ރައްޔިތުން ބޭނުންވަނީ، ކައުންސިލްތައް ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރަން: އާދަމް ޝަރީފް

Loading

April 12, 2025
profile
Facebook
Twitter
WhatsApp

ރައްޔިތުން ބޭނުންވަނީ، ކައުންސިލްތައް ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރަން ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އާދަމް ޝަރީފު މިހެން ވިދާޅުވީ، ”ރަށްވެހިންގެ ސައްލާ“ގެ ނަމުގައި އއ. އުކުޅަހުގައި ކުރިއަށްދާ މަޝްވަރާ ބައްދަލުވުން ފައްޓަވައި ދެއްވާ ވާހަކަދައްކަވަމުންނެވެ. މި ބައްދަލުވުން 3 ދުވަހަށް ކުރިއަށް ދާނެއެވެ.

މި ފޯރަމް ފައްޓަވައި ދެއްވާ ދެއްކެވި ވާހަހަކައިގައި މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ކައުންސިލްތައް ބާރުވެރިކުރުވުމާއި، ކައުންސިލްތަކަށް މާލީ ގޮތުން ބާރުވެރިކަން ހޯދާދިނުން ކަމަށެވެ.

ހަމައެހެންމެ ރައްޔިތުން ބޭނުންވަނީ ކައުންސިލްތައް ރައްޔިތުންނާއި ގުޅިގެން މަސައްކަތްކުރަން ކަމަށާއި، ރައްޔިތުންނާ މަޝްވަރާކޮށްގެން ކަންކަން ކުރިއަށް ގެންދިޔުމަށް ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ކައުންސިލްތަކުގެ ބައެއް ރައީސުންނާއި، މެންބަރުންނާއި އަދި އެސްޖީންނާއެކު ޖުމްލަ 55 ބޭފުޅަކު ބައިވެރިވެއެވެ.

މި ރަސްމިއްޔާތުގައި، ބްރިޓިޝް ހައިކޮމިޝަނަރ ހިޒް އެކްސެލެންސީ ނިކޮލަސް ޑޭވިޑް ލޯވއާއި، ޑެޕިޔުޓީ ހެޑް އޮފް ސައުތު އޭސިއާ ރީޖަނަލް ޑިޕާޓްމެންޓް އޮފް ދަ ޔޫކޭ ގަވރމަންޓް މިސް ކެމިލާ ސަގްންއާއި، ޑެޕިޔުޓީ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް އޮފް ދަ ޔޫއެންޑީޕީ މިސް ޕެކް ޗްއާން ގާންއާއި އަދި އެލްޖީއޭގެ ސިއީއޯ ބައިވެރިވެވަޑައިގެންނެވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް