އިރާގުގައި ކޮރަޕްޝަނާއި ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް

އިރާގުގައި ގައި ކޮރަޕްޝަނާއި ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި ޕާލަމެންޓު ގެ މެންބަރެއްގެ ގެއިން އެތައް ބިލިޔަން ޑޮލަރާއި ، އިރާޤު ފައިސާއާއި އެތައް ބިލިޔަން ދީނާރާއި އެތަކެއްބައިވަރު ރަން ހޯދައިފިއެވެ.މީޑިޔާ ރިޕޯޓުގައިވާ ގޮތުން އިރާޤު ޕާލަމެންޓު މެންބަރު عالیہ ناصف ގެ ޗެކް ކުރުމުގެ ތެރޭގައި ވަނީ ، ވިހި މިލިޔަން އިރާޤު ދީނާރު( ގާތްގަނޑަކަށް 1.55) ކުރޯޑު އެމެރިކާ ޑޮލަރު) ނަޤުދު ފައިސާ އާއި 27000 ހާސް ކުރޯޑު ދީނާރުގެ ރަން އަތުލައިގަނެފައެވެ. މަޢުލޫމާތު ލިބޭގޮތުން […]

އީރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު އިސްރާއީލަށް އިންޒާރު ދެއްވައިފި

އީރާނުގެ ގުދުސް ފޯސްގެ ބާރުގަދަ ކޮމާންޑަރު އިސްމާޢީލް ގާއިނީ، އިޒްރާއިލުގެ އުދްވާން ތަކަށްފަހު ޙިޒްބުالله އާއި ޣައްޒާއާ ޙަވާލާދެއްވައި ޖޫން 19 ގައި ނެރުއްވި ބަޔާނެއްގައި އިސްރާއީލަށް އިންޒާރުދެއްވައިފިއެވެ. ”ޙިޒްބުالله ގެ އަތުގައި ’މިރުޞާދު‘ ޑްރޯނު އެބަހުރި ކަމަށް ބުނުމުން ކަލޭމެން ސަމާލުކަމެއް ނުދީ، މަޅީގައި ބެދުނީއެވެ“ އީރާނުން ފޯރުކޮށްދީފައިވާ ’މިރުޞާދު-1‘ މަރުކާގެ ޑްރޯންތަކަށް އިޝާރާތް ކުރައްވައި ގާއިނީ ވިދާޅުވިއެވެ. މީގެ އިތުރުން ޣައްޒާގައި ”ތޫފާނެއް“ އެބައޮތް ކަމަށް ވިދާޅުވެ އޭނާ އިންޒާރުދެއްވިއެވެ. ”ކަލޭމެންގެ ސިޔާސީ ވެރިން […]

ފިޠުރު ޢީދު ދުވަހަކީ ހުކުރު ދުވަސް

1447 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަހަކީ މި މަހުގެ 20ވާ ހުކުރު ދުވަސް ކަމުގައި ކަނޑައަޅައިފިއެވެ. ހަނދު ސާބިތުކުރުމާ ބެހޭ ގޮތުން އިސްލާމިކް މިނިސްޓްރީން މިރޭ އިއްވި ބަޔާނުގައި ބުނީ ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ޝަރުއީ ހަމަތަކުގެ މަތިން ހަނދު ސާބިތުވެފައި ނުވާކަމަށެވެ.އެހެންކަމުން އިސްލާމީ އެއްވެސް ގައުމަކަށް ހަނދު ސާބިތުވި ކަމުގެ މައުލޫމާތު ރަސްމީކޮށް ލިބިފައި ނުވާތީ، ރަމަޟާން މަހާއި ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމާ ގުޅޭ ގޮތުން ރާއްޖޭގައި އަމަލުކުރާ އުސޫލުގެ މަތިން މާދަމާ […]

ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ނަގާ ފީ %50 ކުޑަކޮށްފި

ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ނަގަމުން އަންނަ ފީއާއި ކެޓަގަރީ ފީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން 50 އިންސައްތައަށް ކުޑަކޮށްފިއެވެ. ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި ފަރާތްތައް ރަޖިސްޓަރީކޮށް، ލައިސަންސް ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އިންތިޤާލީ އުސޫލުގެ ދަށުން، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ރަޖިސްޓަރީކުރުމަށް ނަގަމުންދާ ރަޖިސްޓްރޭޝަން ފީއާއި ކެޓަގަރީ ފީ ކުޑަކުރުމަށް ނިންމާފައިވާކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ. އެ އޮތޯރިޓީން ބުނިގޮތުގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ރަޖިސްޓްރޭޝަން ފީއާއި ކެޓަގަރީ ފީ 50 […]

ފްލެޓާއި ގޯއްޗަށް ވެސް ކުރިމަތިލެވޭނީ މާލޭގައި އުޅޭތާ 15 އަހަރު ވުމުން

މާލެ ސަރަހައްދުން މި ސަރުކާރުން ދޫކުރަން ތައްޔާރުވަމުން އަންނަ ފްލެޓާއި ގޯއްޗަށް ވެސް ކުރިމަތިލެވޭނީ މާލޭގައި 15 އަހަރަށް ވުރެ ދިގު މުއްދަތެއް މެދުނުކެނޑި އުޅުމުން ކަމަށް އެ އުސޫލުގައި ހިމަނައިފި އެވެ.

ނިއުޔޯކްގެ މޭޔަރު ޛަހުރާން މަމްދާނީ އަށް ލިބިދޭ އިޚްތިޔާރުތަކަކީ ކޮބާ؟

ދުނިޔޭގެ މުހިންމު ސިޓީތަކުގެ ތެރޭގައި ހިމެނޭ ނިއުޔޯކް ސިޓީގެ މޭޔަރުކަމަށް ފުރަތަމަފަހަރަށް އިންތިޚާބުކުރެވުނު އެންމެ އުމުރުން ހަގު މުސްލިމް މޭޔަރު ޛަހުރާން މަމްދާނީ މޭޔަރުކަން ހޯއްދެވީ ޓްރަމްޕް އާއި ބިލިއަނަރު އެލަން މިސްކު އެމަނިކުފާނާއި ދެކޮޅަށް ފާޅުގައި ކުރި ކެމްޕޭން ކާމިޔާބު ކުރައްވައިގެން 10 ލައްކައަށްވުރެ ގިނަ ވޯޓު ހޯއްދަވައިގެނެވެ. 1 ޖެނުއަރީ ގައި ހުވާ ކުރެއްވުމަށް ފަހު އެމެރިކާގެ އެންމެ ބޮޑު ސިޓީންކުރެ އެއް ސިޓީގެ ޗީފް އެގްޒެކިޓިޔު އަކަށް އެމަނިކުފާން ވެވަޑައިގަންނަވާނެއެވެ. 85 ލައްކަ […]

އިސްރާއީލު ފަޟީޙަތާއި ބަދުނާމީގެ ބޮޑު ސިހުމެއްގެ ތެރެއަށް

ފާއިތުވެދިޔަ ހަފުތާއާ ހަމަޔަށްވެސް މޭޖަރ ޖެނެރަލް ޔިފާތު ތޯމަރ ޔެރުޝަލްމީއަކީ އިސްރާއީލުގެ މިލިޓްރީ އެންމެ އިސް އެޑްވޮކޭޓް ޖެނެރަލްއެވެ. އެކަމަކު މިއަދު އެކަމަނާ ހުރީ އިސްރާއީލު ބޮޑު ސިހުމެއްގެ ތެރެއަށް ވެއްޓި އެފުށް މިފުށަށް ޖެހެމުންދާ ފަޟީހަތާއި ބަދުނާމުގެ ތެރޭގައި ޖަލުގައި ބަންދުކޮށްފައެވެ. މި ބަދުނާމްގެ ތެރޭގައި ކުއްލިއަކަށް އެކަމަނާ އިސްތިއުފާދީފައި އިސްރާއީލުގެ ބިޔަ ދުރުމިން ކުޑަދުވަސްކޮޅަކަށް ނަމަވެސް ގެއްލިގެން ދިޔައެވެ. އެންމެފަހުން އިސްރާއީލު ސަރުކާރުގެ ކެމެރާއަށް އެކަމަނާ އަރާފައިވަނީ ތެލްއަވީވްގެ ބީޗަކުންނެވެ.އިސްރާއީލަށް މިއައި ހެލުންގަނޑުގެ ސަބަބެއްކަމުގައިވެފައިވަނީ […]

މިއީ ޖަޕާނަށް އެންމެ ރަނގަޅުގޮތް: އެމެރިކާއާއި ދެެކޮޅުވެރިކަމެއް ނެތެވެ.

އެމެރިކާއިން އެ ގައުމު ބަލަހައްޓާށެވެ. ޖަޕާނުގެ ސަލާމަތާއި ރައްކާތެރިކަން އަހަރެމެނަށް ދޫކޮށްލާށވެ. މިއީ ޖަޕާނަށްޓަކައި އަހަރެމެންގެ ނިންމުމެވެ. މި ހިނގާ އޮކްޓޯބަރމަހު އިންތިޚާބު ކާމިޔާބު ކުރައްވައި ޖަޕާނުގެ ތާރީޚުގައި ފުރަތަމަފަހަރަށް ބޮޑުވަޒީރު ކަމުގެ މަގާމު ލިބި ވަޑައިގެންނެވި އަންހެން ބޭފުޅާ އުމުރުފުޅުން 64 އަހަރުގެ ސަނާއި ތަކައިޗީ އާއި ދޭތެރޭ ކުރިން ބެލެވިފައިއޮތީ އެކަމަނާ ވެގެންދާނީ ކޮންޒަވޭޓިވް އުސޫލުތަށް ތަބާވެ ވަޑައިގެންނަވާ އެކަމަކު ހުޅަނގުގެ ގައުމުތަކާއި ގާތް ސިޔާސަތެއް ގެންގުޅުއްވާނެ ބޭފުޅެއް ކަމަށެވެ. އަދި ޖަޕާނުގެ މިލިޓްރީ […]

ވިލުފުށީ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފި

ތ. ވިލުފުށީ ބިން ހިއްކުމާއި އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިލުފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައެވެ. އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން ވިލުފުށި އެއަރޕޯޓް ތަރައްގީކޮށް އޮޕަރޭޓް ކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން އާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. […]

ސްކޫލް ކައުންސެލަރުންނަށް ޙާއްޞަ ވޯކްޝޮޕެއް ބާއްވައިފި

”ސްކިލްސް ފޮރ ބިލްޑިންގ އިމޯޝަނަލް ސްޓްރެންތު“ ގެ ނަމުގައި ސްކޫލުތަކުގެ ކައުންސެލަރުންނަށް ޚާއްޞަ ވޯކްޝޮޕެއް ކުރިއަށްގެންގޮސްފިއެވެ. މި ވޯކްޝޮޕް ކުރިއަށް ގެންގޮސްފައި ވަނީ ތާޖުއްދީން ސްކޫލުގައެވެ. މި ވޯކްޝޮޕް އިންތިޒާމުކޮށްފައިވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި, ނޭޝަނަލް ސެންޓަރ ފޮރ މެންޓަލް ހެލްތް (އެންސީއެމްއެޗް) އަދި ޔުނިސެފް މޯލްޑިވްސް ގުޅިގެންނެވެ. އަދި އެ ވޯކްޝޮޕްގެ ސެޝަންތައް ނަގައިދީފައި ވަނީ އެންސީއެމްއެޗްގެ ފަރާތުން, އެ ދާއިރާގެ މާހިރުންނެވެ. މި ވޯކްޝޮޕްގައި މާލޭ ސަރަޙައްދުގެ އެކި ސްކޫލުތަކުން ޖުމްލަ 25 ކައުންސެލަރުން […]