ލ. މާންދޫގައި ހިނގި ސައިކަލު އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެއެވެ.
ފުލުހުން ދެންމެ ބުނީ ލ. މާންދޫ ލިންކްރޯޑް ބެންޑު ސަރަހައްދުން ސައިކަލެއް ކޮންޓްރޯލްނުވެގޮސް އެކްސިޑެންޓްވެފައިވާ މައްސަލަ ރޭ ދަންވަރު 1:40 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި އަނިޔާވި 30 އަހަރުގެ ޒުވާނެއް ކަމަށްވާ ލ މާބައިދޫ، ސޫރަޖްވިލާ، އިބްރާހިމް ނައުޒަމް އެވެ.
ފުލުހުން ބުނީ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް، މިއަދު ހެނދުނު 8:45 ހާއިރު އޭނާ ނިޔާވެފައިވާ ކަމަށެވެ.