އައްޑޫ ލިންކް ރޯޑްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ

Loading

April 12, 2025
profile
Facebook
Twitter
WhatsApp

އައްޑޫ ސިޓީ، ފޭދޫ ލިންކްރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެއެވެ.

ފުލުހުން ދެންމެ ބުނީ، މިރޭ 7:29 ހާއިރު ކާރަކާއި ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މީހާ ނިޔާވެފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި ނިޔާވެފައި ވަނީ ސ. ފޭދޫ އުލްފަތު، އިބްރާހިމް ސިޔާދު 36އ އެވެ. ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނީ އޭނާ ފޭދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގިއިރު ކާރު ދުއްވަން އިން މީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށެވެ. އެއީ ގދ. ފިޔޯރީ، މާގޯލްޑް، މުހައްމަދު މާހިލް މުމްތާޒު، 23އ އެވެ.

އައްޑޫ ސިޓީ، ފޭދޫ ލިންކްރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 36 އަހަރުގެ މީހަކު ނިޔާވެފައި ވާއިރު ލާމު ލިންކު ރޯޑުގައި ރޭ ދަންވަރު ހިނގި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން އަންނަނިކޮށް އުމުރުން 30 އަހަރުގެ ޒުވާނަކު މިއަދު ހެނދުނު ވަނީ ނިޔާވެފައެވެ.

..

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް