އަމީނީ މަގުގެ 2ވަނަ ސެގްމަންޓްގެ މަސައްކަތް ފަށްޓައިފިއެވެ

މާލޭ އަމީނީމަގު ޒަމާނީފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫގެ ތެރެއިން އެމަގުގެ 2 ވަނަ ސެގްމަންޓްގެ މަސައްކަތް ހޮނިހިރު ދުވަހު ފަށްޓައިފިއެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ޙަވާލު ކުރެވިގެން ކުރިއަށް ގެންދާ އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫގެ ތެރެއިން މުޅި މަސައްކަތް ފަރުމާ ކުރެވިފައި ވަނީ 13 ސެގްމަންޓެއްގެ މައްޗަށް ބަހާލައިގެންނެވެ. އެގޮތުން ފުރަރަމަ ސެގްމަންޓުގެ މަސައްކަތް އާރުޑީސީއިން ފަށާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެތެރޭގައެވެ. މިސެގްމަންޓުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ހެންވޭރު ސަރަޙައްދުން ފެށިގެ ބޮޑުތަކުރުފާނުމަގާއި އަމީނީ މަގު […]
ވައިގެ ސަރަޙައްދުގައި ވައި ނުސާފު ވުމާއެކު ބޭރުގައި އުޅުން މަދުކުރަން އެދިއްޖެ

ރާއްޖޭގެ ސަރަޙައްދުގެ ވައި ނުސާފު ވެފައި ވާތީ ބޭރުގައި އުޅޭވަގުތު ތަކުގައި ރައްކާތެރިވެގެން އުޅުމަށް ހެލްތު ޕްރޮޓެކްޝާން އޭޖެންސީ އެޗްޕީއޭއިން އެދިއްޖެއެވެ. މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ ހުޅަގުން އިރުމަށްޗަށް ވައި ބަދަލުވަމުން ދާތީ ހިމާލިޔަން ސަރައްދުގެ ހިރަފުހާދުން ބޭއޮފްބެންގޯލް ހުރަސްކޮށް ރާއްޖެއާއި ހަމައަށް ފޯރާފައި ވާތީ ކަމަށެވެ. ވައިނުސާފުވުމުގެ އަސަރު އެންބޮޑަށް ކުރާނީ ރާއްޖޭގެ އުތުރާއި މެދުރާއްޖެ ތެރޭގެ އަތޮޅު ތަކަށް ކަމަށް ވެސް މެޓްއޮފީހުން ބުނެއެވެ. އަދި މިދެންނެވި ހިރަފުހާއި ދުމުގެ […]
ގޭންގް ތަކާއި ގުޅެމުންދާ ޒުވާނުން އިތުރުވަނީ ކީއްވެގެން؟

ރާއްޖޭގެ ސްކޫލްތަކުން ފާސްވެގެން ނުކުންނަ ކުދީންނަށް ވުރެ ފާސްނުވެ ސްކޫލްތަކުން ވަކިވާކުދީންގެ ޢަދަދު ދުވަހެއް ދުވަހެއް އިތުރުވަމުން ދާކަމީ ބެލެނިވެރީންނާއި ސްކޫލްތަކުގެ ވެރީން ސަމާލުވާން ޖެހިފައިވާ ކަމެކެވެ. ރާއްޖޭގައި އުފެދިފައިވާ ގޭންތަކުގައި ބައިވެރި ވަމުންދާ ޒުވާނުންގެ ޢަދަދު ވެސް މިދަނީ ދުވަހެއް ދުވަހެއް އިތުރުވަމަށް އަބަދު މިދާނީ އަޑުއިވެމުންނެވެ. ސްކޫލްތަކުން ފާސްނުވެގެން ކަނޑާލަން ޖެހޭ ގިނަ ޒުވާނުންނަކީ އެކުދީން ސްކޫލްތަކުގައި ކިޔަވަމުން ދިޔަ ދުވަސްވަރު ބެލެނިވެރީންނާއި، އެކުދީން ކިޔެވި ސްކޫލް ތަކުގެ މުދައްރިސުން […]
ދެ އުޅަނދެއްގައި އަލިފާން ރޯވެއްޖެ

ކޮޅުމަޑުލު ވިލުފުށީ ބަނދަރުގައި އަޅާފައި އޮތް ތޮޔޮއުފުލާ 2 އުޅަނދެއްގައި އަލިފާރޯވެ ވަރަށް ބޮޑަށް އަނދައިފިއެވެ. އިއްޔެ އިރުއޮސި 6.20ހާއިރު ހިނގި މި އަލިފާނުގެ ކާރިސާ ކޮންޓްރޯލްކުރެވުނީ ދޮޅުގަޑިއެއްހާއިރު ފަހުން ކަމަށް އެރަށުގެ އަތިރިމަތީގައި ހުރިމީހަކު ބުންޏެވެ. ޖެހިޖެހިގެން ބަނދަރުކޮށްފައިވާ މިދެދޯނީގައި ހިނގާދިޔަ މި އަލިފާނުގެ ކާރިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަމަށް ވެސް އޭނާ ބުންޏެވެ. މި ދެދޯންޏަކީ ތެޔޮ އުފުލާގޮތަށް ތައްޔާރުކިށްފައިވާ ދެ އުޅަނދެވެ. ދެދޯނީގައި ހިންގި މި […]
ހުވަދޫއަތޮޅު އުތުރުބުރީގެ ބައެއްރަށްތަކުގެ ބިންގަނޑަށް ރޭގައި ލޮޅުންތަކެއް އެރި

ހުވަދޫއަތޮޅު އުތުރުބުރީގެ ބައެއް ރަށްތަކުގެ ރޭ އިރާކޮޅުގެ ވަގުތެއްގަ ބިންގަނޑަށް ލޮޅުންތަކެއް އައިކަމުގެ ރިޕޯޓްތަށް ލިބިފައިވާކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ. މޯލްޑިވްސް މެޓްއޮރޮލިޖަކަލް ސާރވިސް އިން މައުލޫމާތު ލިބިފައިވާގޮތުގައި ރޭއިރާކޮޅުގެ ވަގުތެއްގައި ގއ.ގެ ބައެެއް ރަށްތަކުގެ ބިންގަނޑަށް ލޮޅުން އައިކަމުގެ ރިޕޯޓް ލިބިފާވެއެވެ. އެގޮތުން ގދ.އަތޮޅު ކާނޑެއްދޫގައި ގާއިމް ކުރެވިފައިވާ ބިންހެލުންެރެކޯޑު ކުރާ މީޓަރަށް ރޭ 12.11 ހާއިރު ބިންގަނޑަށް ލޮޅުމެއްގެ އަސަރު ކޮށްފައިވާކަމަށް ރެކޯޑު ކުރެވިފަކަމަށް މޫސުމާއި ބެހޭ […]
އައްޑޫއަތޮޅު ހިތަދޫގައި ފެރީ ޓާމިނަލެއް ނެތި ދަތުރުވެރިން އަތްވާ ވާރޭގައި

އައްޑޫސިޓީގެ ހިތަދޫގައި ފެރީޓާމިނަލެއް ނެތުމުގެ ސަބަބުން ދަތުރުވެރިން އަތްވާވާރޭގައި ތިބެން ޖެހޭތީ ހިތަދޫ ރައްޔިތުން އެމްޓީސީސީގެ މަށްޗަށް ނުރުހުން ފާޅުކުރަމުން ދާތާ ދުވަސްތަކެއް ވެއްޖެއެވެ. ހިތަދޫއަކީ އައްޑޫސިޓީގެ އެންމެ މީހުންގިނަ އަވަށް ކަމަށް ވީހިނދު، ހިތަދޫގައި ފެރީޓާމިނަލެއް ގާއިމުނުކޮށް ކުދި އަވަށް ތަކުގައި ފެރީޓާމިނަލް ގާއިމް ކުރެވިފައި އެވަނީ ކޮން ކަހަލަ ދަތިތަކެއް ކުރިމަތިވެގެންތޯ ނުވަތަ ކޮންފަދަ ނުފޫޒާއިބާރެއްގެ ދަށުންތޯ ސުވާލު އުފައްދައެވެ. ހިތަދޫގެ ފެރީ ބަނދަރުކުރާ ހިސާބާއި ކައިރީގައި އެއްވެސް […]
ހުޅުމާލޭ މަސްވެރީންގެ ޖެޓީއިން މަސްވެރީންނަށް ޚާއްޞަ ރޭޓެއްގައި ތެޔޮ ވިއްކަން ފަށައިފި

ހުޅުމާލޭ މަސްވެރީންގެ ޖެޓީ އިން ޚާއްޞަރޭޓެއްގައި ތެޔޮގަންނަން ލިބޭނޭ އިންތިޒާމް ފިއުލް ސަޕްލައި މޯލްޑިވުސްއިން ހަމަޖައްސައިފިއެވެ. މިބަދަލާއެކު މާލޭ ސަރަޙަދުން މަސްވެތިން ގަންނަތެލުގެ އަގުވެސް ހެޔޮވެގެން ދާނޭ ކަމަށް އެފް.އެސް.އެމުން ހާމަކުރައްވައެވެ. ހުޅުމާލޭ މަސްވެރީންގެ ޖެޓީން މިހާތަނަށް މަސްވެރީންނަށް ތެޔޮ ފޯރުކޮށްދެމުން އައިސްފައި ވަނީ އެންސިސް ފިޝަރީޒުގެ ފަރާތުންނެވެ. ހުޅުމާލޭގައި ހުންނަ އެންސިސްގެ ތެޔޮމަރުކަޒު ހިންގުން މިހާރުވަނީ އެފް އެސް އެމް.އާއި ހަވާލު ވެފައެވެ. ހުޅުމާލޭގައި ހުންނަ އެންސިސް ފިޝަރީޒްގެ ތެޔޮމަރުކަޒު ހިންގުމާއި ފިއުލްސަޕްލައި މޯލްޑިވުސް އާއި ޙަވާލު […]
އެއުޅުއްވަނީ ދެވަނަ ދައުރެއް ބޭނުންފުޅުވެގެން އުޅުއްވަން ޖެހޭގޮތަކަށް ނޫން – ބޮނޑޭ

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު އެ އުޅުއްވަނީ ވެރިކަމުގެ ދެވަނަ ދައުރެއް ބޭނުންފުޅުވެގެން އުޅުއްވަން ޖެހޭނެ ގޮތަކަށް ނޫންކަމަށް ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދުދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅު ވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކްލަބްހައުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލް ޖުމްހޫރިއްޔާއަށް ވަރަށް ސާފުކޮށް އެނގިވަޑައި ގަންނަވާނެ ރައީސް ނަޝީދަކީ އެމްޑީޕީގެ ރައީސްކަމާއި އެމަނިކުފާނަކީ ރާއްޖޭގެ ގިނަބައެއްގެ ރުހުމާއި ލޯތްބާ ތާއީދު ލިބިވަޑައިގެން ހުންނެވި ބޭފުޅެއްކަން، އަދި އެމްޑީޕީގެ ގްރާސްރޫޓްގައި ހިމެނޭ ގިނަ މެންބަރުންތަކެއް އެމަނިކުފާނުގެ ފަހަތްޕުޅުގައިވެސް ތިބޭނެކަން […]
ހުކުރުން ފައިބައިގެން ހިޔާ ޓަވަރުގެ އެޕާޓް މެންޓަކަށް އަރާލަން ދިއައިމާ ފެނުނީ ޙައިރާން ކުރުވަނިވި މަންޒަރެކެވެ.

އިއްޔެ ހުކުރުން ފައިބައިގެން ހިޔާ ޓަވަރުގެ އެޕާޓް މެންޓަކަށް އަރާލަން ދިއައިމެވެ. ފެނުނީ ޙައިރާން ކުރުވަނިވި މަންޒަރެކެވެ. ހިޔާ ޓަވަރުގެ އެޕާޓްމަންޓް ތަކަށް އަރާފައިބަން ހުންނަނީ 4 ލިފްޓެވެ. މި ލިފްޓް ތަކުގެ ތެރޭގައި ބައެއް އެޕާޓްމަންޓް ތަކަށް ދަތުރުނުކުރާ ލިފްޓްތަށްވެސް ހުރުމާއިއެކު ވަކި ލިފްޓެއް ލިބެބްދެން ޖެހޭނީ މަޑުކުރާށެވެ. 24 ބުރީގެމަށްޗަށް އެކުލެވިފައިވާ ހިޔާޓަވަރެއްގައި ގާތްގަނޑަކަށް 2500 މީހުން ދިރިއުޅެއެވެ. އެހެން ކަމުން ހުކުރުން ފައިބައިގެން އަންނަމީހުން އެޕާރޓްމަންޓް ތަކަށް އެރުމަށްޓަކާ ބޮޑު ކިޔޫއެއްހަދަން ޖެހެއެވެ. އެގޮތުން ކިޔޫގައި 15މިނިޓާއި 20 މިނިޓާއި ދެމެދުގެ ވަގުތެއް ހޭދަ ކުރަން ޖެހެއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. […]
މަސްތުވާތަކެއްޗާއި ގުޅުންހުރިކަމަށް ބެލެވޭ ހަ މީހަކު ފުލުހުންގެ ބެލުމުގެދަށަށް

މާލޭސަރަޙައްދުން އަތުލައިގަތް 13 ކިލޯގެ މަސްތުވާތަކެއްޗާ ގުޅުންއިތްކަމަށް ބެލެވޭ ހަ މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ. ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އާއި ޑްރަގް އެންފޯސްމެންޓް ގުޅިގެން މާލޭސަރަހަޢްދުގައި ހިންގަމުންދާ އޮޕަރޭޝަންގެ ތެރެއިން އިއްޔެރޭ އަތުލައިގެންފައިވާ 13.56 ކިލޯގެ މަސްތުވާ ތަކެއްޗާއިއެކު 644.000ރ (ހަލައްކަ ސާޅީސް ހަތަރުހާސްރުފިޔާ) ވެސް ވަނީ އަތުލައިގެންފައެވެ. ބެލެވޭގޮތުގައި މިފައިސާއަކި ޑްރަގް ވިއްކައިގެން ހޯދާފައިވާ ފައިސާއެވެ. މި މައްސަލައާއި ގުޅުން ހުރިކަމަށް ބެލޭވޭ ގިނަބަޔަކު ވަނީ އަތުލައިގެންފައެވެ. މި އެންމެންގެ ބަންދަށް ވެސް މިހާރު ވަނީ 15 ދުވަސް ޖަހާފައެވެ. ފުލުހުންގެ އޮފީހުން މަޢުލޫމަތު ލިބިފައިވާގޮތުގައު މިތަކެތި އަތުލައިގެން ފައި ވަނީ […]