ސަރުކާރަކީ ކޮރަޕްޝަންގެ ހާއްޔެއް

282

މުޅި ސަރުކާރު ކޮރަޕްޝަނާ ފަސާދައިގެ ހާއްކަށް ބަދަލު ވެފައި ވާކަމަށް ރައްޔިތުންގެ ބައެއް މެންބަރުންގެ ވާހަކަފުޅު ތަކުން ހާމަވާން ފަށައިފިއެވެ.

ސަރުކާރުގެ ބައެއް ކުންފުނިތަކާއި ބައެއް ވުޒާތަކުން ރިޝްވަތާއި ކޮރަޕްޝަންގެ ޢަމަލުތައް ހިންގަމުން ދާއިރު ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން އެކަން ކަން ނުބަލައި ދެއަތް އުރާލައިގެން ތިބޭކަން އަންނަނީ ފާހަގަ ކުރެވެމުންނެވެ.

ކުރީގެ ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަން ސަބަބުން ރައްޔިތުންނަށް ގެއްލިފައިވާ އެންމެހައި ފައިސާތައް ހޯދައި އެފަރާތްތަކާމެދު އެއްވެސް ފިޔަވަޅެއް ނައަޅުއްވާއިރު މި ސަރުކާރުގެ ތެރެއިން ހިންގަމުންދާ ވައްކަމާއި ކޮރަޕްޝަނާއި ފަސާދައިގެ މައްސަލަތައް ވެސް ހުރީ ވަކި ހިސާބަކުން ހުއްޓިފައެވެ.

ރައްޔިތުން އަތްމަށްޗަށް ފުރާނަ ލައިގެން ޔާމީނުގެ ވެރިކަން ނިމުމަކަށް ގެނެސް އައު ސަރުކާރެއް ގެނެސްފައި މިވަނީ ޢަދުލު އިންޞާފު ގާއިމުކޮށް ރައްޔިތުންނަށް އިންޞާފު ލިބޭނޭކަމުގެ ފޮނި އުންމީދާއެކުގައެވެ.

މިފަހަކަށް އައިސް ކޯވިޑް-19 ގެ ޢާލަމީ ވަބާއިން ރައްޔިޔުން ސަލާމަތް ކުރުމަށްޓަކާ ސިއްހީ ދާއިރާއަށް ބޭނުންވި ވެންޓިލޭޓަރު ގަތުމުގެ ނަމުގައި އޭރުގެ ހެލްތު މިނިސްޓަރު އިސްވެ ހުންނަވައިގެ ހިންގަވާފައިވާ ބޮޑު ވައްކަމަކީ މި ސަރުކާރު ވުޖޫދުވިފަހުން ހިނގައިދިޔަ އެންމެ ބޮޑު އެއް ވައްކަމެވެ. މިވައްކަމާ ގުޅިގެން ހެލްތު މިނިސްޓަރު މަގާމުން ދުކުރުން ފިޔަވައި އިތުރު އެހެން ކަމެއް ކޮއްފައެއް ނުވެއެވެ.

ވައްކަން ކުރަނީ ސަރުކާރު ގެ ބައެއް ބޮޑެތި ފަރާތްތައް އަޑީގައި ތިބެގެންކަން ފެންނަމުންދާ ކަންކަމުން ކަން އެންމެންނަށް އެނގޭވަރުވެއެވެ. އެގޮތަކީ ތަހުގީގީ އިދާރާތަކުން މިއިން ކޮންމެ މައްސަލައެއްވެސް ވަކި މިންވަރަކަށް ބަލާކަން ފާހަގަކުރެވޭތީއެވެ. އެހެނަސް ވަކިހިސާބަކުން މައްސަލަ ހުއްޓި ވާނުވާއެއް ނޭނގެއެވެ. ހުރިހާގެއްލުމެއް ރައްޔިތުންނަށެވެ.

އެމްޑީޕީގެ މެންބަރުންގެ ތެރޭގައިވެސް އުފެދިގެން އުޅޭ އަސްލު ޚިޔާލު ތަފާތު ވުންތަކަކީ މިއެވެ.

އެމްއެމްޕީ އާރުސީގެ ޚިޔާނާތުގެ ބޮޑު މައްސަލައަކީ ވެސް މި ސަރުކާރުގެ ބައެއް އިސްމަގާމުތަކުގައި ތިއްބެވި ބައެއްއިސް ބޭފުޅުން ޝާމިލްވާ މައްސަލައެއްކަން މިހާތަނަށް ފެނިފައިވާ ކިތާބީ ހެކިތަކުން އެނގެއެވެ. އެހެންކަމާއެކު އެމައްސަލަވެސް ކުރިއަށް ނުދިއުމު ސިއްރަކީ އެއީ ކަމަށް ބެލެވެއެވެ. އެމްޑީޕީ ގެމެންބަރުންނަށް ވައްކަން އޯކޭ އެއްނޫނެވެ.

ކޯވިޑް-19 ގެ ޢާލަމީ ވަބާއާ ވިދިގެން ހިންގާފައިވާ ކޮރަޕްޝަން މައްސަލަތައް ނުހަނު ގިނަކަން ފާހަގަކުރެވިފައި ވާއިރު ކަމާ ބެހޭ އެއްވެސް މުއައްސަސާއެއްގެ އަޑެއް ބަޑެއް ނުއިވެއެވެ.

ސްޓެލްކޯގެ އެމްޑީ ޙަސަން މުޣުނީ ޝާމިލްވާ 70 އަށްވުރެ ގިނަ ޚިޔާތުގެ މައްސަލަ ރައްޔިތުން މަޖިލީހުގެ ސަމާލު ކަމަށް ގެނެވި އަދި ރައީސުލް ޖުމްހޫރިއްޔާއާ ހަމައަށް ގެންދެވިފައި ވާއިރު އެއިން އެއްވެސް މައްލައެއް ބައްލަވާ ތަނެއް ނުފެނެއެވެ. ދައުލަތުގެ ތެރެއިން ހިނގާ މިބާވަތުގެ މައްސަލަތައް ނުބަލާނަމަ އޭގެ ޒިންމާ ރައީސުލްޖުމްހޫރިއްޔާގެ އިސްތަށި ފުޅުގައި އެޅިގެން ދާނެ ކަން އެމަނިކުފާނަށް އެނގި ވަޑައި ނުގަންނަވަނީ ބާވައެވެ!

އެމްޑީޕީ ގެ ބައެއް މެންބަރުން ބުނާ އަޑު އިވެނީ ސަރުކާރުގެ ތެރެއިން ހިންގާފައިވާ ވައްކަމާއި ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަލަތައް ނުބެލި ލަސްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދާއި ނާއިބު ރައީސް އީވާ އާ ދެބޭފުޅުން ގެ ސަބަބުން ކަމުގައެވެ.

އެމްޑީޕީ ސަރުކާރުގެ ޔޫތު މިނިސްޓަރ މަޚްލޫފު ސަސްޕެންޑް ކުރެވިފައި: ކޮރަޕްޝަނަށް ޝައްކު

އެމްޑީގެ މެންބަރުން ފެށި އިންޞާފުގެ ދަތުރުގެ ބާނީ ރައީސް ނަޝީދު ގެ އިހުމާވުން މިދެންވި މައްސަލަތައް ނުބެލި ލަސްވުމުގައި އޮވެދާނެ ކަމަށް ގަބޫލު ކުރެވެނީ ކޮން ކޮން ހެކިތަކެއްގެ މަށްޗަށް ރިޢާޔަތް ކުރެވިގެން ބާއެވެ!

އަޅުގަނޑު މިހެން މިދެންވީ ރައްޔިތުންގެ މަޖިލީހަކީ ތަހުގީގީ އިދާރާއަކަށް ނުވާތީއާއި ޝަރީއަތް ކުރާ މުއައްސަސާއަކަށް ނުވާތީ އެވެ.

ކޮންމެއަކަސް ރާއްޖޭގެ އިގުތިސާދަށް ނުހަނު ބޮޑެތި ގެއްލުންތައް ކުރިމަތިވެއްޖެއެވެ. ބޭރުގެ ދަރަނިތައް އަތްނުފޯރާ ހިސާބަށް މަތިވެ، ރާއްޖެ ދަރާފައިވާ ގައުމުތަކުން ރާއްޖޭގައި ކޮށްފައިވާ އިންވެސްޓްމަންޓް ތަކަށް އަތްގަދަކޮށް އެގައުމުތަކުން އެތަންތަން އަތުލާ ހިސާބަށް މިވަނީ ގޮސްފައެވެ.

ރައީސް ޔާމީނު ގެ ވެރިކަމުގައި އަޅާފައިވާ ބުރިޖުގެ ލޯންގެފައިސާ ވެސް އެބަސްވެފައިވާ މުއްތުގެތެރޭގައި ނުދެއްކި މިދަނީ ދައުލަތުން ކޮށްފައިވާ ބޮޑެތި ވައްކަމުގެ ސަބަބުން އެފައިސާ ދައުލަތަށް ދެއްކެން ނެތިގެންނެވެ. އަރާ ކޮންމެ ވެރިޔަކު ދައުލަތުގެ މާލިއްޔާ ދޮވެލައިގެން ތިބެ ރައްޔިތުންނާ ދިމާލަށް އަތް ހޫރުވަ ހޫރުވަ ތިބޭ މަނަޒަރު މި ދަނީ ފެންނަމުންނެވެ. ލަދެއް ޙަޔާތެއް ނެތެވެ.

ދައުލަތުން ކޮށްފައިވާ ވައްކަމުގެ މިންވަރަށް ބަލާއިރު ބިލިއަނުން ގުނާލެވެއެވެ. މިފައިސާގެ ތެރެއިން ބައެއް ލިބުނަސް ބޭރުގެ ބައެއް ދަރަނި ޚަލާޞް ކޮށްލެވޭނެއެވެ.

މި ސަރުކާރުގައި އިންސާފުގެ ކަންފުޅެއްވެސް ނެތީއެވެ. އަތްޖެހުނު ތަނަކުން ކެވުނުވަރަކަށް ކަނީއެވެ. ޙަރާމެއް ޙަލާލެއް ނުބަލައެވެ.

މިއީ ވެސް ސައްތައިންސައްތަ އިސްލާމީ ގައުމެކޭ ބުނެއުޅެއެވެ. މީދެން ބޮޑުވަރެކެވެ.

ކަވަރ ފޮޓޯ: ޖަޒީރާ. އެމްވީ

 

3 ހިޔާލުތައް

  1. ހުރިހާކަމެއް ނަޝީދުގެ ބޮލުގައި އަޅުވައިފާ އިބޫ ހުދުފޮތިކޮޅަކަށް ހަދަން އުޅުމަކީ އެންމެރަނގަޅުގޮތެއް ނޫނެވެ. އެހެނީ މާތްﷲ ގަންދީގެން ހެޔޮވެރިކަމެއް ކޮށްދޭން ރައްޔަތުން އެމީހުންގެ ދައުލަތް ހިންގުމަށް އިސްވީ ސޯލިޙު ރައިސް ނޫންތޯއެވެ. ވީމާ ނަޝީދެއް ކާސިމެއް ވެންޓީލޭޓަރު އަމީނެއް އައްޑޫ ޝަރީފެއް ބެލުމެއްނެތި ދައުލަތް ހުވަޔާއި އެއްގޮތަށް ހިންގަދޭންޖެހޭނެއެވެ.
    ދެން އަންނިބެ ބިރުން ފިލީކަމަށް ބަލާފަ މަޖިލިސްގެ މުސާރަނުދޭގޮތަށް ނިންމުމާއި އެކު އޭނާ މަޖިލިސްގެ ރައިސްކަމުން ވަކިކުރަންޖެހޭނެއެވެ. ރައްުޔަތުން އަތުންނެގޭ ޓެކްސް ފައިސާ އާއި ބޭރުގެ އެނހީ ބޭނުން މީހަކަށް ބެހުމަކީވެސް ވައްކަމާއި ޚިޔާނާތެއް ނޫން ދެން ކޯއްޗެއްތޯއެވެ. މި ސަރުކާރުގެ ބޭނުމެއް އެބައޮތޯ ސުވާލުކޮށްލަމެވެ.

  2. ތި މަޙުލޫފްވެސް ތީ ތިންއަނގައިން ވާހަކަ ދައްކާމީހެކެވެ. ރައްޔަތުންނަށް ދޮގާއި މަކަރު ހެދުމުގެ އެދުރެކެވެ. މަމީ ސިޔާސީ މީހެކޯ އަދި އެބަކިޔައެވެ. މަމީ ބޮޑު ދޮގުވެރިއެކޭ ބުނެފާ އިސްތިޢުފާ ދިނީމާ މާތާހިރުވާނެއެވެ. ގިނައީ މިކަހަލަ ލަނޑާ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