ފައުޒިއްޔާ ނިޔާވެއްޖެ

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ ފިލްމީ ތަރި ފައުޒިއްޔާ ހަސަން ނިޔާވެއްޖެއެވެ.

މައުލޫމާތުލިބިފައިވާ ގޮތުގައި ފައުޒިއްޔާ ނިޔާވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އޭނާ ނިޔާވީ ސްރީލަންކާގައި އޭނާ ދިރިއުޅޭ ގޭގައި ހުއްޓާ ހާޓްއެޓޭކެއް ޖެހިގެންކަމަށް ވެއެވެ. ހާޓް އެޓޭކް ޖެހުމާއި ގުޅިގެން ލަންކާ ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންދިޔަ ނަމަވެސް އޭރު ނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ގިނަ ނދުވަސްތަކެއް ވަންދެން ރާއްޖޭގެ ފިލްމީ ދާއިރާގައި މަސައްކަތްކޮށްފައިވާ ފައުޒިއްޔާ އަކީ މީގެ 37 ވަރަށް އަހަރުކުރިން ފިލްމީދާއިރާ އަށް ތައާރފްވި ފަރާތެކެވެ. ފައުޒިއްޔާ އެންމެ ފުރަތަމަ ފެނިގެންދިޔައީ ”ފިދާ“ ކިޔާ ފިލްމަކުންނެވެ.  އެ ފިލްމުން މަންމަ އެއްގެ ރޯލް ކުޅުނު ފައުޒިއްޔާ ވަނީ އޭގެ ފަހުން ގިނަ ފިލްމުތަކެއްގެ މައްމަ އެއްގެ ރޯލް އަދާކޮށްފައެވެ.

ރާއްޖޭގެ މަޝްހޫރު ފިލްމުތަކުގެ ތރޭގައި ހިމެނޭ “ ދޮންކަމަނަ“ “ ޔޫސުފް“ ހައްދު“ ފރާއްޖޭގައި މަޝްހޫރުވި ގިނަ ފިލްމުތަކެއްގައި މުހިންމު ރޯލު ކުޅުނު ފައުޒިއްޔާ އެންމެ ފަހުން މަސައްކަތްކޮށްފައި ވަނީ މުހައްމަދު ނިޔާޒު (ޓެޑްރީ) އުފައްދާ ފިލްމު ’ލަސްވިޔަސް’ގައެވެ.

ފައުޒިއްޔާ އަކީ ޖާސޫސު ކުރުމުގެ ތުހުމަތުގައި އިންޑިއާގެ އަނިޔާވެރި ޖަލެއްގައި ވެސް ގިނަ ދުވަސްތަކެއްވަންދެން ވޭނީ ދުވަސްތަކެއް ހޭދަކޮށްފައިވާ ފަރާތެކެވެ. ޕާކިސްތާނަށް ޖާސޫސް ކޮށްދިން ކަމަށް ތުހުމަތުކޮށް 13 ނޮވެމްބަރު 1944 ގައި އިންޑިއާގައި ހައްޔަރުކޮށް ތިން އަހަރާއި ތިން މަސް ވަންދެން އޭނާ އަށް ޖަލުގައި ލާއިންސާނީ އަނިޔާ ދީފައިވާ ކަމަށް އޭނާވަނީ ހާމަކޮށްފައެވެ.

ފަހުން އެ މީހުންގެ ކުށެއް ނެތް ކަން ސާބިތުވެ އޭނާ ދޫކޮށްލީ ނުހައްގުން މީހަކު ބަންދުގައި ބެހެއްޓުން މަނާކުރާ ގާނޫނުގެ ދަށުން ކަމަށް ވެސް ފައުޒިއްޔާ ބުނެފައިވެއެވެ.

ފައުޒިއްޔާގެ ކުއްލި މަރާ ގުޅިގެން ފިލްމީ ދާއިރާގެ މީހުންނާއި އޭނާއަށް ތާއީދު ކުރާ މީހުން ގެންދަނީ ފައުޒިއްޔާގެ އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް