ޔާމިންގެ ޝަރީއަތް:  އަޑުހެމެއް ބާއްވައް ތާވަލްކޮށްފަ ގާޒީ ކުއްލި ޗުއްޓީއަކަށް

Loading

Facebook
Twitter
WhatsApp

ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުއްލާ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާ ގުޅިގެން މިއަދު ޝަރީއަތުގެ އަޑުއެހުމެއް އޮންނާނެކަމަށް އިއުލާން ކުރެއްވުމަށްފަހު މައްސަލަބައްލަވާ ގާޒީ ޗުއްޓީއަކަށް ވަޑައިގަންނަވައިފިއެވެ.

މި މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ޗުއްޓީއަކަށް ވަޑައިގެންނެވުމާއި ގުޅިގެން މިއަދު ބޭއްވުމަށް ހަމަޖެއްސި އަޑު އެހުން ކެންސަލްވިއެވެ.

މިމައްސަލައިގައި އެންމެ ފަހުން ޝަރީއަތުގެ މަޖިލީހެއް މިމަހުގެ 23 ވަނަ ދުވަހު ބޭއްވިއިރު، އިސް ގާޒީ އަހްމަދު ޝަކީލް އެ ދުވަހުގެ ޝަރީއަތުގެ މަޖިލިސް ނިންމަވާލެއްވީ މިއަދު ހެނދުނު 9:30 ގައި ޝަރީއަތުގެ މަޖިލިސް އޮންނާނެ ކަމަށް އެންގެވުމަށްފަހު އެވެ.
ނަމަވެސް ޝަރީއަތުގެ މަޖިލިސް މިއަދު ކެންސަލްވީ ގާޒީ ޗުއްޓީގައި ހުންނެވުމާ ގުޅިގެންނެވެ.

މިއަދަށް ތާވަލްކުރި އަޑުއެހުމުގައި ގާޒީ ނިންމަވާފައި އޮތީ ދެ ހެއްކެއްގެ ހެކިބަސް ނެގުމަށެވެ. އެއީ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުއްލާ ޒިޔާތުގެ ހެކިބަސްނެގުމަށެވެ.  އެގޮތަށް އެކަން ކުރަން ހުށަހެޅުއްވީ ރައީސް ޔާމީނާ އެކު މިމައްސަލައިގައި ދައުވާ ކުރީގެ ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނައީމު އެވެ.

އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. ޔޫސުފް ނައީމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އެވެ. ދެ ބޭފުޅުންގެ ޝަރީއަތް ކުރިއަށް ގެންދަނީ އެއްކޮށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް