މަރު ސާބިތުކުރުމަށްފަހު އަންނަ ހުކުރު ދުވަހު މުޝްފިގުގެ ކަށުނަމާދު ކުރަނީ

ހޮޅުދޫ ބޯޓުގައި ހިނގި އަލިފާނުގެ ހާދިސާގައި ކަނޑަށް ވެއްޓި ގެއްލުނު ލ. މާވަށު ޒުވާނާގެ މަރު ސާބިތުކުރުމަށްފަހު އަންނަ ހުކުރު ދުވަހު ކަށުނަމާދު ކުރަން ނިންމައިފިއެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް މިއަދު ވިދާޅުވީ މާވަށު ދޯނީގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލިފައިވާ އަލީ މުޝްފިޤުގެ މަރު ސާބިތުކުރުމަށްފަހު އަންނަ ހުކުރު ދުވަހު ކަށުނަމާދު ކުރަން ނިންމާފައިވާ ކަމަށެވެ. މިނިސްޓަރު މިހެން ވިދާޅުވެފައި މި ވަނީ މާވަށު ކައުންސިލުން މުޝްފިގުގެ ކަށުނަމާދު މިއަދު ކުރަން އިއުލާނުކޮށްފައި […]
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަމިއްލަ އަށް މަރުވާން މަސައްކަތް ކުރި މީހާ ނިޔާވެއްޖެ

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަމިއްލައަށް މަރުވާން މަސައްކަތް ކުރި ފިރިހެން މީހާ ނިޔާވެއްޖެއެވެ. އޭނާ އަކީ މަސްތުގެ ހާލަތުގައި ހުރެގެން ގޭތެރޭގެ ތަކެއްޗަށް ގެއްލުންދީ ހަމަނުޖެހުން ހިންގި މައްސަލައެއްގައި މި މަހުގެ ދެ ވަނަ ދުވަހު ހައްޔަރުކޮށް ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި މީހެކެވެ. އޭނާ މަރުވެފައި ވަނީ ކުޅުދުށްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.
ދަރިވަރުން ބޮޑު އަގުގައި ޑޮލަރު ގަންނަންޖެހޭ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ލޯނު ސްކީމްގައި ކިޔަވާ ދަރިވަރުން ބޮޑު އަގުގައި ޑޮލަރު ގަންނަންޖެހޭ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ ”ރައްޔިތުންނާ އެކު“ ސިލްސިލާ ޕޮޑްކާސްޓްގެ 3 ވަނަ އެޕިސޯޑްގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ލޯނު ސްކީމުގައި ކިޔަވާ ދަރިވަރުންނަށް ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ދަރިވަރުން އެދޭކަމަށާއި މި މައްސަލައަށް ރަނގަޅު […]
ޒަކާތު ފައިސާއިން ބައި މިލިއަން ރުފިޔާގެ ކާބޯތަކެތީގެ އެހީތެރިކަން ފަލަސްތީނަށް ދީފި!

މި އަހަރުގެ ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން ބައި މިލިއަން ރުފިޔާގެ ކާބޯތަކެތީގެ އެހީތެރިކަން ފަލަސްތީނަށް ފޯރުކޮށްދީފިއެވެ. ފަަލަސްތީނަށް ޒަކާތު ފަންޑުން ފޮނުވި އެހީ ފޯރުކޮށްދޭ ވީޑިއޯ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ވަނީ އާއްމުކޮށްފައެވެ. އެ ވީޑިއޯއިން ފެންނަނީ ފަލަސްތީނުގެ ސުންނާފަތިވެފައިވާ ގެތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިވެހިންގެ ކާބޯތަކެތީގެ އެހީ ފޯރުކޮށްދޭ މަންޒަރެވެ. ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން މި ފައިސާ ހަވާލުކޮށްފައި ވަނީ އިސްރާ އެސޯސިއޭޝަނާއެވެ. އެ އެސޯސިއޭޝަނުން ވަނީ ފަލަސްޠީނުގައި ހަރަކާތްތެރިވާ […]
އިސްރާއީލުން ޣައްޒާގެ ޝުޖާޔާ އަވަށަށް ދިން ހަމަލާގައި 35 މީހަކު ޝަހީދުކޮށްލައިފި

އިސްރާއީލުން ޣައްޒާގެ ޝުޖާޔާ އަވަށަށް ދިން ހަމަލާގައި 35 މީހަކު ޝަހީދުކޮށްލައިފިއެވެ. އަލްޖަޒީރާ ޓީވީ ޗެނަލުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޣައްޒާ ސިޓީގެ ބޭރުގައި އޮންނަ ޝުޖާޔާ އަވަށަށް އިސްރާއީލުން ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 35 އަށް ވަނީ އަރާފައެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައި ވެއެވެ. ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައި އިމާރާތްތަކުގެ ދަށުގައިވާ ކުނިތައް ސާފުކުރުމުން މަރުވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން އިމާރާތްތަކުގެ […]
އެމެރިކާއާއި އީރާނުގެ ދެކޮޅުވެރިކަމުގައި މެދުއިރުމަތި ވީރާނާވެގެން ހިނގައިދާނެ

އީރާނުގެ ނިއުކްލިއަރ މަޝްރޫއާ ގުޅޭގޮތުން އެމެރިކާއާއެކު ސީދާ މަޝަވަރާކުރުން ނޫން އެހެންގޮތެއް އީރާނަށް ނޯންނާނެކަމަށް އެމެރިކާގެ ރައީސް ވިދާޅުވަމުން ގެންދަވާއިރު އީރާނުން ބުނަމުންގެންދަނީ އޮމާން މެދުވެރިކޮށް ނޫނީ އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ނުކުރެވޭނެ ކަމަށެވެ. އެމެރިކާއާއެކު ސީދާ މަޝްވަރާއަށް އީރާނުން ނުދާނެކަމަށް ބާރު އެޅުމުގެގޮތުން އީރާނުން ބުނަމުންގެންދަނީ މަޝްވަރާ ކުރުމުގެ ނަމުގައި އެމެރިކާއާއެކު އެއްކޮޓަރިއަށްވެސް ނުވަންނާނެ ކަމަށެވެ. އެމެރިކާއާއެކު މެދުވެރިއަކުނެތި މަޝްވަރާއަށް އައުމަށް އިންކާރު ކުރާނަމަ އީރާނުން ދުވަހަކުވެސް ތަޖްރިބާކޮށްފައިނުވާ މިންވަރަކަށް މިފަހަރު އެ ގައުމަށް ބޮން […]
ކުޅުދުއްފުށި އަދި ދުވާފަރުގައި ޓިވެޓް-ސެންޓަރަކާއި ދަނާލެއް ޤާޢިމުކުރަނީ

ކުޅުދުއްފުށި ސިޓީގައި ޓެކްނިކަލް ވޮކޭޝަނަލް (ޓިވެޓް) ސެންޓަރަކާއި ދަރިވަރުންގެ ދަނާލެއް އަދި ރ. ދުވާފަރުގައިވެސް ޓްރެއިނިންގ އޭރިއާއަކާއެކު ދަނާލެއް ގާޢިމުކުރަން ނިންމައިފިއެވެ. މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤިކުރުމާއި ބެހޭ ވުޒާރާއިން މިއަދު ބުނީ މިއީ ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެެރެއިން ކުރިއަށް ގެންދާ މަޝްރޫޢުއެއް ކަމަށެވެ. ކުޅުދުއްފުށީގައި ޤާޢިމުކުރުމަށް ހަމަޖެހިފައިވާ މި ޓިވެޓް ސެންޓަރުގެ މަސައްކަތް ވަނީ ރޯޑް ޑިވެލޮޕްމެންޓް […]
ޖެނެރޭޝަނަލް ބޭން ތަޢާރަފު ކުރަން ޓޮބޭކޯ ކޮންޓްރޯލް ބޯޑާއެކު މަޝްވަރާކޮށްފި

ޖެނެރޭޝަނަލް ބޭން ތަޢާރަފު ކުރަން ޓޮބޭކޯ ކޮންޓްރޯލް ބޯޑާއެކު މަޝްވަރާކޮށްފިއެވެ. ހެލްތު މިނިސްޓްރީން ބުނީ ޖެނެރޭޝަނަލް ބޭން ތަޢާރަފު ކުރަން ކަމާ ގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ސަރުކާރުން ކުރަމުންދާ މަޝްވަރާތަކުގެ ތެރެއިން މިއަދު ހެލްތު މިނިސްޓްރީން ޓޮބޭކޯ ކޮންޓްރޯލް ބޯޑާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. މި ބައްދަލުވުމުގައި ޖެނެރޭޝަނަލް ބޭން ކާމިޔާބު ކަމާއެކު ތަންފީޒު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާކަމަށް ހެލްތު މިނިސްޓްރީން ހާމަކުރެއެވެ. ހެލްތު މިނިސްޓްރީން ބުނީ ޖެނެރޭޝަނަލް […]
މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގެ ނަމުގައި އިދާރާއެއް އުފައްދައިފި

މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު އިދާރާއެއް އުފައްދައިފިއެވެ. މިއީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ. ރައީސް އޮފީހުން ވިދާޅުވީ މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު ގާއިމުކުރެއްވީ، ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި ރާއްޖޭގެ އެއްގަމާއި، ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތައް ތަޙުޤީޤު ކުރުމަށް ސަރުކާރުގެ ވަކި […]
ޤައިދީންގެ ޢާއިލާތަކުގެ ތެރެއިން މާލީ ގޮތުން ދަތި ޙާލުގައި ދިރިއުޅޭ 10 ޢާއިލާއަކަށް ކަރެކްޝަން މުވައްޒަފުން އެހީ ދީފި!

ޤައިދީންނާއި ބަންދުމީހުންގެ ޢާއިލާތަކުގެ ތެރެއިން މާލީ ގޮތުން ދަތި ޙާލުގައި ދިރިއުޅެމުންދާ 10 ޢާއިލާއަކަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. ކަރެކްޝަނުން މިއަދު ބުނީ މިއީ 1446 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާ ގުޅުވައިގެން އެމްސީއެސްގެ އޮފިސަރުންނާއި މުވައްޒަފުންގެ ފަރާތުން ފައިސާ އެއްކޮށް ހިންގި ހަރަކާތެއް ކަމަށެވެ. އެގޮތުން އެ ފައިސާއިން އެ ސަރވިސްގެ ބެލުމުގެ ދަށުގައި ތިބި ޤައިދީންނާއި ބަންދުމީހުންގެ ޢާއިލާތަކުގެ ތެރެއިން މާލީގޮތުން ދަތި ޙާލުގައި ދިރިއުޅެމުންދާ 10 […]