ކޮވިޑް ޖެހިގެން ކަރަންޓީނުވާ އާއިލާތަކަށް ދައުލަތުން މާލީ އެހީ ފޯރު ކޮށް ނުދެނީ ކީއްވެ؟

Loading

Facebook
Twitter
WhatsApp

މުޅި ދުނިޔެ 2020 ފެށުމާއެކު ސިއްސުވާލި ކޮވިޑް-19 ގެ ޢާލަމީ މުސީބާތާ ގުޅިގެން ރާއްޖޭގެ ރައްޔިތުން މިވަނީ އަތްމަތިހުސްވެ ހާލުގައި ޖެހިފައެވެ.

ކޮވިޑް-19 ޖެހިގެން ބޮޑެތި އާއިލާތައް އެކީގައި ކަރަންޓީނުގައި 14 ދުވަހު ތިބެން ޖެހުމުން އަމިއްލަ

މަސައްކަތުން ދިރިއުޅެމުން އައި އެތައްހާސް ބަޔަކު މިވަނީ މާލީ ގޮތުން ވިދިފައެވެ. ކާންބޯން ކުރަމުންއައި މަސައްކަތް ހުއްޓި ސަލާން ޖަހަމުން އެދަނީ ކިތައް އާއިލާ ތޯއެވެ؟ ކުދި ވިޔާފާރިތަކަށާއި ބޮޑެތި ވިޔާފާރިކުރާ ފަރާތްތަކަށް ލޯނު ދެމުން އަންނައިރު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ހުރީ ކޮން މިންވަރެއްގައިތޯ ވެސް ސަރުކާރުން ނުބައްލަވައެވެ. ކަރަންޓީނުގައި ހުންނަ ސަރުކާރުގެ މުވައްޒަފަށް ވެސް ލިބެނީ ހަމައެކަނި މުސާރައެވެ. ވަޒީފާ އަދާކުރާއިރު ލިބޭ އެލަވަންސް ނުލިބޭއިރު ގޭގައި ދިރިއުޅޭ އަމިއްލަ މަސައްކަތް ކުރާ މީހާގެ މަސައްކަތުން ހޯދަމުންއައި ފައިސާކޮޅު ނުލިބުމުގެ ސަބަބުން އުފެދެމުން އަންނަ އިޖުތިމާއީ މައްސަލަތައް ވެސް އަންނަނީ އިތުރުވަމުންކަން ފާހަގަކުރަމެވެ.

ރައްޔިތުންގެ ސަރުކާރުން ރައްޔިތުމީހާ އުޅޭ ދެރަ ނިކަމެތި ހާލު ނުބައްލަވައި ގައުމު ތަރައްގީ ކުރަނީ ކޮންބަޔަކަށް ދައްކަން ހެއްޔެވެ؟

ކޮވިޑާ ދެކޮޅަށް ފިޔަވަޅު އަޅަމުން ދަނީ: ރައްޔިތުމީހާއަށް ހިލޭ މާސްކުގަނޑެއްވެސް ނުލިބޭ

މި ދަނޑިވަޅަކީ ތަރައްގީގެ މަޝްރޫޢުތައް ފަހަށް ބަހައްޓައި ރައްޔިތުން ވެއްޓިފައިވާ މި ވަޅުގަނޑުން އަރުވަން ޖެހިފައިވާ ހިނދުކޮޅެކެވެ. މިއީ ސިޔާސީ ކޯޅުންގަނޑެއް އުފައްދައި ދެބޯގެރި ދުއްވަން ރަނގަޅު ވަގުތެއް ހެއްޔެވެ؟ އެހެން ކަމުން މިހާލަތުގެ ނާޖާއިޒު ފައިދާ، ފައިސާ ހުރި ބައެއް ސިޔާސީ ޕާޓީތަކުން އެދަނީ ނަގަމުންނެވެ. ޕާޓީއަށް ސޮއިކުރާ ކޮންމެ މީހަކަށް ދެ ހާސް ރުފިޔާ ނުވަތަ ދޮޅުހާސް ރުފިޔާ އެބަދެއެވެ. ބަނޑަށް ޖެހުނީމާ ފައިސާ ހޯދަން މަޖުބޫރު ވާނެތާއެވެ!

ކޮންމެއަކަސް ފެތުރެމުން އަންނަ ޢާލަމީ ވަބާގެ ސަބަބުން ދިވެހިންގެ އަމިއްލަ ވިޔާފާރީގެ ސިނާޢަތު ވަޅުލެވިއްޖެއެވެ.

ކުދި ލޯނު ދިނުމުން ވެސް ދަރަނިވެރި ވަނީ ރައްޔިތުމީހާއެވެ. ނުދަރައި ވިޔާފާރި ކުރެވޭނެ އެހެން ގޮތެއް ފެންނާން އެބަޖެހެއެވެ. ބައެއް ގައުމުތަކުން ގޭގައި ކަރަންޓީނުވެގެން އުޅޭ އާއިލާތަކަށް، މާލީގޮތުން އެހީވަމުން ދާއިރު ނިސްބަތުން އާބާދީ ކުޑަ މި ގައުމުގެ ރައްޔިތުންނަށް ކޮންމެ ގޭބިސީއަކަށް ފައިސާގެ އެހީ ނުވެވެންވީ އެއްވެސް ސަބަބެއް ނުފެނެއެވެ. މިފަދަ ބޮޑު ޢާލަމީ ވަބާއެއްގެ ތެރޭގައި ރައްޔިތުން ފަތަމުންދާއިރު ބޭރުން ލޯންތައް ނަގައި ބިޔަބޮޑު މަޝްރޫޢުތައް ރައްޔިތުން ދަރައި ވިކިގެން ހިންގާކަށް ނުޖެހެއެވެ. މީގެސަބަބުން އަންނާން އޮތް ޖީލުތަކުގެ ބޮލުގައި ވެސް އެވަނީ ދަރަނި އެޅިފައެވެ. ސަރުކާރުން ހިންގާ ކޮންކްރީޓް ތަރައްގީއަށް ރައްޔިތުން ވާސިލު ވުމުގެ ކުރިން ފުދުންތެރި ރައްޔިތުމީހާގެ އުފެއްދުން މާ މުހިންމެވެ.

ކޮވިޑްގެ މި ޢާލަމީ ވަބާގައި ވަގުރޭވުންތައް ރާވައި ވައްކަންކޮށް ގައުމުގެ މާލިއްޔާ ދޮންނަމުން ދާއިރު ރައްޔިތުމީހާއަށް ހިލޭ މާސްކެއްވެސް ނުދެއެވެ. ކޮވިޑު-19ގެ ވަބާ ސިފަކުރެވެނީ ޖުރިމާނާގެ ވަބާއެއްގެ ގޮތުގައެވެ. ރައްޔިތުންގެ އަތްމަތި ހުސްވެ ހާލުގައި ޖެހިފައިވާ މިދަނޑިވަޅު ބޮޑެތި ޖޫރިމާނާތައް އެކުރަނީ އިތުރަށް ހާލުގައި ޖައްސަން ނޫން އެހެން ކޮންކަމަކު ހެއްޔެވެ؟

ކޯވިޑަށް ފަރުވާ ދިމުގެ ނަމުގައި ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް ނަގައި އެފައިސާއިން އެތައް ވެންޓިލޭޓަރެއް ގަނެފައި ވާއިރު އެ ވެންޓިލޭޓަރަކީ އިންސާނުންގެ ލޮލަށް ނުފެންނަ ބާވަތުގެ އެއްޗަކަށް ވަނީ ވެފައެވެ. ކޮންފަދަ ބޮޑު ޖާދޫއެއް ހެއްޔެވެ؟

 

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް