ރާއްޖެ ސައްތައިން ސައްތަ މުސްލިމް ގައުމެއް: ނަމާދު ކުރާ މީހުންގެ ޢަދަދު ނިސްބަތުން ވަރަށް މަދު

ސައްތައިން ސައްތަ މުސްލިމް ގައުމެއްގައި ނަމާދު ނުކުރާ މީހަކު ހުރެގެން ނުވާއެވެ. އެހެނަސް މިސްކިތްތަކަށް އަރަނީ މަދު ދިވެހިން ކޮޅެކެވެ. މިސްކިތްތަކަށް ގިނައިން އަރަނީ ބިދޭސީ މުސްލުމުންނެވެ. ރާއްޖޭގެ ބޮޑެތި މިސްކިތްތަކުގައި ފަރުޟު ފަސްނަމާދު ގާއިމު ކުރަނީ މަދު ބައެކެވެ. ޚާއްޞަ ކޮށް ފަތިސް ނަމާދު ކުރާ މީހުންގެ ޢަދަދަށް ބަލާއިރު ގިނަ މިސްކިތް ތަކުގެ ކުރީ ދެސަފު ވެސް ނުފުރޭ ކަން ފާހަގަ ކުރެވެއެވެ. ނަމާދު ނުކުރާ މީހުން ކުރާ ހެޔޮ ޢަމަލުތަށް ﷲ ގަބޫލުނުކުރައްވާ […]
އަތޮޅު ފިހާރަތައް ކޮބައިތޯއެވެ؟

ސުމުއްވުލް އަމީރު އަލްމަރުޙޫމް އިބްރާހީމް ނާސިރު ވެރިކަން ދޫކުރައްވައިވަޑައި ގަތުމުގެ ކުރިން ރާއްޖޭގެ ކޮންމެ އަތޮޅަކަށް ގުރާބު ތުނޑިޔާ ދިމާއިން އެއްގަން ފަޅިން ފިހާރައެއް ދެއްވާފައި ވެއެވެ. މިއިން ކޮންމެ ފިހާރައެއްވެސް ހުންނަނީ ހަވީރީ ހިނގުމާ ބޮޑުތަކުރުފާނު މަގާ ދެމެދުގައެއެވެ. އެއިން ކޮންމެ ބިމަކީ އެކަށީގެންވާ މިނެއްގެ ބޮޑު ބިމެކެވެ. މިއީ އަތޮޅުތަކުގެ ކުރިއެރުމާ ތަރައްގީއަށްޓަކާ ސަރުކާރުން ކޮންމެ އަތޮޅެއްގެ ކުދިބޮޑު އެންމެހައި ރައްޔިތުންގެ ހިއްސާ އޮންނަގޮތަށް ދެއްވާފައިވާ އަތޮޅު ފިހާރައެކެވެ. ކުރިން ކޮންމެ އަތޮޅެއްގެ ނަން […]
ހުޅުމާލޭ އޭ.ޓީ.އެމްތަކުން އަވަސް އަވަހަށް ފައިސާ ހުސްވާތީ ހުޅުމާލޭ ރައްޔިތުން ރަތަށް

ސިޓީއަކީ ވަކި ޕްލޭނެއްގެ ދަށުން ތަރައްގީ ކުރެވެމުން އައި ސިޓީއަކަށް ވީނަމަވެސް މިހާރު އެޕްލޭން ވަނީ ގަޑުބަޑު ވެ ހަމައެއް ލަމައެއް ނެތިފައެވެ. ހުޅުމާލެ ސިޓީގެ އާބާދީ މިހާރު ލައްކައަކާ ގާތް ކޮށްފައިވާއިރު ހުޅުމާލެ ސިޓީގައި ހުންނަނީ ބޭންކް އޮފް މޯލްޑިވްސްގެ ތިން އޭޓީއެމް އެވެ. މި ތިން އޭޓީއެމް ގައި ހުރީ ހަ މެޝިނެވެ. ސަތޭކައިން ދަށުގެ ނޫޓްނެގޭ ދެ މެޝިން ހުރި އިރު ފަސް ރުފިޔާނެގޭ މެޝިނެއް ނުހުރެއެވެ ހުޅުމާލޭ ސިޓީގެ ގިނަ ރައްޔިޔުން […]
މިއީ ސަމާސާއެއް ނޫނެވެ!

މިރާއްޖޭގެ ތާރީޚު ދުށް އެންމެ ބޮޑު ވައްކަން ނުވަތަ ޚިޔާނާތް ފަޅާއެރީ ދާދި ފަހުންނެވެ. ވައްކަމާއި ޚިޔާނާތުގެ އެތައް މައްސަލައެއް ސަރުކާރުގެ ތެރެއިން ފަޅާއަރާފައި ވެއެވެ. އޭގެ ތެރޭގައި އެމް.އެމް.ޕީ.އާރު.ސީގެ ޚިޔާނާތުގެ އިތުރުން ވެންޓީލޭޓަރުގެ ޚިޔާނާތާއި، އެފްޕީއައިޑީގެ ޚިޔާނާތާއި އެއަރމޯލްޑިވްސް ގެޚިޔާނާތް ފަދަ އެތައް ކަމެއް ހިންގާފައިވެއެވެ. ކޮންމެ މައްސަލައެއް ވެސް ވަކި ހިސާބަކުން ހުދު ކާފޫރަށް ބަދަލުވެ ދެއެވެ. ރައްޔިތުންނަށް އެނގެނީ ކައިފި ކަމެވެ. ކޭމިން ވަރެއް ކޭ ގޮތެއް، ކޭތަނެއް ވީގޮތެއް ރައްޔިތުންނަށް އަދިއަދަށްދާނދެން […]
ޖީލުތަކަކަށް ގައުމު ދަރާފައި ވަނިކޮށް ގައުމު ތަރައްގީ ކުރަން ލޯނު ނެގުމަކީ މޮޅުކަމެއް ނޫން!

ބައިނަލްއަގުވާމީ މާލީ އިދާރާތަކަށާއި ވޯލްޑް ބޭންކަށާއި ޗައިނާއަށާއި އިންޑިއާއަށް ދަރައި، ދަރަނި އަދާނުކުރެވޭ މިންވަރަށް ދަރަނި ބޮޑުވެފައި ވަނިކޮށް ލޯނު ނަގައިގެން ގައުމު ތަރައްގީ ކުރުމަކީ މޮޅުކަމެއް ނޫނެވެ! ގައުމެއް ތަރައްގީ ކުރަން ވާނީ އެގައުމަކަށް ލިބޭ މިންވަރަކުންނެވެ. މިރާއްޖެއަކީ ނިސްބަތުން ފުދުންތެރި ގައުމެކެވެ. އެހެންކަމުން ބޭރުގެ ލޯނުތައް ނުނަގައި ގައުމު ތަރައްގީ ކުރެވެން ވާނެއެވެ. މަދު މީސްކޮޅެއްގެ މައްޗަށް އެކުލެވިގެންވާ މިގައުމު ދަރަނިވެރި ވެގެން ތަރައްގީ ކުރުމަކީ ބަޔަކަށް މާ މޮޅުކަމެއް ކަމަށް ގަބޫލު ކުރެވުނަސް […]
ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ޝަރީޢަތް ނިމެންދެން ޖަލުގައި ބަހައްޓަން އަމުރު ކުރުމަކީ އަނިޔާއެއް

ދުނިޔޭގެ ގިނަ ގައުމުތަކުގައި ޝަރީޢަތް ނިމެންދެން ޖަލުގައި ބަހައްޓަނީ ވަރަށްބޮޑެތި ކުށް ކޮށްގެން ގެންދެވޭމީހުންނެވެ. މިސާލަކަށް ރާވައިގެން މީހުން މަރާ މީހުންނާއި ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާއި މަސްތުވާތަކެތީގެ ވިޔާފާރި ހިންގާ ބޮޑުންނާއި ސިޔާސީ ބޮޑެތި މައްސަލަ ތަކުގައި ޝާމިލްވާ މީހުންނާއި ރޭޕް މައްސަލަ ތަކުގައި ހިމެނޭ މީހުންނާއި ބަޣާވާތް ކުރަން ރާވާ މީހުންނެވެ. ކަންމިހެން ހުރިނަމަވެސް ރާއްޖޭގެ ކޯޓުތަކަށް ހުށަ ހެޅޭ މައްސަލަ ތަކުގެ %90އިން ސައްތަ މީހުން ވާނުވާ ޖަހާފައި ޖަލުގައި ބަހައްޓާކަމީ އިޖްތިމާޢީ […]
ރައްޔިތުން ބަނޑަށް ތިއްބާ ކޮންމެ އަތޮޅެއްގައި އެތައް އެއަރޕޯޓެއް އަޅަނީ ވަކި ބައެއްގެ ޖީބު ބޮޑުކުރަން

މުޅި ދުނިޔެއަށް ކުރިމަތިވި ކޯވިޑް-19ގެ ޢާލަމީ މުސީބާތާ ގުޅިގެން ދިވެހި އެތައްސަތޭކަ ޢާއިލާއެއް ތިބީ ޙާލުގައި ޖެހިފައެވެ. ކާނެ ބޯނެގޮތެއް ނެތިގެންނާއި ގެދޮރުގެ ކުއްޔާއި އަސާސީ ޚިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ ނުދެއްކި ގެން ރައްޔިތުން ދަނީ ސަލާން ޖަހަމުންނެވެ. މިކަން މިހެން އޮތްވާ ރައްޔިތުން ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ނުކޮށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އެތައް އެއާރޕޯޓެއް އަޅަން ނިންމުމަކީ ފައިސާއާ ހެދި ހޭބަލިވިޔަސް ބޮޑުވަރެއްތާއެވެ! މިމަޝްރޫޢުތައް ހިންގާ ފަރާތްތައް މަހުޖަނުންނަށް ވެގެންދާއިރު އަންނަނިވި ޖީލުތަކާ ހަމައަށް […]
ތަރައްގީގެ ކޮންމެ މަޝްރޫޢަކުން ވެސް ކުރަނީ ވައްކަން….؟

ގައުމު ތަރައްގީ ކުރުމުގެ ނަމުގައި ހިންގާ މަޝްރޫޢުތައް ހަވާލުކުރެވޭ ފަރާތަކީ ބޭރު ބަޔަކަށް ވިޔަސް އަދި އެތެރޭގެ ބަޔަކަށް ވިއަސް ކޮންމެ މަޝްރޫޢަކުން ވެސް ސަރުކާރުގެ ބޮޑުންނަށް ބައިއެޅިގެން ބޮޑެތި ވައްކަން ކުރަމުންދާ ވާހަކަ ސޯޝަލް މީޑިޔާގައި ވަރަށް ބާރަށް އެބަ ދެކެވެއެވެ. މިވާހަކަތައް ކުށްވެރިކޮށް ހުކުރު ދުވަހުގެ ހުކުރު ޚުތުބާގައި ވަނީ އަލިއަޅުވާލައްވާފައެވެ. ދައުލަތުގެ އެންމެހައި ބާރުތަކާ މަޖިލީހުގެ މެންބަރުން ގަތުމަށް ފައިސާ ހޯދުމަށް ދައުލަތުން ވައްކަން އެބަ ކުރެއެވެ. މިސަރުކާރުން އެކަން އެކުރަނީ ތަރައްގީގެ […]
2023ވަނައަހަރުގެ ރިޔާސީއިންތިޚާބަށް ޖޭޕީ ތައްޔާރުވަމުން އަންނަކަމަށް އެޕާޓީ އިންހާމަކޮއްފި.

އެޕާޓީއިން މިކަން ހާމަކުރެއްވީ މިއަދު ހަވީރު ޖުމްހޫރީ ޕާޓީގެ މައި އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ އެޕާޓީގެ ކައުންސިލްގެ ފަރާތުންނެވެ، މިޕްރެސް ގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލުން ހާމަކުރެއްވި ގޮތުގައި، މިފަހަރު ޖުމްހޫރީ ޕާޓީ މަސައްކަތް ކުރަމުން ދަނީ ރައްޔިތުންްގެ އިހުސާސްތައް ދެނެ ގަނެ ރައްޔިތުން ހިންހަމަޖެހޭފަދަ މެނިފެސްޓޯއަކާއެކު ރައްޔިތުންގެ ގާތަށް ދިއުމަށެވެ، ޖުމްހޫރީ ޕާޓީއިން ރިޔާސީ އިންތިޚާބުގައި ބައިވެރިވާނެ ކަމަށާއި ޕާޓީގެ ފަރާތުން ނެރޭނި ކޮންބޭފުޅެއްކަން އަދިފަހުން އިޢްލާނު ކުރައްވާނެ ކަމުގައިވެސް ހާމަކުރެއްވިއެވެ މީގެ އިތުރުން ޖުމްހޫރީ […]
ބައެއް މިސްކިތްތަކުގެ ފާޚާނާތައް ބޭނުމެއް ނުކުރެވޭ

ހުޅުމާލޭގައި ސަރުކާރުން ވަށްކޮށް އަޅާފައިވާ ފުރަތަމަ ހުކުރުމިސްކިތުގެ ހަ ފާޚާނާގެ ތެރެއިން ބޭނުން ކުރެވެނީ އެންމެ ފާޚާނާއެކެވެ. އޭގެ ތެރެއިން ދެ ފާޚާނާ ހުންނަނީ މުދިމުގެ ބޭނުންތަކަށެވެ. ދެންހުރި ހަތަރު ފާޚާނާގެ ތެރެއިން އެއްފާޚާނާ ބޭނުންކުރާތާ އެތަކެއް ދުވަސް ވެއްޖެއެވެ. ސުވާލަކީ މިސްކިތްތަކާ ހަވާލުވެގެން އުޅޭ މުއައްސަސާއިން މިކަންކަން ނުބައްލަވަނީ ބަޖެޓް ނެތިގެންތޯއެވެ؟ ނޫނީ އެއީ މާބޮޑުކަމަކަށް ނުވަނީތޯއެވެ؟ ބަންގި ގޮވުމުން އެކިދިމާއިން މިސްކިތަށް މީހުން އަންނައިރު ވަރަށް ގިނަ މީހުން ތިބެނީ ކުޑަކަމުދާން ޖެހިފައެވެ. ފާޚާނާއަށް […]