ދިވެހި ކަނޑުތައް ބެލެހެއްޓުމަށް ތުރުކީގެ ހަދިޔާއެއް

ދިވެހިރާއްޖޭ ކަނޑުގެ ސަރަހައްދު ދިފާއުކޮށް ބެލެހެއްޓުމަށްޓަކައި ތުރުކީން ޓީ ސީ ޖީ ވޯލްކަން ޕީ-343 ޑޯގަން ކްލާހުގެ ފާސްޓް-ޓްރެކް އުޅަނދެއް ހަދިޔާ ކޮށްފިއެވެ. ތުރުކީގެ ދިފާއީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ދިވެހިރާއްޖެއަށް ދެވުނު މިއުޅަނދަކީ ތުރުކީއާއި ދިވެހިރާއްޖެއާ ދެމެދު އެއްބަސްވެވި ފައިވާ މެމޯރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް އޯ ޔޫ) އެއްގެ ދަށުން ދެވުނު އެހީއެކެވެ. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ރައްކާތެރިކޮށް ބެލެހެއްޓުމުގެ ފުދުންތެރިކަން އިތުރު ކުރުމަށްޓަކައި ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާއި އަދި އެކަމަށްބޭނުންވާ މީހުންތަމްރީނު ކުރުން […]
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ސައްހަ ވޯކް ވިސާއެއް އޮތްކަން ޔަގީންކުރަން އެދިއްޖެ

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ސައްހަ ވޯކް ވިސާއެއް އޮތްކަން ޔަގީންކުރަން މޯލްޑިވްސް އިމިގްރޭޝަނުން އެދިއްޖެއެވެ. އިމިގްރޭޝަނުން މިއަދު ވަނީ ރާޢްޖޭގައި މަސައްކަތް ކުރާ ބިދޭސީ ފަރާތްތަކުން ރާއްޖެއިން ބޭރަށް ދަތުުރުކުރާ އިރު ޕާސްޕޯޓުގައި ސައްހަ ވޯކް ވިސާއެއް އޮތްކަން ޔަގީން ކުރުމަށް އެދިފައެވެ. ސައްހަ ވޯކް ވިސާއެއް އޮތްކަން ޔަގީންކުރުމަށް އިމިގްރޭޝަނުން އެދިފަވާއިރު ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްޙަ ވިސާއެއްނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމުގެ ޚާއްސަ އޮޕަރޭޝަނެއް ދާޚިލީ ވުޒާރާ އާއި، މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި […]
މިސައިލް ފޮނުވޭ ޑޯގަން ކްލާސް މަނަވަރެއް ތުރުކީން ރާއްޖެއަށް ހަދިޔާކުރަނީ

މިސައިލް ފޮނުވޭ ޑޯގަން ކްލާސް މަނަވަރެއް ތުރުކީވިލާތުން، ދިވެރާއްޖެއަށް ހަދިޔާކުރަން ނިންމައިފިއެވެ. މިކަންހާމަކޮށް ރާއްޖޭގެ ޑިފެންސް މިނިސްޓްރީން ބުނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އެންމެ އިސްކަމެއްދެއްވާ ސިޔާސަތަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލު ހިމާޔަތްކުރުން ކަމަށެވެ. މިގޮތުން ޤައުމީ ދިފާއީ ބާރުގެ ކޯސްޓު ގާޑުގެ ބާރު ދެގުނަ ކުރައްވާ ޤާބިލުކަން އިތުރުކުރުމަށް ކުރައްވަމުން އަންނަ މަސައްކަތުގެތެރެއިން ރަހުމަތްތެރި ޤައުމުތަކާއި ބަދަހިކުރަމުން އަންނަ ގުޅުމުގެ ނަތީޖާއެއްގެގޮތުން ތުރުކީގެ ހިލޭ އެހީގައި ޑޯގަން ކްލާސް މަނަވަރެއް […]
އިސްލާމީ ޔުނިވަރސިޓީގެ ސަނާބިލް ޢިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވައިފި

ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސަނާބިލް ޢިމާރާތްކުރަން ފެށުމުގެ އަމަލީ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވައި ދެއްވައިފިއެވެ. ސަނާބިލް ބިލްޑިންގ ކޮންސްޓްރަކްޝަން ސައިޓުގައި މިއަދު ހަވީރު ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ރައީސް ވަނީ އިސްލާމީ ޔުނިވަރސިޓީގެ ސަނާބިލް ޢިމާރާތް ކުރަން ފައްޓަވައިދެއްވުމުގެ ގޮތުން ކޮންކްރީޓް އަޅުއްވައިދެއްވާފައެވެ. އިސްލާމީ ޔުނިވަރސިޓީގެ ސަނާބިލް މަޝްރޫޢަކީ އެ ޔުނިވަރސިޓީއަށް ދެމެހެއްޓިނިވި ގޮތެއްގައި އާމްދަނީ ހޯދުމުގެ ގޮތުން ހިންގޭ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ޔުނިވަރސިޓީގެ ބިމެއްގައި 7 ބުރީގެ ”މިކްސްޑް-ޔޫޒް […]
އައްޑޫ ލިންކް ރޯޑްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ

އައްޑޫ ސިޓީ، ފޭދޫ ލިންކްރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެއެވެ. ފުލުހުން ދެންމެ ބުނީ، މިރޭ 7:29 ހާއިރު ކާރަކާއި ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މީހާ ނިޔާވެފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި ނިޔާވެފައި ވަނީ ސ. ފޭދޫ އުލްފަތު، އިބްރާހިމް ސިޔާދު 36އ އެވެ. ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނީ އޭނާ ފޭދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށެވެ. މީގެ އިތުރުން ފުލުހުން ބުނީ މި އެކްސިޑެންޓު […]
މާލޭގެ ހަނި ގޯޅިތައް ތަރައްގީ ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި

މާލޭގެ ރައްޔިތުންނަށް ހިތްފަސޭހަ މާޙައުލެއް ޤާއިމްކޮށްދިނުމަށް މާލޭގެ ހަނި ގޯޅިތައް ތަރައްގީ ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ. މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވީ ހަނި ގޯޅިތަކުގައި ހުރި ގެތަކުގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަ ކޮށްދިނުމަށް، އެ ގޯޅިތައް ތަރައްޤީ ކުރުމުގެ މަސައްކަތް، މާލެ ސިޓީ ކައުންސިލުން ކުރަމުން އަންނަ ކަމަށެވެ. ޢާޒިމް މިހެން ވިދާޅުވީ، މާފަންނު ނަލަހިޔާ ކަންމަތީ ޕޭމަންޓު އުސްކުރުމަށް ކައުންސިލުން ކުރަމުން އަންނަ މަސައްކަތް ބައްލަވާލެއްވުމަށް ފަހު […]
ރައްޔިތުން ބޭނުންވަނީ، ކައުންސިލްތައް ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރަން: އާދަމް ޝަރީފް

ރައްޔިތުން ބޭނުންވަނީ، ކައުންސިލްތައް ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރަން ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ އާދަމް ޝަރީފު މިހެން ވިދާޅުވީ، ”ރަށްވެހިންގެ ސައްލާ“ގެ ނަމުގައި އއ. އުކުޅަހުގައި ކުރިއަށްދާ މަޝްވަރާ ބައްދަލުވުން ފައްޓަވައި ދެއްވާ ވާހަކަދައްކަވަމުންނެވެ. މި ބައްދަލުވުން 3 ދުވަހަށް ކުރިއަށް ދާނެއެވެ. މި ފޯރަމް ފައްޓަވައި ދެއްވާ ދެއްކެވި ވާހަހަކައިގައި މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ކައުންސިލްތައް ބާރުވެރިކުރުވުމާއި، ކައުންސިލްތަކަށް […]
މާންދޫގައި ހިނގި ސައިކަލު އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ

ލ. މާންދޫގައި ހިނގި ސައިކަލު އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެއެވެ. ފުލުހުން ދެންމެ ބުނީ ލ. މާންދޫ ލިންކްރޯޑް ބެންޑު ސަރަހައްދުން ސައިކަލެއް ކޮންޓްރޯލްނުވެގޮސް އެކްސިޑެންޓްވެފައިވާ މައްސަލަ ރޭ ދަންވަރު 1:40 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި އަނިޔާވި 30 އަހަރުގެ ޒުވާނެއް ކަމަށްވާ ލ މާބައިދޫ، ސޫރަޖްވިލާ، އިބްރާހިމް ނައުޒަމް އެވެ. ފުލުހުން ބުނީ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް، މިއަދު ހެނދުނު 8:45 ހާއިރު އޭނާ […]
އަބްދު ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އޮޕަރޭޝަން ޑޮކްޓަރުންގެ ކޭމްޕެއް!

ގދ. ތިނަދޫގައި ހުންނަ ޑރ އަބްދު ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި އޮޕަރޭޝަން ޑޮކްޓަރުންގެ ކޭމްޕެއް ބާއްވަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ. މިއީ ހެލްތު މިނިސްޓްރީ އަދި އައިޖީއެމްއެޗް ގުޅިގެން ތިނަދޫ ޑރ. އަބުދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކުރިއަށް ގެންދާ ކޭމްޕެކެވެ. ހެލްތު މިނިސްޓްރީން މިއަދު ބުނީ އޮޕަރޭޝަން ބަލިތަކަށް ޚާއްޞަ، އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމެއް ގދ ތިނަދޫ ޑރ. އަބުދު ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ބަލާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. މި ކޭމްޕު ކުރިއަށްދާނީ […]
ކެފޭއެއް ބަލައި ފާސްކޮށް ބަނގުރަލާއެކު ދެ ބިދޭސީއަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ހިންގަމުންދިޔަ ކެފޭއެއް ބަލައި ފާސްކޮށް ބަނގުރަލާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ ފިރިހެންނެވެ. އެއީ އެމްޑީ ރާޖް ރައްޒާކް 29އ އާއި މުހައްމަދު ތަރީގުލް 25އ އެވެ. ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ޕޮލިސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ޓީމާއި އިންވެސްޓިގޭޝަން ޓީމް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެގޮތުން ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފޭސް […]