މަކަރާ ހީލަތުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި

Loading

Facebook
Twitter
WhatsApp

މަކަރާ ހީލަތުގެ މައްލައަކާގުޅިގެން ތުހުމަތު ކުރެވޭ މީހާގެ ހޯދުމަށް އެމީހާގެ ވީޑިއޯ ފުލުހުން އާންމުކޮށްފިއެވެ.

ފުލުހުން އާންމުކުރި ވީޑިއޯގައި ފެންނަނީ ފިހާރައެއްގެ ކައުންޓަރު ކައިރީ ހުއްޓިލައިގެން ހުރި ޒުވާން ފިރިހެނެކެވެ. އަތްދިގު ގަމީހަކާއި ޖިންސެއްލައިގެން ހުރި އެ މީހާ ހުރީ މާސްކް އަޅައިގެންނެވެ.

ފުލުހުން ބުނީ  ވީޑިއޯއިން ފެންނަ މީހާއަކީ ފުލުހުންނަށް ހުށަހެޅިފައިވާ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވާ މީހެއްކަމަށާ  ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާ މީހެއް ކަމަށެވެ.

ވީމާ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ 9790048 ނަންބަރުއަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހު އެދެމެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް