އަންހެނަކު ފިރިހެނެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްފި

Loading

Facebook
Twitter
WhatsApp

އަންހެނަކު ފިރިހެނެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ މީހަކު ޒަހަމްވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދޭ ކަމުގެ މައުލޫމާތު ރޭ ލިބިފައިވާ ކަމަށާ  އެކަމާ ގުޅިގެން އިތުރަށް ކަންކަން ބަލަމުން އަންނަ ކަމަށެވެ.

މައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެ އަންހެން މީހާ ފިރިހެނެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވަނީ އެ ދެ މީހުންގެ ދެމެދުގައި ހިނގި އަރާރުމަކަށް ފަހުގައެވެ.

އެ ދެ މީހުންގެ އޮންނަނީ ކޮން ގުޅުމެއްކަމެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެއީ ދެމަފިރިންނެވެ.

ޒަހަމްތަކަކާ އެކު ރޭ މެންދަމުގެ ވަގުތެއްގައި ފަރުވާ ހޯދަން ދިޔަ ފިރިހެނަކަށް ފަރުވާ ދީފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ވެސް ޔަގީންކޮށްދިނެވެ.


މައުލޫމާތު ލިބިފައިވާ ގޮތުގައި  އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ޒަހަމްވި މީހާ މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް