ނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. ގިނަ ނދުވަސްތަކެއް ވަންދެން ރާއްޖޭގެ ފިލްމީ ދާއިރާގައި މަސައްކަތްކޮށްފައިވާ ފައުޒިއްޔާ އަކީ މީގެ 37 ވަރަށް އަހަރުކުރިން ފިލްމީދާއިރާ އަށް ތައާރފްވި […]

އަންހެނަކު ފިރިހެނެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްފި

އަންހެނަކު ފިރިހެނެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ މީހަކު ޒަހަމްވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދޭ ކަމުގެ މައުލޫމާތު ރޭ ލިބިފައިވާ ކަމަށާ  އެކަމާ ގުޅިގެން އިތުރަށް ކަންކަން ބަލަމުން އަންނަ ކަމަށެވެ. މައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެ އަންހެން މީހާ ފިރިހެނެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވަނީ އެ ދެ މީހުންގެ ދެމެދުގައި ހިނގި އަރާރުމަކަށް ފަހުގައެވެ. […]

ކުޑަކުދިންނަށް ހާއްސަ ކުރެހުމުގެ މުބާރާތެއް

ފުލުހުން އިންތިޒާމްކޮށްގެން ކުޑަކުދިންނަށް ހާއްސަކޮށްގެން ކުރެހުމުގެ މުބާރާތެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. ފުލުހުން ބުނީ ކުރެހުމުގެ މި މުބާރާތަކީ ފުލުހުންގެ ހިދުމަތް މަދަނީ ހިދުމަތަކަށް ބަދަލުވި ދުވަހާ ގުޅުވައިގެން ކުޑަކުދިންނަށް ހާއްސަކޮށްގެން ބާއްވާ ކުރެހުމުގެ މުބާރާތެއްކަމަށާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާނެކަމަށެވެ. ފުލުހުން ބުނީ ތިން ތީމަކަށް ހާއްސަކޮށްފައިވާ މި މުބާރާތުގައި ބައިވެރިވެރިކުރުމަށް ހަމަޖެހިފައިވަނީ އުމުރުން 16 އަހަރުން ދަށުގެ ކުޑަކުދިންނަށް ކަމަށެވެ. މުބާރާތުގެ ތީމް އަކީ ގުޅިގެން، ގާތުން، ރައްޔިތުންގެ ޚިދުމަތުގައި އަވައްޓެރި ފުލުހުން މި […]

ބިންހެލުމާއި ގުޅިގެން މާލޭގެ ބައެއް އިމާރާތްތަކަށް ލޮޅުން އެރި

މިއަދު ރާއްޖެ ސަރަހައްދަށް ބިން ހެލުމެއް އައިސްފައިވާއިރު އޭގެ އަސަރު މާލޭގެ ބައެއް އިމާރާތްތަކަށް ކޮށފިއެވެ. މޫސުމާއި ބެހޭ އިދާރާ މެޓް އިން ބުނީ އިންޑޮނޭޝިއާގެ ވެސްޓް ސުމަތުރާ ސަރަހައްދަށް އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކޮށްފައިވާއިރު އޭގެ އިހުސާސް ކުރެވުނީ މާލެ ސަރަހައްދަށް ކަމަށާއި، އެ އެރި ލޮޅުން މިނެޓެއްހާއިރު ހުރި ކަމަށެވެ. އަދި މީގެ އިތުރުން ބިންހެލުމުގެ އަސަރު ބެލުމަށް ހދ ގައި ހުންނަ މީޓަރަށް ބިން ހެލުމުގެ އަސަރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. ބިންހެލުމުގެ […]

މަރުވެފައިވާ މީހަކު ތަހުގީގަށް ހާޒިރުކުރަން އޭނާގެ ވަނަވަރު ފުލުހުން އާންމުކޮށްފި

