އެމްޑީޕީއަކީ ރައީސް ނަޝީދެއްވެސް ނޫން އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެއް ވެސް ނޫން!.

ޒަމާންތަކަށްފަހު ގިނަ ޕާޓީތަކުން ރިޔާސީ އިންތިޚާބުގައި ބިރަކާނުލައި ވާދަކުރުމުގެ ފުރުޞަތު ލިބިގެން ދިޔައީ 2008 ވަނަ އަހަރުއެވެ. އެތައް ބަޔެއްގެ ޙިކުމަތްތެރި މަސައްކަތުގެ ސަބަބުންނެވެ. ޕާޓީތަކުން ގިނަ ކެންޑިޑޭޓުން ރިޔާސީ އިންތިޚާބުގައި ވާދަކުރުމަކީ ރިޔާސީ ފޯރި ގަދަވެ ރައްޔިތުން ބައިބަޔަށް ބެހިގެންދާ ކަމެކެވެ. ފުރަތަމަ ބުރުން ހޮވޭނީ ދެ ނަމެވެ. އެހިސާބުން ދެންފެށޭނީ ކޯލިޝަން ކުޅިގަނޑެވެ. ކޯލިޝަން ހެދުމުގެ ސަބަބުން ހުރިހާ ގެއްލުމެއް ލިބޭނީ ރައްޔިތުންނަށެވެ. އޭގެ ކުރިން ވެރިކަމުގެ ނިޒާމު ބަދަލުކުރަން ޖެހެއެވެ. އެހެނީ ރިޔާސީ […]
ރައްޔިތުންގެ މަޖިލިސް ކުރާ ގެއަކީ ސުވަރުގެއެއް ނޫން!

ރައްޔިތުންގެ މަޖިލީހުގައި ދައްކާ ވާހަކައަކުން ކުށްވެރި ނުވުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ވެސް ވެދާނެއެވެ. އެއީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އެކަން އެގޮތަށް އޮންނާތީއެވެ. ރައްޔިތުންގެ މަޖިލީހަކީ ގައުމު އިސްލާހުކުރުމުގެ މައި ތަނބެވެ. ގައުމުގެ އަމާން ކަން ހިމާޔަތް ކުރެވެނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުތަކުގެ ސަބަބުންނެވެ. ހަމައެހެންމެ ގައުމެއްގެ ތެރޭގައި ފިތުނައުފެދި ގައުމުގެ އަމާންކަން ގެއްލި ދަނީވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބައެއް ގާނޫނުތަކުގެ ސަބަބުން ކަމުގައި ދެންނެވިދާނެއެވެ. ގައުމެއްގެ މައި ހުންގާނު ކަމުގައިވާ […]
ސަރުކާރަކީ ކޮރަޕްޝަންގެ ހާއްޔެއް

މުޅި ސަރުކާރު ކޮރަޕްޝަނާ ފަސާދައިގެ ހާއްކަށް ބަދަލު ވެފައި ވާކަމަށް ރައްޔިތުންގެ ބައެއް މެންބަރުންގެ ވާހަކަފުޅު ތަކުން ހާމަވާން ފަށައިފިއެވެ. ސަރުކާރުގެ ބައެއް ކުންފުނިތަކާއި ބައެއް ވުޒާތަކުން ރިޝްވަތާއި ކޮރަޕްޝަންގެ ޢަމަލުތައް ހިންގަމުން ދާއިރު ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން އެކަން ކަން ނުބަލައި ދެއަތް އުރާލައިގެން ތިބޭކަން އަންނަނީ ފާހަގަ ކުރެވެމުންނެވެ. ކުރީގެ ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަން ސަބަބުން ރައްޔިތުންނަށް ގެއްލިފައިވާ އެންމެހައި ފައިސާތައް ހޯދައި އެފަރާތްތަކާމެދު އެއްވެސް ފިޔަވަޅެއް ނައަޅުއްވާއިރު މި ސަރުކާރުގެ ތެރެއިން […]
ކޮވިޑް ޖެހިގެން ކަރަންޓީނުވާ އާއިލާތަކަށް ދައުލަތުން މާލީ އެހީ ފޯރު ކޮށް ނުދެނީ ކީއްވެ؟

މުޅި ދުނިޔެ 2020 ފެށުމާއެކު ސިއްސުވާލި ކޮވިޑް-19 ގެ ޢާލަމީ މުސީބާތާ ގުޅިގެން ރާއްޖޭގެ ރައްޔިތުން މިވަނީ އަތްމަތިހުސްވެ ހާލުގައި ޖެހިފައެވެ. ކޮވިޑް-19 ޖެހިގެން ބޮޑެތި އާއިލާތައް އެކީގައި ކަރަންޓީނުގައި 14 ދުވަހު ތިބެން ޖެހުމުން އަމިއްލަ މަސައްކަތުން ދިރިއުޅެމުން އައި އެތައްހާސް ބަޔަކު މިވަނީ މާލީ ގޮތުން ވިދިފައެވެ. ކާންބޯން ކުރަމުންއައި މަސައްކަތް ހުއްޓި ސަލާން ޖަހަމުން އެދަނީ ކިތައް އާއިލާ ތޯއެވެ؟ ކުދި ވިޔާފާރިތަކަށާއި ބޮޑެތި ވިޔާފާރިކުރާ ފަރާތްތަކަށް ލޯނު ދެމުން އަންނައިރު ރައްޔިތުންގެ […]
އެމްޑީޕީ ތެރޭގައި އުފެދިގެން އުޅޭ ފިތުނައިން ސަލާމަތް ވުމަށް ބުރަމަސައްކަތް ތަކެއް ކުރަން ޖެހޭ

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯއްދެވުމަށް އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވާނޭ ކަމަށާއި މިހާރު އެކަން ޙާޞިލު ކުރެއްވިފައިވާކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިދިޔަ ހަފުތާގައި ވަނީ ވިދާޅުވެފައެވެ. ޕާޓީގެ ތެރޭގައި އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތް އެމްޑީޕީގެ އިސްލީޑަރެއްގެ ހައިޘިއްޔަތުން އެމަނިކުފާނު ކުރައްވަމުން ގެންދަވާކަމަށް ވެސް ރައީސް ޞާލިޙު ވިދާޅުވިއެވެ. ޕީޕީއެމާއި ގުޅިގެން އެމްޑީޕީ ސިޔާސީ މަސައްކަތް ކުރަން އުޅޭ ވާހަކައަށް ރައްދު ދެއްވަމުން ރައީސް ޞާލިޙު ވިދާޅުވީ ޕީޕީއެމާއެކު އެމްޑީޕީން ސިޔާސީ މަސައްކަތް ކުރުމަކީ ރަނގަޅު […]
މާލޭގެ މަގުތައް ތޮއްޖެހުން

މާލޭގެ މަގުތައް ތޮއްޖެހި ފިތިބާރުވާ މައްސަލައަށް ޙައްލެއް ފެންނާނެ ބާވައެވެ! ގްރޭޓަރ މާލެއަކީ އިންތިހާއަށް މީހުން ގިނަވެ ތޮއްޖެހިފައިވާ ސިޓީ އެކެވެ. ރާއްޖޭގައި ވެރިކަން ކުރަނީ މި ސިޓީގައެވެ. އަދި މުޅިރާއްޖޭގެ ވިޔަފާރީގެ މައި މަރުކަޒަކީ ވެސް ހަމަ މާލެ ސިޓީއެވެ. އެހެންކަމުން އޮފީސްތަކަށާއި ވިޔަފާރި ކުރުމަށް ދުވާލަކު އެވްރެޖްކޮށް ލައްކައެއްހާ މީހުން އަބަދުވެސް މަގުތަކުގައި ޙަރަކާތް ތެރިވަމުން ދެއެވެ. މީގެ ތެރެއިން ގިނަމީހުން އުޅެނީ ވެހިކަލް ތަކުގައެވެ. މާލެ ސިޓީގެ މަގެއްގެ ފުޅާމިނުގައި 30 ފޫޓު […]
ބަލިފަތުރާ ޖަރާސީމެއް މީހުންގެ ތެރެއަށް ދޫކޮށްލުމުން ދެންވާނީ ކިހިނެއްކަން އެނގެންޖެހޭނެ

ރާއްޖޭގައި އާލާވަމުން އަންނަ ހަރުކަށި ފިކުރުގެ މީހުން ޖަލުތަކަށް ލައި ޖަލުތަކުގައި ތިބި ޒުވާނުންގެ ސިކުނޑިދޮވެލާފައި އެވަނީ ސަރުކާރުތަކުގެ އިހުމާލުންނެވެ. މުޑުދާރު ބައްޔެއް ޖެހިފައިވާ މި މީހުން ޖަލުތަކުގެ ގޮޅިތަކަށް ލަނީ އެގޮޅިއެއްގެ އިމާމެއްގެ ގޮތުގައެވެ. ޖަލުތަކާ ހަވާލުވެގެން ތިއްބަވާ ވެރިންގެ ނަޒަރުގައި ހަރުކަށި ފިކުރުގެ މީހުންނަކީ ދީންވެރި ބައެކެވެ. އަދި އެކިއެކި ކުށްކުށުގައި ޖަލަށް ލާފައި ތިބޭ ޒުވާނުންގެ ތެރެއަށް މި ނުރައްކާތެރި މީހުން ލަނީ އެޒުވާނުން އިސްލާހުކުރުމުގެ ނިޔަތުގައެވެ. އަޅުގަނޑު ޖަލުގައި އޮތް އިރު […]
ސިޔާސީ ކޯޅުމުގެ ތެރެއަށް ސަލާމަތީ ބާރު ތަކުން ވަނުމަކީ ގައުމީ މަސްލަހަތަށް ހުރި ނުރައްކަލެއް

އަންނަ ރިޔާސީ އިންތިޚާބާ ކައިރިކޮށް އައު ޕާޓީތައް އުފެދި 2012 ވަނަ އަހަރު އެމް.ޑީ.ޕީ. ގެވެރިކަން ވައްޓާލުމުގައި ބައިވެރިވި އެންމެން އެކުވާނެ ކަމަށް ބައެއް ސިޔާސީ ފަރާތް ތަކުން ބުނާތީ އިވެއެވެ. އެގޮތުން އެމް.ޑީ.ޕީ.ގެ ވެރިކަން ވައްޓާލުމުގެ އެއް މޭސްތިރި ކަމަށް ބައެއް މީހުން ބުނާ ކާނަލް ނާޒިމް ޕާޓީއާ އިސްވެ ދެންނެވުނު ފަރާތްތައް ގުޅޭނެ ކަމަށްވެސް ދަނީ އަޑު ފެތުރެމުންނެވެ. ކާނަލް ނާޒިމަކީ އެމް.އެން.ޑީ.އެފްގެ އިސްފަރާތްތަކާ ގުޅުން އޮންނަ އަދި ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ […]
ޖާބިރު މޮޔަވީތަ؟

ރައްޔިތުންންގެ މަޖިލީހުގެ ކ. ކާށިދޫ ދާއިރާ ގެ ޢިއްޒަތްތެރި މެންބަރު އަދި ޔޮޓް ޓްއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އޯނަރ މަޝްހޫރު ވިޔާފާރިވެރިޔާ ޢަބުދު ﷲ ޖާބިރު މޮޔަވީބާވައޭ ބުނެ ވަރަށް ގިނަ ބަޔަކު ސުއާލު ކުރަމުން އެނބަދެއެވެ. ޖާބިރު މޮޔަވީބާވައޭ ބުނެ މީސްމީހުން ސުއާލު އުފައްދަނީ އޭނާ މާލޭގެ މަގުމަތީގައާއި ރައްޔިތުންގެ މަޖިލީހުގެ ދޮރޯށި ކައިރީގައި އިށީންނަވައިގެން މޮޔައިން އުޅޭ ގޮތަށް އުޅުއްވާތީ ފެނުމުންނެވެ. ޢަބުދު ﷲ ޖާބިރަކީ ވަރަށް ޅަ ޢުމުރުގައި މާލެ ވަޑައިގެން […]
މަރު ކޮމިޝަން ކޮބައިހެއްޔެވެ؟

އެމްޑީޕީ ކޯލިޝަންގެ ވެރިކަން ވުޖޫދަށް އައީ އިންސާފު ނުލިބި މާޔޫސްވެފައި ތިބި އެތައް ރައްޔިތުންގެ ހިތްތަކަށް އުންމީދީ ކުލަ ހުވަފެން ދައްކަމުންނެވެ. ގެއްލިފައިވާ މީހުންނާއި ޝަހީދު ކޮށްލެވިފައިވާ މީހުންނާއި ދަންޖެހިގެން މަރުވެފައިވާ ގޮތްނޭގޭ މަރުތަކަށް އިންސާފު ވައުދުތަކާއެކުގައެވެ. މިކަންކަމުގެ އެންމެ އަޑިއަށް ދެވޭވަރުގެ ޓީމުތައް އެކުލަވާލުމަށްފަހު އަތްފުނާ އަޅަމުން ދާ ވާހަކަ އެކިފަހަތުމަތިން ފަންވަތްތަކުގައި އެކި ސުރުޚީ އެޅެމުން، ޚަބަރެއް ނުވަމުން ގޮސް، އެންމެ ފަހުން މަރުކޮމިޝަން އޮބާލީތޯ ރައްޔިތުން އެބަ ސުވާލު އުފައްދައެވެ. ދާފިފަހުން މަރުކޮމިޝަންގައި […]