މަރުވެފައިވާ މީހަކު ފުލުހުންގެ ތަހުގީގަށް ހާޒިރުކުރަން އޭނާގެ ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ. ތަހުގީގަށް ހާޒިރުކުރުމަށް ފުލުހުން މިއަދު ހެނދުނު އާންމުކުރީ އދ. ގަނދެތި، ފެހިވިލާ ޝަކުލުﷲ އަލީ ނަމަކަށް ކިޔާ ފިރިހެނަކު ހޯދުމަށެވެ. އޭނާ ހޯދަން ކުރި އިއުލާނާއެކީ ފުލުހުން ބުނީ ޝަކުލުﷲ ހޯދަނީ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލައެއްގެ ތަހުގީގަށް ކަމަށެވެ. އެ އިއުލާނާގުޅިގެން އޭނާ ދަންނަ މީހުން ވަނީ އޭނާގެ ކަށުނަމާދުގެ މައުލޫމާތު ހިއްސާކޮށް އޭނާ އަކީ މަރުވެފައިވާ މީހެއްކަމަށް ބުނެ […]

މިސްކިތްތަކުގައި ނަމާދުކުރާ އަޑު ބޭރަށް ނީވޭ ގޮތް ހަދަން އަންގައިފި

މިސްކިތްތަކުގައި ނަމާދު ކުރާއިރު އަޑު ބޭރަށް ނީވޭ ގޮތް ހެދުމަށް ބައެއް މިސްކިތްތަކުގެ އިމާމުންނަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ނަމާދުކުރާ އަޑު މިސްކިތުން ބޭރަށް ނީވޭގޮތަށް ހަދަން އަންގާފައިވާނީ ހުރިހާ މިސްކިތަކަށް ނޫންކަމަށާ ބައެއް މިސްކިތްތަކަށް ކަމަށެވެ. އެ އެންގުން އެންގި މިސްކިތްތަކީ ކޮބައިކަމެއް އަދި ސާފެއް ނުވެއެވެ. މިނިސްޓްރީން ބުނީ މިގޮތަށް އެންގީ މިސްކިތްތަކުގެ ކައިރީ ދިރިއުޅޭ ބައެއް އާންމުންގެ ޝަކުވާ އާ ގުޅިގެން ކަމަށެވެ. މިނިސްޓްރީން ހާމަކުރާ ގޮތުގައި […]

ދަރިވަރަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވިގެން އާންމުން އަނިޔާކުރި ޓީޗަރުގެ ބަންދަށް ފަސް ދުވަސް

ދަރިވަރަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުކުރެވި އާންމުން އަނިޔާކުރި ޓީޗަރުގެ ބަންދަށް ފަސް ދުވަސް ޖަހައިފި އެވެ. އުމުރުން 29 އަހަރުގެ އެ ޓީޗަރަށް ބަންދުގެ މުއްދަތު ޖެހީ ޖެހީ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުންނެވެ. ޓިއުޝަން ނަގައިދިން އުމުރުން 12 އަހަރުގެ ފިރިހެން ދަރިވަރަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތާއެކު އެ ޓީޗަރަށް އަނިޔާކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަނީ ހުޅުމާލޭ ދެ […]

ފަސޭހައިން ހާސިލް ކުރެވޭ ޑިގްރީއަކަށް ވުރެ ވިސްނަންވީ ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމަށް: ރައީސް

މަތީ ތައުލީމު ހާސިލް ކުރާއިރު އެންމެ ފަސޭހައިން ހާސިލް ކުރެވޭ ޑިގްރީއަކަށް ވިސްނުމުގެ ބަދަލުގައި ވިސްނަންވީ އެ ކުއްޖަކު ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމަށް ކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. 2020 އަދި 2021ވަނަ އަހަރުގެ ދިރާސީ އަހަރު ނިންމި މަތީ އަރުތަވެރީންނަށް އިނާމު ދިނުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވަކި މީހަކު މަޖުބޫރު ކޮށްގެން ވަކި ކަމެއް ކުރުމުގެ ބަދަލުގައި ވިސްނަންވީ އެ ދަރިވަރަކު ކުރިއަރަން […]